Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޖިރޫޑުގެ ލަނޑު ބަލައި ނުގަނެ، އޭސީ މިލާނާއި އެމްޕޮލީގެ ކުރިމަތިލުން ހަމަހަމަ

8 އެޕްރީލު 2023 | ހޮނިހިރު 07:17

ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ލަނޑު ޖެހި ވަގުތު ޖިރޫޑުގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އެޕްރީލު 2023 | ހޮނިހިރު 07:17
އޭސީ މިލާނުން ކުޅުނު މެޗުގައި ޖިރޫޑް ލަނޑު ޖަހަނީ

އޭސީ މިލާނުން ކުޅުނު މެޗުގައި ޖިރޫޑް ލަނޑު ޖަހަނީ

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ދެ ވަނައިގައި އޮތް ލާޒިއޯއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމަށް ލިބުނު ފުރުސަތު އޭސީ މިލާނުން ނަގާލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، ދެ ވަނައިގައި އޮތް ލާޒިއޯއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކުރުމުގެ ފުރުސަތު މިލާނަށް އޮތެވެ. ނަމަވެސް ދެ ޓީމުގެ ކުރިމަތިލުން ނިމުނީ އެއްވަރިވެގެންނެވެ. މެޗުގައި ލަނޑު ޖެހުމަށް އޭސީ މިލާނުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެމްޕޮލީގެ ގޯލަށް އަމާޒުކޮށް މިލާނުން ވަނީ ހަތަރު ހަމަލާއެއް ފޮނުވާލައިފަ އެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަންޑްރޯ ޓޮނާލީ ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމްޕޮލީގެ ގޯލް ކީޕަރު ޕެރިސަން ވަނީ ހުށިޔާރު ކަމާއެކު ހަމަލާތައް ހުއްޓުވައިފަ އެވެ. މެޗުގެ 89 ވަނަ މިނެޓުގައި އޭސީ މިލާންގެ އަލެސާންޑްރޯ ފްލޮރެންޒީ ހުރަސްކުރި ބޯޅަ އެއް ގޯލަށް ފޮނުވާލައިގެން އޮލީވިއޭ ޖިރޫޑް ވަނީ މިލާނަށް ކުރި ހޯދައިދީފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ލަނޑު ޖެހި ވަގުތު ޖިރޫޑުގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައިފަ އެވެ.

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު މިލާން އޮތީ ތިން ވަނައިގަ އެވެ. އެއީ ކުޅުނު 29 މެޗުން 52 ޕޮއިންޓާއެކު އެވެ. މިލާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ލާޒިއޯ އޮތީ 55 ޕޮއިންޓާއެކު އެވެ. އެމްޕޮލީ އޮތީ 29 މެޗުން 32 ޕޮއިންޓާއެކު 14 ވަނައިގަ އެވެ.

އިޓާލިއަން ލީގުއޭސީ މިލާން

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް