Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޓުޗެލް އަށް ނަތީޖާ ޤަބޫލުކުރަން ދަތި، ބަޔާނުން ހިތްވަރު ދޫކޮށެއް ނުލާނެ

ދެ ވަނަ ހާފުގެ ފުރަތަމަ 25 މިނެޓުގައި ބަޔާނުން ކުޅުނީ ފުރަތަމަ ހާފަށް ވުރެ ވެސް މޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އެޕްރީލު 2023 | ބުރާސްފަތި 02:12
ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ ޤަބޫލު ކުރަން ދަތި ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ފުރަތަމަ ލެގުގައި ސިޓީ އަތުން ތިން ލަނޑުގެ ތަފާތުން ބަޔާން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ އަކީ 3-0 ގެ ގޮތުގައި އިހުސާސް ވެސް ނުވާ ކަމަށާއި، ނަމަވެސް ނަތީޖާ އަކީ އެއީ ކަމަށެވެ. އަދި އެ ނަތީޖާ އަނބުރާލުމަށް ކުރަން ޖެހޭނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް ބަޔާނުން ހިތްވަރު ދޫކޮށްނުލާނެ ކަމަށާއި، ބަޔާނުން ހަގީގަތާ ކުރިމަތިލައިގެން އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ ކުރިން ޗެލްސީ އަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ޖަރުމަނަށް ނިސްބަތްވާ ކޯޗު ބުނީ ފުޓުބޯޅަ އަކީ ވަރަށް އެހެން ކަހަލަ އެއްޗެއް ކަމަށެވެ. އަދި ޖަރުމަނުގައި ކުޅޭ މެޗަކީ ބަޔާނުން އޯވާ ވެގެން ތިބޭނެ މެޗެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޓުޗެލް ބުނީ މެޗުގެ ނަތީޖާއާމެދު އޭނާގެ ކުޅުންތެރިން މާބޮޑަށް ވިސްނިޔަ ނުދޭނެ ކަމަށާއި، ސަބަބަކީ އެއީ ބަޔާނަށް ހައްގު ނަތީޖާއެއް ނޫން ކަމަށް ވުމުންނެވެ. އެ ނަތީޖާ އިން މެޗުގެ ވާހަކަތައް ކިޔައި ނުދޭކަން ފާހަގަކުރަމުން ޓުޗެލް ބުނީ، ބަޔާނުން ރަނގަޅަށް ކުރި ކަންކަމަށް ވިސްނާލުމަކީ ބަޔާނަށް ވެސް އަދި އޭނާ އަށް އޮތް ޗެލެންޖު ކަމަށެވެ. އެގޮތުން ބަޔާނުން ކުޅުނީ އެމީހުންގެ ފެންވަރުގައި އަދި އިތުބާރުގައި ކަމަށެވެ. ޚާއްސަކޮށް ބަޔާންގެ ކުޅުންތެރިން އެމީހުންގެ ކޮލެޓީ ވެސް ދައްކައިދިން ކަމަށާއި، ދެ ވަނަ ހާފުގެ ފުރަތަމަ 25 މިނެޓުގައި ބަޔާނުން ކުޅުނީ ފުރަތަމަ ހާފަށް ވުރެ ވެސް މޮޅަށް ކަމަށެވެ. އެކަމުގެ ތެރެއިން ބަޔާނަށް މެޗުގައި ތަނަވަސް ފުރުސަތުތަކެއް ވެސް ލިބުނު ކަމަށާއި، ނަމަވެސް އެކަށީގެންވާ ވަގުތުގައި ނިންމާނުލެވުނީ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓުޗެލް ބުނީ މެޗުގެ ނަތީޖާއަށް ފޯކަސް ކުރަން ބޭނުންނުވަނީ، އެހެން ރަނގަޅު އެތަައް ކަމެއް ފެނުމުން ކަމަށެވެ. އޭނާ ބުނީ ބަޔާނުން ކުރިއަށް އޮތް މެޗަށް ނުކުންނާނީ ކަންކަން ރަނގަޅުކޮށް، ނަތީޖާ ނެރުމުގެ އުންމީދުގައި ކަމަށެވެ. ބަޔާންގެ ކުޅުންތެރިންނާ ގުޅޭ ގޮތުން ޓުޗެލް ބުނީ، ގިނަ މެޗުތަކެއް ކުޅެމުން އަންނައިރު ކޮންމެ ކުޅުންތެރިޔަކަށް ވެސް ގޯހެއް ހެދިދާނެ ކަމަށާއި، ފުޓުބޯޅަ އަކީ އެއީ ކަމަށެވެ. ނަމަވެސް ދަނޑު މަތީގައި ތިބޭ ބަޔާންގެ 11 ކުޅުންތެރިންގެ އިތުރުން ބެންޗުގައި އިންނަ ކުޅުންތެރިޔާ އަށް ވެސް އިތުބާރު އޮންނަކަން ފާހަގަކޮށް ޓުޗެލް ބުނީ، ފުރަތަމަ ދުވަހު ބަޔާނަށް އައިއިރު އޮތް ޗެލެންޖަށް ވުރެ މިހާރު އޮތް ޗެލެންޖު ބޮޑު ކަމަށެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބަޔާނަށް މި ސީޒަންގެ ސެމީ ފައިނަލުން ޖާގަ ލިބެން އޮތީ ބަޔާންގެ ދަނޑުގައި މި މަހުގެ 20 ވަނަ ދުވަހު ކުޅޭ މެޗުގައި ތިން ލަނޑުގެ ތަފާތުން ސިޓީ ބަލިކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު