Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރީން ފަންޑް ރިޕޯޓު

ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 91 މިލިއަން ރުފިޔާ!

ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 84.6 މިލިއަން ރުފިޔާ ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 އެޕްރީލު 2023 | ބުރާސްފަތި 05:00
ފަތުރުވެރިން

ފަތުރުވެރިން

ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 91.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ފެބްރުއަރީ މަހުގެ ގްރީން ފަންޑް ރިޕޯޓުން ދައްކާގޮތުގައި ފެބްރުއަރީ މަހު އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ރިސޯޓުތަކަށް ދިޔަ ފަތުރުވެރިންގެ އަތުންނެވެ. މިގޮތުން ރިސޯޓުތަކުން 84.6 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އެއަށްފަހު ގރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ގެސްޓްހައުސްތަކުންނެވެ. ގެސްޓްހައުސްތަކަށް ދިޔަ ފަތުރުވެރިންގެ އަތުން 3.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހޮޓާތަކަށް ދިޔަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ލިބިފައިވާކަމަސް މިނިސްޓްރީން ހާމަކުރެއެވެ.

ރިސޯޓު، ހޮޓާ އަދި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 89.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ލިވަބޯޑުތަކުން 2.2 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު ހޯމްސްޓޭއަށް ދިޔަ ފަތުރުވެރިންގެ އަތުން 321.5 ރުފިޔާ ލިބިފައިވެއެވެ. ފެބްރުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 91،869،375 (ނުވަދިހަ އެއްމިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ތިންސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ލިބިފައިވާކަމަށް ގްރީން ފަންޑް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފެބްރުއަރީ މަހު ގްރީން ފަންޑުން ޚަރަދުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށެވެ. މިގޮތުން 65.9 މިލިއަން ރުފިޔާ އެކި ޕްރޮޖެކްޓުތަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކުނި މެނޭޖްކުރުމާއި، ފެނާއި ނަރުދަމާ ގާއިމްކުރުމާއި، ފެނުގެ ޚިދުމަތް ގާއިމްކުރުން ފަދަ ގިނަ ޕްރޮޖެކްޓުތަކެއް ހިމެނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ގްރީން ޓކުހުގެ ގޮތުގައި 100.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެ މަހު ޕްރޮޖެކްޓުތަކަށް ދައުލަތުން ޚަރަދުކުރީ 74.8 މިލިއަން ރުފިޔާއެވެ.

މިއަހަރު ފެށުނުއިރު ގްރީން ފަންޑުގައި 774،075،997.09 (ހަތްސަތޭކަ ހަތްދިހަ ހަތަރުމިލިއަން ހަތްދިހަ ފަސްހާސް ނުވަސަތޭކަ ނުވަދިހަ ހަތް ރުފިޔާ ނުވަ ލާރި) ހުއްޓެވެ. ފެންބުއަރީ މަސް ނިމުނުއިރު ގްރީން ފަންޑުގައި 825،900،839 (އަށްސަތޭކަ ފަންސަވީސްމިލިއަން ނުވަލައްކަ އަށްސަތޭކަ ތިރީސް ނުވަ ރުފިޔާ) ބާކީ ހުރި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. ފަތުރުވެރިން އައުން އިތުރުވާނަމަ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އަދަދު އިތުރުވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަސް ނިމުނުއިރު 172،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ފެބްރުއަރީ މަސް ނިމުނުއިރު 177،915 ފަތުރުވެރިން އައިސްފައިވެއެވެ. މާރޗް މަހު 173،514 ފަތުރުވެރިން އައިސްފައިވާއިރު އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު 555،537 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު