Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްވެރިކަން

މަސްވެރިންގެ ޝަކުވާތަކަށް ބޮޑު ހައްލެއް

11 އެޕްރީލު 2023 | އަންގާރަ 06:49

އުތުރާ ދެކުނުގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް އަންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 އެޕްރީލު 2023 | އަންގާރަ 06:49
މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުން

މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުން

އަބަދުވެސް މަސްވެރިން ކުރާ ޝަކުވާއެއް އޮވެއެވެ. މަސްވެރިން ބާނާ މަސްކޮޅު ނުކިރޭ ކަމުގެ ޝަކުވާއެވެ. އެއްވެސް ގޮތެއް ނެތި ކަނޑަށް އުކާލަންޖެހޭ ކަމުގެ ޝަކުވާއެވެ. މިޝަކުވާއަކީ ޒަމާނުއްސުރެ މަސްވެރިން ކުރަމުން އައި ހައްލު ލިބިފައިނުވާ ބޮޑު ޝަކުވާއެކެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ އުފާވެރި ވައުދުފުޅާއެކުއެވެ.

މިސަރުކާރަށް މާގިނަ ދުވަހެއް ނުވެ، މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ކިރާ ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ އިތުރު ސެންޓަރުތަކެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިމަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާއިވާއިރު، ކޮންމެ ދުވަހަކު ވެސް 350-400 ޓަނުގެ މަސް ކިރުވައެވެ. އަދި މިހާރު ދުވާލަކު 600 އާއި 700 ޓަނުގެ މަސް ގެނައި ނަމަވެސް ދަތިކަމަކާއި ނުލައި މަސް ކިރުވާލެވޭނެ ކަމުގެ ޔަގީންކަން މިފްކޯއިން ދީފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހިސާބުގައި މަސް ނުކިރުވި އެމައްސަލަ ބޮޑު ވެގެންދިޔައެވެ. މަސްވެރިން ބޭނި ގިނަ މަސްތަކެއް ކަނޑަށް އުކާލަން ޖެހި، މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެގެންދިޔައެވެ. މިއީ ސަރުކާރަށް ވެސް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވި މައްސަލައެއް ވެސް މެއެވެ.

ފާޑުކިޔުންތަކާއެކު ވެސް ސަރުކާރުން މަސައްކަތް ކުރީ އުތުރާއި ދެކުނުގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނައުމަށެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން ހަތަރު ދިމާލެއްގައި ބޮޑެތި މަސައްކަތްތަކެއް ފެށިއެވެ. އެގޮތުން ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކިރުވޭނެ ފެސިލިޓީ ދުވާލަކު 500-600 ޓަނުގެ މަސް ގަނެވޭނޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ގދ. ތިނަދު އާއި މ.މުލަކުގައި ވެސް މަސް ގަނެ ފިނިކުރެވޭނެ މަސް ޕްރޮސެސިން ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ތިނަދޫގައި 120 ޓަނު ދުވާލަކު ކިރޭނެ، 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރާނެއެވެ. އަދި މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 100 ޓަނުގެ ބްރައިން ފްރީޒިން ގާއިމްކުރާނެއެވެ. އަދި ހއ. އިހަވަންދޫގައި 100 ޓަނުގެ ބްރައިން ފްރީޒިންގއާއެކު 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރާނެއެވެ.

މީގެ އިތުރުން ފެލިވަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ވެސް ކުރިއަށްދެ އެވެ. ފެލިވަރު ތަރައްގީ ކުރަނީ 280 ޓަނުގެ މަސް ގަނެވޭނެ ފެސިލިޓީއާއެކުއެވެ. އެއާއެކު މިފްކޯގެ ކެޕޭސިޓީ ދެ ގުނަ ވެގެން ދާނެ އެވެ. މިފްކޯއިން އަމާޒު ހިފާފައި ވަނީ ސްޓޯރޭޖް 14،000 ޓަނާ ހަމައަށް ބޮޑުކުރުމަށެވެ.

މީގެ އިތުރުން ވެސް މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ ޖަޒީރާ 103 ބޯޓު ރާއްޖެ ގެނެސްފައެވެ. ދާދި އަވަހަށް އެބޯޓު މަސްވެރިކަމުގެ އޮޕަރޭޝަނަށް ނެރޭނެއެވެ. އަދި ޖުލައި މަހުގެ ތެރޭގައި އިތުރު ތިން ބޯޓު ރާއްޖެއަށް ގެންނާނެއެވެ. މި ބޯޓުތަކަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓުތަކެކެވެ.

އެހެންކަމުން ވަށާޖެހޭ ގޮތަށް މުޅި ރާއްޖޭގައި އެކި ހިސާބުތަކުގައި އުޅޭ މަސްވެރިންނަށް ފަސޭހަކަމާއެކު މަސްކޮޅު ކިރުވާލެވޭނެއެވެ. މަސްވެރިންގެ އަތުން ދާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް އިތުރު ލުއިފަސޭހަ ތަކެއް ލިބޭނެއެވެ.

މަސްވެރިކަމުގެ ސިނާއަތް އައު މަރުހަލާއަކަށް ގެންދިއުމުގެ އަމާޒުގައި މަސައްކަތްތައް ކުރަމުންދާއިރު، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު ވެސް ވަނީ އާއްމުކޮށްފައެވެ. މި ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް މަސްވެރި އުޅަނދެއްގައި، ސީދާގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. ނަމަވެސް އުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި، އުޅަނދެއްގައި ގިނަވެގެން 2 ބިދޭސީންނަށް ވަޒީފާގައި ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގަވާއިދުގެ ދަށުން، ޖޫރިމަނާކުރެވޭނެ ފަރާތްތަަކާއި، ޖޫރިމަނާ ކުރެވޭ އަދަދުތަކުގެ އިތުރުން ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ އަދަދުތައް ކަނޑައަޅާފައިވެއެވެ.

މިގަވާއިދާ ގުޅޭގޮތުން ބައެއް މަސްވެރިން ބުނެފައިވަނީ މިގަވާއިދަށް އަމަލުކުރޭތޯ ނުކުރޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިއީ ރަނގަޅު ގަވާއިދެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް މޮނިޓަރ ކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރަށް ވުރެ ބޮޑަށް ބަލައި، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބެއް ދޭން ޖެހޭ ކަމަށެވެ.

ގަވާއިދާއެކު، މަސްވެރިކަމުގެ ސިނާއަތް މިވަނީ މުޅިން އައު ހަރުފަތަކަށް ގޮސްފައެވެ. މިއަދު ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު އިތުރުވި ނަމަވެސް އެކަމަށް ފަރުވާލެއް ނެތެއެވެ. ޒަމާނީ ވަސީލަތްތަކާއެކު، ކެޕޭސިޓީ އިތުރު ކުރެވި، މަސްވެރިންނަށް ލުއި ފަސޭހަވާނެ ހުރިހާ އިންތިޒާމްތަކެއް އަތޮޅުތެރޭގެ ހުރިހާ ހިސާބެއްގައި މިދަނީ ހަމަޖެހެމުންނެވެ. އެއީ ގައުމަށާއި، މަސްވެރިކަމުގެ އާއިލާތަކަށް ލިބޭ ކުރިއެރުމެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް