Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާގެ އާބާދީ

ދުނިޔޭގެ އެންމެ ބޮޑު އާބާދީއަކަށް އިންޑިއާ: ޢާއިލާ ބޮޑު ކުރުމުގެ ފިކުރެއް މުސްލިމު ޢާއިލާތަކުގައި ނެތް!

12 އެޕްރީލު 2023 | ބުދަ 09:46

1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ އާބާދީގެ 13 ޕަސެންޓް ހިއްސާ ކުރަނީ މުސްލިމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 އެޕްރީލު 2023 | ބުދަ 09:46
ތަޖުރިބާކާރުން ސިފަ ކުރާ ގޮތުގައި، މި ދަނޑިވަޅަކީ އާބާދީގެ ނިސްބަތުން ޗައިނާގެ މައްޗަށް އިންޑިއާއިން މިސްރާބު ޖަހާފައިވާ ދަނޑިވަޅެއް

ތަޖުރިބާކާރުން ސިފަ ކުރާ ގޮތުގައި، މި ދަނޑިވަޅަކީ އާބާދީގެ ނިސްބަތުން ޗައިނާގެ މައްޗަށް އިންޑިއާއިން މިސްރާބު ޖަހާފައިވާ ދަނޑިވަޅެއް

ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމަކީ ކޮބައިތޯ ސުވާލު ކޮށްފިނަމަ، ކޮންމެ މީހެއްގެ ދުލުކުރިއަށް އެންމެ ފަސޭހައިން އަންނަ ނަމަކަށް ވާނީ ޗައިނާއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އަދުގެ ޒަމާނީ ތާރީޚުގައި އެކަން އޮތް ގޮތްވެސްމެއެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އާބާދީއެއް މިވަގުތު އޮތީ ޗައިނާގައެވެ. ކަން މިހެން އޮތް ނަމަވެސް، މި ހިނގާ އޭޕްރިލް މަހަކީ އެކަން ބަދަލުވެގެންދާނެ މަހެއް ކަމަށް، ދުނިޔޭގެ އާބާދީއާ ބެހޭ ދިރާސާތައް ކުރަމުންދާ ތަޖުރިބާކާރުން ވަނީ އަންދާޒާކޮށްފައެވެ. މި އޭޕްރިލް މަހަކީ، އާބާދީގެ ގޮތުން 2 ވަނަ މަޤާމަށް ޗައިނާ ވައްޓާލުމަށްފަހު، ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމުގެ މަޤާމަށް އިންޑިއާއިން އަރާނެ މަސް ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ވަނީ އަންދާޒާކޮށްފައެވެ. ކަން މިހެން އޮތް ނަމަވެސް، އިންޑިއާގެ މުސްލިމުންގެ އާބާދީއިން އިވެމުންދަނީ ތަފާތު އަޑެކެވެ.

އިންޑިއާގެ މުސްލިމް ޢާއިލާއަކަށް އުފަން، ރައިޒްދާ ޔަޙްޔާ އުޅެ ބޮޑުވީ، ބޮޑު ޢާއިލާއެއްގައެވެ. ރައިޒްދާއަކީ 7 ބެއިންގެ ތެރެއިން އެކަކެވެ. ނަމަވެސް އިންޑިއާގައި އޮތް ޘަޤާފަތާ ޚިލާފަށް، އޭނާގެ މައިންބަފައިން ވަނީ، ރައިޒްދާއަށް ތަޢުލީމު ހޯދާދީފައެވެ. ރައިޒްދާ އަތުގައި މާސްޓަރޒް ޑިގްރީއެއް އޮވެއެވެ. ނަތީޖާއެއްގެ ގޮތުން، މިއަދު އޭނާއަކީ، އޭނާ ބޭނުންވާ ގޮތަށް، އަމިއްލަ ޢާއިލާ ބައްޓަން ކުރުމުގެ ފުރުޞަތު ލިބިފައިވާ މިނިވަން އަންހެނެކެވެ.

ރައިޒްދާއަކީ 2 ދަރިންގެ މަންމައެކެވެ. އަންހެން ދަރިއަކާއި ފިރިހެން ދަރިއެކެވެ. އެ ޢާއިލާއަކީ ދަރިންނަށް އުޖާލާ މުސްތަޤުބަލެއް ހޯދާ ދިނުމުގެ ފިކުރުގައި، ޢާއިލާ ރާވާ، ދަރިން ހޯދާ މިންވަރު ކޮންޓްރޯލް ކޮށްފައިވާ އިންޑިއާގެ މުސްލިމު ޢާއިލާތަކުގެ ތެރެއިން ޢާއިލާއެކެވެ.

އިންޑިއާގެ މަސްރަހުން ބޯހިމުނުގެ ރަސްމީ ތަފާސް ހިސާބުތަކެއް އެންމެ ފަހުން ލިބިފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ އާބާދީގެ ނިސްބަތުން ބައިމަދު ޖަމާޢަތްތަކުގެ ތެރެއިން އެންމެ ބޮޑު ގޮތްޕަކީ މުސްލިމުންގެ ގޮތްޕެވެ. 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ އާބާދީގެ 13 ޕަސެންޓް ހިއްސާ ކުރަނީ މުސްލިމުންނެވެ. އާބާދީގެ ބޮޑު ބަޔަކީ ހިންދޫންނެވެ.

އިންޑިއާގައި މީހުން އުޅެމުންދާ އެކި ދީންތަކަށް ބަލާއިރު، ދަރިމައިވުމުގެ ރޭޓް އެންމެ މަތީ މުސްލިމުންގެ ތެރޭގައެވެ. ފަރޓިލިޓީ ރޭޓް 2.3 ގައި ހުރި އިރު، މިއީ ރީޕްލޭސްމަންޓް ރޭޓް ކަމަށްވާ 2.1އާ ގާތް މިންގަނޑެކެވެ. ރީޕްލޭސްމަންތް ރޭޓްއަކީ ކޮންމެ ދެމަފިރިއަކަށް ފަހު އަންނަން އޮތް ޖީލުގައި އެ ދެމަފިރިންގެ ބަދަލުގައި ތިބޭނެ ބަޔަކު ކަށަވަރު ކުރުމަށް އެންމެ މަދުވެގެން ދަރިން ހޯދަންޖެހޭ މިންވަރު ނުވަތަ ނިސްބަތެވެ. ކަން މިހެން އޮތް ނަމަވެސް، އިންޑިއާގައި އޮތް އެހެން ދީންތަކާ އަޅަ ބަލާއިރު، މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އާބާދީ އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ މުސްލިމުންގެ މެދުގައި ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ތަޖުރިބާކާރުން ސިފަ ކުރާ ގޮތުގައި، އާބާދީގެ ނިސްބަތުން ޗައިނާގެ މައްޗަށް އިންޑިއާއިން މިސްރާބު ޖަހާފައި ވާ މި ދަނޑިވަޅުގައި، މުސްލިމު ޢާއިލާތަކުގެ ސައިޒް ކުޑަ ވުމަކީ، އާބާދީ ކޮންޓްރޯލް ކުރުމަށް އެތައް އަހަރެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާއެވެ.

240 ކިލޯމީޓަރު ދުރުގައި އޮތް މުރާދުއާބާދުގެ އާބާދީގެ 46 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ. އެމީހުންގެ މެދުގައިވެސް މިއަދު ތަޢުލީމުގެ މުހިންމުކަން ވަނީ އިސްވެފައެވެ. އިޖުތިމާޢީ-އިޤްތިޞާދީ ކުރިއެރުން ހޯދުމުގެ މަޤްޞަދުގައި، ޢާއިލާ ރޭވުންވެސް އޮވެއެވެ.

އަތްތެރި މަސައްކަތްކޮށްގެން އުފައްދާ ސާމާނު އެކްސްޕޯޓްކޮށްގެން ލިބޭ އެއްޗަކުން ޢާއިލާ ބަލަހައްޓަމުންދާ 65 އަހަރުގެ ޝާހިދު ޕަރްވޭޒްގެ 3 ދަރިންނަށް، އޭނާ ވަނީ މަތީ ތަޢުލީމު ކަށަވަރު ކޮށްދީފައެވެ. އެއީ އޭނާ އުފުލި ފަދަ ތަކުލީފުތަކުން އެ ދަރިން ސަލާމަތް ކުރުމުގެ ނިޔަތުގައި އޭނާ ކުރި ކަމެކެވެ.

ހަންނާންއާއި މުނީޒާއަކީ ޝާހިދުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅެވެ. އެ ދެބެން އަތުގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ޑިގްރީ ސަނަދު އޮވެއެވެ. ހަގަށް ހުރި ދަރިފުޅަކީ ޤާނޫނީ ވަކީލެކެވެ.

ހަންނާންއާއި މުނީޒާގެ ޢާއިލާއަކީވެސް ކުޑަ ޢާއިލާއެކެވެ.

މުސްލިމު ޢިލްމުވެރިޔާ އަދި ލިޔުންތެރިޔާ ޝީބާ އަސްލަމް ފަހުމީ ފާހަގަ ކުރި ގޮތުގައި، މި ބަދަލުތަކަކީ ތަޢުލީމުގެ އިތުރުން ޒަމާނީ ނަޒަރިއްޔާއަކުން އިސްލާމް ދީން މާނަ ކުރަން ފެށުމުގެ ނަތީޖާއެވެ.

އިންޑިއާ ސަރުކާރުންވެސް ވަނީ އާބާދީ އިތުރުވެގެން ދިއުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެންމެ އާބާދީ ބޮޑު ސްޓޭޓްގެ ގޮތުގައި އޮތް އުއްތަރަ ޕްރަދޭޝްއިން ވަނީ، ކޮންމެ ދެމަފިރިއަކުވެސް ދެދަރިންނަށް ވުރެ އިތުރަށް ދަރިން ނުހޯދާނެ ގޮތަށް ބައްޓަންކޮށްގެން ބިލްތަކެއް ހުށަހަޅާފައެވެ. އެފަދަ ބައެއް ހުށަހެޅުންތަކުގެ ތެރޭގައި ދެ ދަރިންނަށް ވުރެ އިތުރަށް ދަރިން ތިބޭ ދެމަފިރިންނަށް، ސަރުކާރުންދޭ އިނާޔަތްތަކާއި ސަބްސިޑީޒް ނުދިނުމާއި، ދައުލަތުގެ ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ނުދިނުން ކަހަލަ ހަރުކަށި ފިޔަވަޅުތައް ހިމެނެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، އިންޑިއާގައި މުސްލިމުންނަށް ކުރިމަތި ކުރަމުންދާ ފުރައްސާރައާއި އަނިޔާތަކުގެ މަތިން ހަނދާން ނައްތާލެވޭކަށްވެސް ނެތެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
29 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

29 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް