Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލެވަންޑޯސްކީގެ އުންމީދަކީ އަންނަ ސީޒަނުގައި މެސީ ބާސެލޯނާ އަށް ކުޅުން

11 އެޕްރީލު 2023 | އަންގާރަ 23:51

ލެވަންޑޯސްކީ ޤަބޫލު ކުރާ ގޮތުގައި އަދި ވެސް މެސީގެ ކުރިމަގު ގުޅިފައި ވަނީ ބާސެލޯނާއާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2023 | އަންގާރަ 23:51
ފީފާ ވޯލްޑް ކަޕްގެ ތެރެއިން މެސީ އަދި ލެވަންޑޯސްކީ

ފީފާ ވޯލްޑް ކަޕްގެ ތެރެއިން މެސީ އަދި ލެވަންޑޯސްކީ

އަންނަ ސީޒަނުގައި ލިއޮނަލް މެސީ ބާސެލޯނާ އަށް ކުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޓީމަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

ލެވަންޑޯސްކީ މިހެން ބުނީ އަލުން މެސީ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނާ ވަގުތެއްގައި އެކަމާ ގުޅޭ ގޮތުން އޭނާއާ ސުވާލު ކުރުމުންނެވެ. ލެވަންޑޯސްކީ ބުނީ އަބަދު ވެސް އޭނާ ޤަބޫލު ކުރާ ގޮތުގައި މެސީ އަކީ ބާސެލޯނާގެ ބައެއް ކަމަށެވެ. އަދި މެސީ އަލުން އަނބުރާ ބާސެލޯނާ އަށް އައިސްފި ނަމަ، އެކަން ވާނީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. ލެވަންޑޯސްކީ ޤަބޫލު ކުރާ ގޮތުގައި އަދި ވެސް މެސީގެ ކުރިމަގު ގުޅިފައި ވަނީ ބާސެލޯނާއާ އެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބުނަން ނޭންގޭ ކަމަށާއި، އެކަމުގެ ވާހަކަ ދައްކާނީ ވެސް އޭނާ ނޫން ކަމަށެވެ. ނަމަވެސް އަންނަ ސީޒަނުގައި މެސީއާއެކު ބާސެލޯނާގައި ކުޅުމަށް އުންމީދު ކުރާ ކަމަށާއި، ޔަޤީނުން ވެސް މެސީ ކަހަލަ ކުޅުންތެރިޔަކު ބާސެލޯނާ އަށް ބޭނުންވާ ކަމަށް ވެސް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ވަނީ އޭނާ ބާސެލޯނާ އަށް ބަދަލުވުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ބުނީ، އެންމެ ފުރަތަމަ ދުވަހުން ހުރިހާ ކަމެއް ބަދަލުނުވާނެ ކަމަށެވެ. އަދި ފުރަތަމަ ސީޒަންގައި ބާސެލޯނާ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ކޮންމެ މެޗެއްގައި ނުދެއްކިދާނެ ކަމަށެވެ. ބާސެލޯނާގައި ވަރަށް ގިނަ އައު ކުޅުންތެރިން ތިބި ކަމަށާއި، އަނިޔާގެ މައްސަލަތަކެއް އުޅުނު ނަމަވެސް ނަސީބު ވެސް އެހީވާ މެޗުތައް ދިމާވި ކަމަށް ލެވަންޑޯސްކީ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް އަދި ކޮޕަ ޑެލް ރޭގެ ދެ ވަނަ ލެގުގައި ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދިމާވީ އެކަހަލަ މައްސަލައެއް ކަމަށެވެ. ކުރިމަގާ ގުޅޭ ގޮތުން ލެވަންޑޯސްކީ ބުނީ ކޮންމެ ކަމެއްގައި ވެސް ކެތްތެރިވާން ޖެހޭނެ ކަމަށާއި، ކުރިއަށް އޮތް ހަފްތާތަކާއި، ސީޒަނުގައި ވެސް ބާސެލޯނާ އިތުރަށް ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

ލެވަންޑޯސްކީ މެސީގެ ވާހަކަ ދެއްކިއިރު، މީގެ ކުރިން ވެސް އޭނާ ވަނީ މެސީއާ އެއް ޓީމަކަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. މެސީގެ މިހާރުގެ ކުލަބު، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިއަހަރަށް ހަމަވާނެ އެވެ. ޕީއެސްޖީން މެސީގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މެސީ ހޯދުމަށް ބާސެލޯނާ އިން ވެސް މަސައްކަތް ކުރެ އެވެ. ނަމަވެސް މިހާތަނަށް މެސީ އޭނާގެ މުސްތަޤުބަލާމެދު ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

3

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

4

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް