Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާން - ޗައިނާ

ޓައިވާން ސްޓްރެއިޓްގައި ހަމަޖެހުން ގާއިމުކުރުމަށް ޖަޕާނުން ގޮވާލައިފި

ޖަޕާނުން ވަނީ ޗައިނާ އިން ރަޝިއާ އެކު އަސްކަރީގޮތުން ގެންގުޅޭ ގާތްގުޅުމާ ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 އެޕްރީލު 2023 | އަންގާރަ 04:06
ޖަޕާންގެ ފޮރިން މިނިސްޓަރު ޔޮޝިމަސަ ހަޔަޝީ އަދި ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގޭންގް

ޖަޕާންގެ ފޮރިން މިނިސްޓަރު ޔޮޝިމަސަ ހަޔަޝީ އަދި ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގޭންގް

ޓައިވާން ސްޓްރެއިޓްގައި ހަމަޖެހުން ގާއިމުކުރުން މުހިންމުކަމަށް ފާހަގަކޮށް، އެސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް ޖަޕާނުން ޗައިނާއަށް ގޮވާލައިފިއެވެ.

ޖަޕާނުން މިގޮތަށް ގޮވާލާފައި މިވަނީ ހޯމަ ދުވަހު، އެގައުމުގެ އިސް އޮފިޝަލުންނާއި ޗައިނާގެ އިސް އޮފިޝަލުންނާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އީސްޓް ޗައިނާ ކަނޑުގެ ސަލާމަތާ ގުޅޭ މަޝްވަރާތައް ޗައިނާ އަދި ޖަޕާންގެ އޮފިޝަލުން ކުރައްވައިފައިވާއިރު، މިމަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި މިވަނީ ޓައިވާންގެ ރައީސް ސައި އިންގްވެން އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީ އާ ބައްދަލުކުރެއްވުމާ ގުޅިގެން ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާ އާއި ޖަޕާނާ ދެމެދު އީސްޓް ޗައިނާ ކަނޑުގެ ސަލާމަތާ ގުޅޭ މަޝްވަރާތައް ފަށާއިފައި ވަނީ 2012 ވަނަ އަހަރުއެވެ.

ހޯމަ ދުވަހުގެ ބައްދަލުވުމުގައި ޖަޕާނުން ވަނީ ޗައިނާގެ ކޯސްޓްގާޑްގެ އުޅަނދުތައް ޖަޕާންގެ ކަނޑުގެ ސަރަހައްދަށް ވަނުން ހުއްޓާލުމަށްވެސް ޗައިނާއަށް ގޮވާލާފައެވެ. އަދި ޖަޕާން ސަރަހައްދުގައި ޗައިނާއިން ކުރިއަށްގެންދާ އަސްކަރީ ހަަރަކާތްތަކާ ގުޅޭގޮތުންވެސް ޖަޕާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖަޕާނުން ވަނީ ޗައިނާ އިން ރަޝިއާ އެކު އަސްކަރީގޮތުން ގެންގުޅޭ ގާތްގުޅުމާ ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިބައްދަލުވުމުގެ ކުރިން، ޗައިނާ ވަފުދުގެ ޗީފް، ހޮންގް ލިއެންގް ވަނީ އެސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނާއެކު ގުޅިގެން މަސައްކަތްކުރުމަށް، ތަފްސީލީ މަޝްވަރާތަކެއް ކުރިއަށްގެންދެވުމަށް ގަސްތުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޖަޕާން ސަރުކާރުގެ އިސް ތަރުޖަމާނަކު ވަނީ ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް އެގައުމުން ވަރަށް ގާތުން ބަލަމުން ގެންދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒު މަޓްސުނޯ ވަނީ ޓައިވާން ސްޓްރެއިޓްގައި އަމާންކަން ގާއިމުކުރުމަކީ މުޅި ސަރަހައްދާ ބައިނަލްއަގުވާމީ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މިމަޝްވަރާ ބައްދަލުވުމުގައި ޗައިނާގެ އޮފިޝަލުންގެ ވަފުދުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ބައުންޑަރީ އެންޑް އޯޝަން އެފެއަރޒް، ހޮންގް ލިއަންގް އެވެ. އަދަ ޖަޕާން ވަފުދުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް އޭޝިއަން އެން އޯޝޭނިއަން އެފެއަރޒް، ޓަކެހިރޯ ފުނަކޮޝިއެވެ.

މީގެއިތުރުން، މިބައްދަލުވުމުގެ ތެރޭގައި ޗައިނާގެ އޮފިޝަލުން ވަނީ ޖަޕާނުން މިފަހުން، އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑާއި، ސެންކަކު އައިލެންޑްސް އާއި ޓައިވާން ސްޓްރެއިޓްގެ މައްސަލަތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެންކަކު އައިލެންޑްސް އަކީ ޖަޕާންގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށްތަކެކެވެ. މި ރަށްތަކަށް ޗައިނާއިން ޑިއައޮޔޫ ކިޔާއިރު، މިރަށްތައް ކައިރީގައި ޗައިނާ އަދި ޖަޕާންގެ ކޯސްޓްގާޑް އުަޅަނދުތައް ހަރަކާތްތެރިވުމަކީ އާންމުކަމެކެވެ.

މިބައްދަލުވުމުގައި ޗައިނާއިން ވަނީ އެގައުމުގެ އިސްތިގުލާލަށް އަރައިގަންނަފަދަ، އެގައުމުގެ ކަނޑުގެ ސަރަހައްދުގެ މައްސަލަތަކާއި ޓައިވާންގެ މައްސަލަތަކުގެ ތެރެއަށް ޖަޕާނުން ނުވަދުމަށްވެސް ގޮވާލާފައެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި އެގައުމުގެ ނުރުހުމުގައި އެމެރިކާގެ އިސްފަރާތްތަކުން، ޓައިވާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަކީ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުފޫޒު ފޯރުވުމަށް ކުރާކަމެއްކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ. ޓައިވާން އަކީ އެގައުމުގެ ބައެއްގެ ގޮތުގައި ބޭއްވުމަށް ބާރުގެ ބޭނުުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގިބިސް ތޫފާނުގައި ޖަޕާނުން 35 މީހުން މަރުވެއްޖެ

ހަގިބިސް ތޫފާނުގައި ޖަޕާނުން 35 މީހުން މަރުވެއްޖެ

14 އޮކްޓޯބަރު 2019
ޖަޕާނުން އަނެއްކާ ވެސް ވިޔަފާރީގެ އުސޫލުން ބޮޑުމަހުގެ މަސްވެރިކަން ފަށައިފި

ޖަޕާނުން އަނެއްކާ ވެސް ވިޔަފާރީގެ އުސޫލުން ބޮޑުމަހުގެ މަސްވެރިކަން ފަށައިފި

02 ޖުލައި 2019
ޓައިވާން އަލުން ޗައިނާއާ ގުޅޭނެ: ޝީ

ޓައިވާން އަލުން ޗައިނާއާ ގުޅޭނެ: ޝީ

03 ޖެނުއަރީ 2019
ކޮންމެ އަގެއް ދައްކައިގެން ވެސް ދެކުނު ޗައިނާ ކަނޑާއި ޓައިވާން ދިފާއުކުރާނަން: ޗައިނާ

ކޮންމެ އަގެއް ދައްކައިގެން ވެސް ދެކުނު ޗައިނާ ކަނޑާއި ޓައިވާން ދިފާއުކުރާނަން: ޗައިނާ

25 އޮކްޓޯބަރު 2018
ޖަޕާނުން އުފެއްދި މޮބައިލް މިސްކިތަށް މުސްލިމުން މަރުހަބާ ކިޔައިފި

ޖަޕާނުން އުފެއްދި މޮބައިލް މިސްކިތަށް މުސްލިމުން މަރުހަބާ ކިޔައިފި

28 ޖުލައި 2018

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު