Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ކުލަބުތަކުން ފާރަލަމުން ދިޔަ ބެން ޗިލްވެލް ޗެލްސީގެ އެއްބަސްވުން އައުކުރުމަށް ނިންމައިފި

11 އެޕްރީލު 2023 | އަންގާރަ 23:55

ޗިލްވެލް ދެން ޗެލްސީއާއެކު ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2023 | އަންގާރަ 23:55
ޗެލްސީ އަށް ކުޅެމުން އަންނަ ޗިލްވެލް

ޗެލްސީ އަށް ކުޅެމުން އަންނަ ޗިލްވެލް

ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ބެން ޗިލްވެލް އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމަށް ނިންމައިފި އެވެ.

ޗިލްވެލް އެންމެ ފުރަތަމަ ޗެލްސީއަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ލެއިސްޓަރ ސިޓީ ދޫކޮށް އޭނާ ޗެލްސީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޗެލްސީން މިހާރު ވަނީ އިތުރު ދެ އަހަރަށް އޭނާގެ އެއްބަސްވުން އައުކުރުމަށް ނިންމައިފަ އެވެ. އެހެންކަމުން ޗިލްވެލް ދެން ޗެލްސީއާއެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޗެލްސީގެ އެއްބަސްވުން އައު ކުރުމަށް ނިންމައި، ޗިލްވެލް މި ހަފްތާގެ ތެރޭގައި އައު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އޭނާ ހޯދުމުގެ މަސައްކަތް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރު މެންޗެސްޓަރ ސިޓީން ކުރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީއާއެކު އައު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމުމަށް ފަހު ޗިލްވެލް ބުނީ، އެ ކުލަބުގައި އޭނާ ހުންނަނީ ނުހަނު އުފަލުން ކަމަށެވެ. އަދި ޗެލްސީގައި ހޭދަ ކުރެވުނީ ވެސް ކާމިޔާބު ދުވަސްތަކެއް ކަމަށާއި، ކުލަބުން ދިގު މުއްދަތަކަށް އޭނާ ބަހައްޓަން ނިންމުމަކީ ވެސް އުފަލެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކާމިޔާބު ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޗެލްސީގެ ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުންވުން ގެނައުމަށް އޭނާ އަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޗިލްޗެލް ވަނީ މިހާތަނަށް ޗެލްސީ އަށް 80 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގަކާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެ ޓީމާއެކު އޭނާ ވަނީ އެފްއޭ ކަޕެއްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އަށް ވަނީ 2018 ވަނަ އަހަރު އިންގްލެންޑުގެ ޤައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 18 މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ.

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

3

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

4

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
23 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

23 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް