Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިޓެކްނިކް

އަމާޒަކީ ކޮލެޖެއްގެ ފެންވަރަށް ޕޮލިޓެކްނިކް ތަރައްގީކުރުން: ހާޝިމް

8 އެޕްރީލު 2023 | ހޮނިހިރު 17:20

ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އެޕްރީލު 2023 | ހޮނިހިރު 17:20
މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް

މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް

އަމާޒަކީ ކޮލެޖެއްގެ ފެންވަރަށް މޯލްޑިވްސް ޕޮލިޓެކްނިކް ތަރައްގީކުރުން ކަމަށް, މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ހާޝިމް ވިދާޅުވީ، ޕޮލިޓެކްނިކްގެ ލެކްޗަރަރއިންގެ މުސާރައަށް އަންނަ ހެޔޮ ބަދަލުތަކާއެކު، ރަނގަޅު ފެންވަރުގެ ލެކްޗަރަރއިން ބިނާކުރުމަށް މަގުފަހިވެގެން ދާނެކަމަށާއި، އިތުރު މަގާމުތައްވެސް އުފެއްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރަނގަޅު ތައުލީމީ ޒުވާނުން ބިނާކުރުމަށްވެސް އެކަމުގެ ސަބަބުން މަގުފަހިވެގެން ދާކަމަށް ހާޝިމް ވިދާޅުވިއެވެ.

އޭގެ އިތުރުން، މުސްތަގުބަލުގައި އައު ދާއިރާތަކުން ޕްރޮގްރާމްތައް ހިންގައި، މަތީ ފެންވަރުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް މަގުފަހިވެގެންދާނެކަން ފާހަގަކުރައްވައި ހާޝިމް ވަނީ މިސާލެއްގެ ގޮތުން ކޮންސްޓްރަކްޝަން ދާއިރާއަށް އަލިއަޅުއްވާލައްވާފައެވެ.

ހާޝިމް ސިފަކުރައްވާގޮތުގައި މިއީ ދިވެހި ލެކްޗަރަރއިންނަށް ހުޅުވިގެން ދިޔަ ރަނގަޅު ފުރުސަތެކެވެ. އަދި ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރަރއިންނާ އެއް ހަމައެއްގައި ޕޮލިޓެކްނިކް މުވައްޒަފުންނަށް މުސާރަ ހަމަޖެހިގެންދިޔުމަކީ އެތަން ބަލައިގަންނަ ކަމުގެ ހެތްކެއް ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ.

މިހާރު ޕޮލިޓެކްނިކަކީ އިންސްޓިޓިއުޓެއް ކަމަށާއި، އަމާޒަކީ ޕޮލިޓެކްނިކް ކޮލެޖެއްގެ ފެންވަރަށް ތަރައްގީކުރުންކަން ވެސް ހާޝިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2023

އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކުން ކުރިއަށްގެންދާ ގޮތް ހަދައިފި

15 ނޮވެމްބަރު 2023
އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކުން ކުރިއަށްގެންދާ ގޮތް ހަދައިފި
09 އެޕްރީލު 2023

ލެކްޗަރާއިންގެ މުސާރައަށް އައީ އުއްމީދު ކުރި ވަރަށްވުރެވެސް ހެޔޮ ބަދަލެއް: ޕޮލިޓެކްނިކް

09 އެޕްރީލު 2023
ލެކްޗަރާއިންގެ މުސާރައަށް އައީ އުއްމީދު ކުރި ވަރަށްވުރެވެސް ހެޔޮ ބަދަލެއް: ޕޮލިޓެކްނިކް
01 މާރިޗު 2023

މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

01 މާރިޗު 2023
މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
21 ޑިސެމްބަރު 2022

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

21 ޑިސެމްބަރު 2022
މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
15 ޑިސެމްބަރު 2022

ކައުންސިލުތަކާއި ގުޅިގެން ޕޮލިޓެކްނިކުން އަންނަނީ ރަށްރަށުގައި ކޯސްތައް ހިންގަމުން: ހާޝިމް

15 ޑިސެމްބަރު 2022
ކައުންސިލުތަކާއި ގުޅިގެން ޕޮލިޓެކްނިކުން އަންނަނީ ރަށްރަށުގައި ކޯސްތައް ހިންގަމުން: ހާޝިމް
07 ނޮވެމްބަރު 2022

ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި

07 ނޮވެމްބަރު 2022
ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި
17 ޖެނުއަރީ 2022

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރަނީ

17 ޖެނުއަރީ 2022
ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރަނީ
10 ސެޕްޓެމްބަރު 2021

އޮޓޯމޯޓިވް ދާއިރާއަށް މީހުން ތަމްރީނުކޮށްދޭނެ މީހުން ނުލިބުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން : ނާސިރު

10 ސެޕްޓެމްބަރު 2021
އޮޓޯމޯޓިވް ދާއިރާއަށް މީހުން ތަމްރީނުކޮށްދޭނެ މީހުން ނުލިބުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން : ނާސިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް