Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް

މަޖިލީހަށް އާއްމުންގެ ފަރާތުން ޓްރާންސްޕޯޓާއި ބެހޭ މައްސަލަ ފުންޏެއް، މިނިސްޓަރު ކޮމިޓީއަށް

މަޖިލީހަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 08:35
މަޖިލީހަށް ޓްރާންސްޕޯޓް މިނިސްޓަރު ހާޒިރުކުރުން

މަޖިލީހަށް ޓްރާންސްޕޯޓް މިނިސްޓަރު ހާޒިރުކުރުން

މަޖިލީހަށް އާއްމުންގެ ފަރާތުން ޓްރާންސްޕޯޓާއި ބެހޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީ އަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީ އަށް މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ހާޒިރުވެވަޑައިގެންނެވިއެވެ. މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގޭގެ ވެރިފަރާތަށް ނޭނގި އެ ގޭގެ ގަރާޖުގައި ވެހިކަލް ބޭއްވުމަށް ހުއްދަ ދިން މައްސަލަ އެއް ހިމެނެއެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ގޭގެ ވެރިފަރާތަށް ނޭނގި އެ ގޭގެ ގަރާޖުގައި ވެހިކަލް ބާއްވަން ހުއްދަ ދީފައިވާ މައްސަލަ 15 ސެޕްޓެމްބަރު 2022ގައި މިނިސްޓަރަކަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެ ގަރާޖަށް ރެޖިސްޓްރީކޮށްފައިވާ އެއް އުޅަނދުގެ ރެޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށް އަންގާފައިވާ ކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދޯންޏެއްގެ ރަޖިސްޓަރީ ބާތިލު ނުކޮށް އަދި ސަބަބު އެންގުމަކާއި ނުލާ ދޯންޏަށް އެހެން ރަޖިސްޓްރީ ނަމްބަރެއް ދިން މައްސަލަ އެއް ހިމެނެއެވެ. އަދި ޓްރާންސްޕޯޓްގެ އެހީތެރިކަމާއެކު އެ ދޯނީގެ ރެޖިސްޓްރީ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވެއެވެ. ސައްހަ ނޫން ވެހިކަލް ރެޖިސްޓްރީ ކުރިކަން ހާމަވީ ފޯޖް ކޮށްފައިވާ ލިޔުންތަކެއް ހުށަހަޅާ އޮޅުވާލައިގެން ރަޖިސްޓްރީކުރި ވެހިކަލްތައް ދެނެގަތުމަށް ޓަކައި ކުރި އޮޑިޓަކުން ކަމަށް މިނިސްޓްރީއިން އެ ފަރާތަށް އަންގާފައިވާ ކަމަށް ވެސް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ގަރާޖު ރެޖިސްޓްރީކުރަން މިނިސްޓްރީ އަށް ހުށަހެޅިތާ 4 މަސް ވީ އިރުވެސް ޚިދުމަތް ފޯރުކޮށްދެވިފައި ނުވާ މައްސަލަ އެއްވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި މިނިސްޓްރީން މައްސަލަ ހުށަހެޅި ފަރާތަށް މީގެ ކުރިން ދިން ޖަވާބުގައި ބުނެފައި ވަނީ ޚިދުމަތަށް އެދި ހުށަހެޅި ޤަރާރު ހުރީ ޤަވާއިދާއި އެއްގޮތަށް ނޫން ކަމަށާއި އެކަންކަން އިސްލާހުކުރަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާ ކަަމަށެވެ. އަދި މިނިސްޓްރީން ގަނެފައިވާ ޑޮމެއިން ނަމްބަރު ބޭނުން ކުރުމުގެ ހުއްދަ ލިބިފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ މައްސަލަ އާއި ގުޅިގެން ޑޮމެއިންތަކާއި ގުޅިގެން ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތައް ހުރި ކަމަށާއި އޮޅުވާލުންތަކެއް އެކަމުގައި ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ޓެކްސީގެ އަގު ކަނޑައެޅީ ޓެކްސީ ސެންޓަރުތަކާއި މަޝްވަރާ ނުކޮށް ކަމަށް ބުނާ މައްސަލައަކާއި، 20 އަހަރުވެފައިވާ އުޅަނދުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ބާތިލްވާ ގޮތަށް ޓެކްސީ ޤަވާއިދު މަނާކޮށް ފިޔަވަޅު އެޅުމާއި، ޓެކްސީ ޤަވާއިދާއި އެއްގޮތަށް އުޅަނދުތަކުގެ ބިއްލޫރި ބަދަލުކުރުމާއި ގުޅުން ހުރި މައްސަލަތައް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު