Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުއްގިރި ހިޔާނާތް

ފުއްގިރި ހިޔާނާތް: ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަވެސް ކާމިޔާބެއް ނުވި

10 އެޕްރީލު 2023 | ހޯމަ 09:11

ކްރިކް ރިޒާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އެޕްރީލު 2023 | ހޯމަ 09:11
މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ

މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، އަހުމަދު ކްރިކު ރިޒާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އޭނާއަށް ނާކާމިޔާބުވެއްޖެއެވެ.

މި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ. 

Advertisement - newsAdvertisement

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހުސައިން ޝަހީދެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

އޭނާގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާތަކުގެ ތެރޭގައި ދައުވާ އުފުލުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް ހުށައެޅި ހުށައެޅުން ބޭރުކޮށްލާފައިވާތީ ހުށައަޅާ އިސްތިއުނާފީ ނުކުތާއެއް ހިމެނެއެވެ. އެ ނުކުތާ އޭނާއަށް ހައިކޯޓުގައި ކާމިޔާބެއް ނުކުރެވުނެވެ.

އޭގެ އިތުރުން، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ފާހަގަކުރުމަށް ދިފާއަށް ފުރުސަތު ނުދީ، އެ ދެމީހުންގެ ހެކިބަސް ބަލައިގެންފައިވާކަމަށް ބުނެ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާވެސް އޭނާއަށް ހައިކޯޓުގައި ކާމިޔާބެއް ނުކުރެވުނެވެ.

އޭގެ އިތުރުން، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ތަހުގީގަށް ދީފައިވާ ބަޔާނުގައި ހިމެނޭ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގެ ދިފާއަށް ދޫކުރާނެ ތަނެއް ނެތްކަމަށް ދަށު ކޯޓުން ނިންމާފައިވާތީ އިސްތިއުނާފުކުރި ނުކުތާއެއްވެސް ހިމެނެއެވެ. ޖުމުލަ 5 އިސްތިއުނާފީ ނުކުތާއެއް އޭނާގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

އެހެންނަމަވެސް އެ ނުކުތާތަށް އޭނާއަށް ހައިކޯޓުގައި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ހައިކޯޓުގައި މި މައްސަލަ ނިންމަވާފައިވަނީ 3 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިޔަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެ ކުންފުނިތަކަށް ވަނީ ނާކާމިޔާބުވެފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

01 ޖުލައި 2017

އަދީބުގެ ސިޓީއާ ގުޅިގެން މައްސަލަ ބަލައިދިނުމަށް ނާޒިމްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި

01 ޖުލައި 2017
އަދީބުގެ ސިޓީއާ ގުޅިގެން މައްސަލަ ބަލައިދިނުމަށް ނާޒިމްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި
19 ޖޫން 2017

ރައީސް ނަޝީދުގެ ފަރާތުން އެމްޑީޕީގެ އިސްވެރިން އަދީބާ ބައްދަލު ކުރަން އެދިއްޖެ

19 ޖޫން 2017
ރައީސް ނަޝީދުގެ ފަރާތުން އެމްޑީޕީގެ އިސްވެރިން އަދީބާ ބައްދަލު ކުރަން އެދިއްޖެ
06 ޖޫން 2017

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

06 ޖޫން 2017
ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް
04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
03 މެއި 2017

ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

03 މެއި 2017
ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް