Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯޓަރ ތީމް ޕާކް އެޅުން

ވޯޓަރ ތީމް ޕާކް: އެއްބަސްވުން އުވާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ނެރުނު އަމުރު ބާތިލު!

13 އެޕްރީލު 2023 | ބުރާސްފަތި 10:47

ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނުނަމަވެސް، އެ ކޯޓުން އެ އަމުރު ނެރެދީފައެއްނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އެޕްރީލު 2023 | ބުރާސްފަތި 10:47
ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރެއް ބާތިލުކޮށްދިނުމަށް އެދި އެޗްޑީސީން ސުޕްރީމް ކޯޓަށް ހުށަހެޅުން

ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރެއް ބާތިލުކޮށްދިނުމަށް އެދި އެޗްޑީސީން ސުޕްރީމް ކޯޓަށް ހުށަހެޅުން

ހުޅުމާލޭ ވޯޓަރ ތީމް ޕާކް ހެދުމަށް، ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލޭޝަރ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ބިން ހަވާލު ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައި އެ ކުންފުންޏަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރަން ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު އަމުރު ބާތިލުކަމަށް، ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރެއް ބާތިލުކޮށްދިނުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

މި އިސްތިއުނާފު ރައްދުވަނީ ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަކީ ހުޅުމާލޭގައި ވޯޓަރ ތީމް ޕާކަކާއި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް، 13 ޖުލައި 2017ގައި އެޗްޑީސީއާއެކު އެއްބަސްވުމެއް ހަދާފައިވާ ކުންފުންޏެކެވެ.

ނަމަވެސް އެއްބަސްވުމުގެ ޖައުހަރީ މާއްދާތަކާ ވޯޓަރ ފްރޮންޓުން ޚިލާފުވެފައިވާކަމުގައި ބުނެ އެޗްޑީސީން އެއްބަސްވުން ބާތިލުކުރީއެވެ.

އެއްބަސްވުން ބާތިލުކޮށް އެޗްޑީސީން ސިޓީ ފޮނުވިއިރު، ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށްދެއެވެ.

އަދި އެ މައްސަލައިގެ ތެރެއިން އެއްބަސްވުން ބާތިލުކޮށް އެޗްޑީސީން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި، ވޯޓަރ ފްރޮންޓްގެ ފަރާތުން ހުށަހެޅިއެވެ.

ވޯޓަރ ފްރޮންޓްގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނުނަމަވެސް، އެ ކޯޓުން އެ އަމުރު ނެރެދީފައި ނުވެއެވެ. ނަމަވެސް އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ އަމުރު ނެރެދީފައިވާތީ އެޗްޑީސީން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީއެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، އިސްތިއުނާފީ މަރުހަލާގައި، ކޯޓުގެ ކުރިމަތީގައިވާ އިސްތިއުނާފާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ނެރެދެވޭ ވަގުތީ އަމުރުން ފޯރުކޮށްދެވޭ ހައްލަކީ، އިސްތިއުނާފާމެދު ގޮތެއް ކަނޑައެޅުމުންވެސް ފޯރުކޮށްދެވޭ ހައްލުކަމުގައި ވާނަމަ، މައްސަލާގައި ހިމެނޭ މައުލޫއީ ހައްގަށް ނުވަތަ ގާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ނުދެވޭނެތޯ ސުވާލުކުރައްވާފައެވެ.

އޭގެ އިތުރުން، ވަގުތީ އަމުރެއް އިސްތިއުނާފު ކުރުމަށްފަހު، އެ އިސްތިއުނާފުގައި އެދިފައިވާ ފަރުވާއާއި، އެ އިސްތިއުނާފާމެދު ގޮތެއް ނިންމުމުގެ ކުރިން އިސްތިއުނާފު ކޯޓުގައި ނެރެދިނުމަށް އެދޭ ވަގުތީ އަމުރުގައި އެދޭ ފަރުވާއަކީ އެއް ފަރުވާއަކަށް ވެއްޖެނަމަ، އެ ހާލަތުގައި އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި އޮންނަ މައްސަލައިގައި ދުރާލައި ގޮތެއް ކަނޑައެޅުނީ ކަމުގައި ބެލުމުގެ ޖާގަ އޮންނާނެކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ބަލާއިރު، ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު އިސްތިއުނާފު ކުރަމުން، ހައިކޯޓުގައި ވޯޓަރ ފްރޮންޓްގެ ފަރާތުން އެދިފައިވަނީ، ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމި ގޮތް ބާތިލުކޮށްދިނުމަށެވެ.

އަދި މައުލޫއީ ދައުވާއާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުމާ ހަމައަށްއެޗްޑީސީން ފޮނުވާފައިވާ ސިޓީއަށް އަމަލު ނުކުރުމަށް އެ ކުންފުންޏަށާއި ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އަދި ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދެމުން ވޯޓަރ ފްރޮންޓްގެ ފަރާތުން އެދިފައިވަނީ، ހައިކޯޓަށް ހުށަހެޅިފައިވާއިސްތިއުނާފީ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެޗްޑީސީން ފޮނުވާފައިވާ ސިޓީއަށް އަމަލުނުކުރުމަށް އެ ކުންފުނީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ވުމާއެކު، މި ހާލަތުގައި, ހުށަހެޅިފައިވާ އިސްތިއުނާފުގައި އެދިފައިވާ ފަރުވާއާއި، އެ އިސްތިއުނާފާ ވަކިން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގައިވެސް އެދިފައިވަނީ އެއް ފަރުވާ އެއްކަން އެނގޭކަން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ބަޔާން ކުރައްވާފައިވެއެވެ. އެގޮތުން ވަގުތީ އަމުރާމެދު ހައިކޯޓުން ކޮންމެ ގޮތަކަށް ނިންމިނަމަވެސް، އެ ހާލަތުގައި ހައިކޯޓުގެ ކުރިމަތީގައި އޮތް އިސްތިއުނާފާމެދު ވަކި ގޮތެއް ކަނޑައެޅީކަމުގައި ބެލުމުގެ ފުރުސަތު އޮންނާނެކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

ވުމާއެކު، ވަގުތީ އަމުރާމެދު ހައިކޯޓުން ނިންމި ގޮތް ބާތިލުކުރުމަށް ފެންނަކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

01 މެއި 2017

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް