Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-އިރާން

ސައުދީގައި ހުރި އިރާންގެ އެމްބަސީ ހުޅުވައިފި

ސައޫދީގައި ހުންނަ އީރާނުގެ އެމްބަސީ އަލުން ހުޅުވުމަށް، އީރާނުގެ މަންދޫބުންގެ ވަފުދެއް ވަނީ ރިޔާދަށް ވަޑައިގަތްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 އެޕްރީލު 2023 | ބުރާސްފަތި 02:04
ސައުދީގައި ހުރި އިރާންގެ އެމްބަސީ ހުޅުވައިފި

ސައުދީގައި ހުރި އިރާންގެ އެމްބަސީ ހުޅުވައިފި

ސައުދީ އަރަބިއްޔާގައި ހުންނަ އިރާންގެ އެމްބަސީ ހުޅުވައިފިއެވެ.

މި އެމްބަސީ އަލުން ހުޅުވާފައި ވަނީ ބުދަ ދުވަހުއެވެ. އިރާންގެ އެމްބަސީ އަލުން ހުޅުވާފައި މިވަނީ ހަތް އަހަރަށް ފަހުއެވެ. އަދި އެމްބަސީ އަލުން ހުޅުވުމަށް، އީރާނުގެ މަންދޫބުންގެ ވަފުދެއް ވަނީ ރިޔާދަށް ވަޑައިގެންފައެވެ.

ސައޫދީގައި ހުންނަ އީރާނުގެ އެމްބަސީ އަލުން ހުޅުވާފައި މިވަނީ އީރާނާއި ސައޫދީގެ ފޮރިން މިނިސްޓަރުން ޗައިނާގައި ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގައި ކުރިއަށްދިޔަ ބައްދަލުވުމަކީ އީރާނާއި ސައޫދީގެ އިސް ޑިޕްލޮމެޓުން، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެތައް އަހަރެއް ވަންދެން އީރާނާއި ސައޫދީއާ ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެނެސް، ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރުމުގެ މަޝްވަރާތައް ފެށިގެންގޮސްފައިވަނީ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ.

މީގެ އިތުރުން، އީރާނުގައި ހުންނަ ސައުދީގެ ޑިޕްލޮމެޓިކް މިޝަން ހުޅުވުމަށް ސައޫދީގެ އޮފިޝަލުން އީރާނަށް ވަޑައިގެންފައިވާކަމަށް، ސައޫދީ ފޮރިން މިނިސްޓްރީން ވަނީ ހޮނިހިރު ދުވަހު ބުނެފައެވެ. އަދި އާދިއްތަ ދުވަހުގެ ހެނދުނު ސައޫދީގެ އޮފިޝަލުން ވަނީ އިރާނުގައި ހުންނަ އެގައުމުގެ އެމްބަސީއަށް ޒިޔާރަތްކުރައްވާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2017

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ
25 ޖޫން 2017

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

25 ޖޫން 2017
ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި
24 ޖޫން 2017

ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި

24 ޖޫން 2017
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
17 ޖޫން 2017

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު