Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާނަލް ނާޒިމްގެ މައްސަލަ

އަދީބުގެ ސިޓީއާ ގުޅިގެން މައްސަލަ ބަލައިދިނުމަށް ނާޒިމްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި

މި މައްސަލައިގައި ނާޒިމް ވަނީ 11 އަހަރަށް ޖަލަށްލާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 1 ޖުލައި 2017 | ހޮނިހިރު 05:58
ކުރީގެ ޑިފެންސް މިނިސްޓަރާއި ކުރީގެ ހޯމް މިނިސްޓަރ

ކުރީގެ ޑިފެންސް މިނިސްޓަރާއި ކުރީގެ ހޯމް މިނިސްޓަރ

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ކޮޓަރިން ފެނުނު ފިސްތޯލައާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމްކޯޓަށް ހުށަހެޅުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން ބަލައިދިނުމަށް އެދި ނާޒިމްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން، އަހްމަދު ޝިފާން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭގެ ތަފްސީލް މި ވަގުތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމާ ބެހޭ ގޮތުން ނާޒިމްގެ ކޮއްކޯފުޅު އާދަމް އާޒިމް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އީދު ބަންދަށް ފަހު އޮފީސްތައް ހުޅުވުމުން އެ މައްސަލަ ގޮސްފައިވާ ހިސާބު ބެލުމަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ.

ހަތިޔާރުގެ މައްސަލައަކަށް ވާތީ އެ މައްސަލަ އެމްއެންޑީއެފް އިން ބަލަމުން ގެންދޭތޯ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ވަގުތު އެކަމާ ބެހޭ ގޮތުން ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ރާއްޖެއެމްވީ ޑިފެންސް މިނިސްޓްރީގެ މީޑިޔާ އޮފިޝަލްއާ މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަން ހާމަކޮށްފައިވާ އިރު ނާޒިމް ޕްރޭމްކުރި މީހުންނާއި އެކަމުގެ ހަގީގަތް އެނގޭ ކަމަށް އަދީބު ސުޕްރީމްކޯޓަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މިމަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް އަދީބުގެ ފަރާތުން ހުށަހަޅާފައިވާ ސިޓީގައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު، ގ. އެނިފްގައި ނާޒިމް އުޅުއްވި އެޕާޓްމެންޓުން ފެނުނު ކަޅުކުލައިގެން ދަބަހަކުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ ހަގީގަތާއި އެކަން ހިނގާދިޔަ ގޮތް ނުހަނު ރަނގަޅަށް އެނގޭކަމަށާއި ނާޒިމްގެ ކޮޓަރިން ފެނުނު އެ ތަކެއްޗަކީ ނާޒިމްގެ އެއްޗެހިނޫން ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ތަކެތި ފެންނަން ޖެހުނު ގޮތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމުގެ ކަށަވަރުކަން ވެސް އޮތް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދަށް އެޑްރެސްކުރައްވައި އަދީބު ފޮނުއްވާފައިވާ ސިޓީގައި ވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވި މީހުންނާއި އެކަން ނިމިގެންދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ޝަރުއީ ކޯޓެއްގައި ނާޒިމްގެ މައްސަލައިގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ނާޒިމްގެ މައްޗަށް ރޭވިގެން އޭނާ ޕްރޭމް ކުރެވުނު ކަންތައްތަކުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް އަދީބުގެ ސިޓީގައި ހާމަކުރެ އެވެ. އަދި ޝަރުއީ ހަމަތަކުގެ މަތިން އެކަން ހާމަކުރުމަށް ތައްޔާރަށް ހުރި ކަމަށް ވެސް ވަނީ ބަޔާންކޮށްފައި ވެއެވެ.

އަދީބުގެ ސިޓީގައި މިކަންކަން ފާހަގަކޮށްފައިވާ އިރު މީގެ ކުރިން، ނާޒިމްގެ މައްސަލައާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތްތަކުގަ އާއި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތްތަކުގައި ވެސް ނާޒިމްގެ ދިފާއީ ހެއްކެތްގެ ގޮތުގައި އަދީބު ހާސިރު ކުރުމަށްވަނީ އެދިފަ އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ ފެނުނު މައްސަލައާ ގުޅިގެން އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނިންމާ ހައިކޯޓުން ތާއީދުކޮށްފައިވާ ނިންމުމަކީ ރަގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަދީބުގެ ޑީއެންއޭ ފެނުނުކަމަށް ފުލުހުން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފްގެ މައްސަލަ ހުށަހެޅުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ.

ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހުކުމްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ. ޖަލަށް ހުކުމް ކުރި ނަމަވެސް ދޭތެރެ ދޭތެރެއިން ނާޒިމް ގެއަށް ބަދަލުކޮށްފައި ވެއެވެ. އެންމެ ފަހުން ނާޒިމް ގެއަށް ބަދަލުކޮށްފައި ވަނީ ރޯދަ މަހަށެވެ. ރޯދަ މަސް ނިމުމާ އެކު ހުކުރު ދުވަހު ކަރެކްޝަންސް އިން ނާޒިމް ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު