Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ

ހަމަލާތައް ހުއްޓާލުމާއި ގުޅޭ ވާހަކަތައް ސައުދީ އާއި ހޫޘީންނާ ދެމެދު ބާއްވަނީ

ސައުދީ އާއި ހޫޘީންނާދެމެދު ކުރިޔަށްދާ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަނީ އޮމާނުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 03:13
ޔަމަންގެ ވެރިރަށް ސަނާގެ މަތިން ހޫޘީންގެ ހެލިކޮަޕްޓަރެއް އުދުހެނީ

ޔަމަންގެ ވެރިރަށް ސަނާގެ މަތިން ހޫޘީންގެ ހެލިކޮަޕްޓަރެއް އުދުހެނީ

އަށް އަހަރުވީ ދިގު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަންނަ ހަފްތާގައި ސައުދީ އަރަބިއްޔާ އާއި އޮމާނުގެ މަންދޫބުން ޔަމަނަށް ވަޑައިގެން ހަނގުރާމަވެރި ހޫޘީ ޖަމާއަތާއެކު ވާހަކަތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމުގެ ވާހަކަތައް އިރާނުން ވާގިވެރިވާ ހޫޘީ ޖަމާއަތާއެކު ދެއްކުމަށް އޮފިޝަލުން ވަޑައިގަންނަވާނެކަން ހާމަކޮށްފައިވަނީ މިވާހަކަތަކުގައި ބައިވެރިވާ ދެ މީހަކާއި ހަވާލާދީ ރޮއިޓަރސް އިންނެވެ. މިއީ ސައުދީ އާއި އިރާނުގެ ގުޅުން އަލުން އިޔާދަކުރުމަށް ނިންމުމާއެކު ގިނަ ދުވަސްވެފައިވާ މެދުއިރުމަތީގެ ހަމަނުޖެހުން ނިމުމަކަށް އައުމުގެ ފެހި ސިގްނަލްކަމަށް މާހިރުންދެކެއެވެ.

ސައުދީ އާއި ހޫޘީންނާދެމެދު ކުރިޔަށްދާ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަނީ އޮމާނުންނެވެ. ވާހަކަތައް ކުރިޔަށްދާނީ ޔަމަނުގެ ވެރިރަށް ސަނާގައެވެ. މިވާހަކަތައް ކުރިޔަށްމިދަނީ އދ ގެ ވެސް އެހީތެރިކަމާއެކުއެވެ.

ޔަމަނާއެކު ބޯޑަރު ހިއްސާކުރަމުން އަންނަ އޮމާނުން ވަނީ އެތައް ފަހަރެއްގެ މަތިން ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އިރާނާއި ސައުދީ އަރަބިއްޔާ އަދި އެމެރިކާ އާއެކު ވާހަކަތައް ދައްކައިގެން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވަނީ މަސައްކަތްކޮށްފައެވެ. އެހެންކަމުން ހަނގުރާމަ ދާއިމީ ގޮތަކަށް ނިމިއްޖެނަމަ އެކަންވެގެންދާނީ މެދުއިރުމަތީގެ ސުލްހައަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ.

އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެނަމަ ހަމަލާ ބަދަލުކުރަން ހުއްޓާލުމަށް އީދު ބަންދުގެ ކުރިން އިއުލާންކުރެވޭނެކަމަށް ރޮއިޓަސް އިން ބުނެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސައުދީ އަދި ޔަމަނުގެ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ޔަމަނުގެ އުތުރުގެ ސަރަހައްދު ކޮންޓްރޯލްކުރަމުން އަންނަނީ ހޫޘީންނެވެ. 2015 ވަނަ އަހަރުން ފެށިގެން ހޫޘީން އަންނަނީ ސައުދީ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރިއްޔާ އާ ދެކޮޅަށް ޔަމަނުގައި ހަނގުރާމަކުރަމުންނެވެ. މިހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު ޔަމަނުގެ އާބާދީގެ 80 އިންސައްތަ މީހުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީ ބައިނަލްއަގްވާމީ އެހީންނެވެ.

ރޮއިޓަސް އިން ބުނާގޮތުގައި ވާހަކަތައް ބިނާވެފައިވަނީ ޔަމަނުގެ ޕޯޓުތަކާއި އެއަރޕޯޓްތައް އަލުން ހުޅުވާލުމަށާއި ސަރުކާރު މުވައްޒަފުންނަށް ހަމަ މުސާރަ ދިނުމަށާއި ގައުމު އަލުން ބިނާކުރުމަށާއި ސިޔާސީ އައު ބަދަލާ ގުޅޭގޮތުންނެވެ.

ސައުދީ އަރަބިއްޔާއިން ހޫޘީންނާއެކު އަލުން ވާހަކަތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އދން އުންމީދުކުރަނީ ސުލްހައިގެ ވާހަކަތަކަށްފަހު ހުރިހާ ފަރާތްތައް ގުޅިފައިވާ ސަރުކާރެއް ޔަމަނުގައި އެކުލަވާލެވޭނެކަމަށެވެ. އދ ގެ ޚާއްސަ މަންދޫބު މިހަފްތާތެރޭގައި ވަނީ އޮމާނާއި ހޫޘީންގެ އޮފިޝަލުންނާ ބައްދަލުކުރައްވާ ހަނގުރާމަ ނިމުމަކަށް ގެނެސް ސިޔާސީ ގޮތުން ހަމަޖެހުން ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޔަމަނަށް ސުލްހަ ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ސައުދީން ވަނީ ޔަމަނުގެ ދެކުނު ސަރަހައްދުގެ ޕޯޓުތަކަށް މުދާ އެތެރެކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އުވާލާފައެވެ.

ޔަމަނުގެ ވެރިރަށް ސަނާޔަމަންސައޫދީ އަރަބިއްޔާހޫޘީން

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފި

ޔަމަނުގެ ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފި

31 އޯގަސްޓު 2025
ޔަމަނުގެ ބޮޑުވަޒީރު އިސްރާއީލުން އަވަހާރަ ކޮށްލައިފި

ޔަމަނުގެ ބޮޑުވަޒީރު އިސްރާއީލުން އަވަހާރަ ކޮށްލައިފި

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު