Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާގެ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރު

ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރަކީ ކޮބާ؟ މިކަމުގައި ރަޝިއާގެ ސިޔާސަތަކީ ކޮބާ؟

ރަޝިޔާގެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގައި އެންމެ ފަހުގެ ނިންމުން ނިންމާ ފަރާތަކީ އެގައުމުގެ ރައީސް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 18:05
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

މިއަހަރުގެ މާރޗް މަހު، ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވަނީ އެގައުމުގެ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރު އަވައްޓެރި ބެލަރޫސްގައި ބަހައްޓަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. މިއީ "ނޮން-ޕްރޮލިފެރޭޝަން އޮފް ނިއުކްލިއަރ ވެޕަންސް" އެއްބަސްވުމާ ހިލާފުވާނެކަމެއް ނޫންކަންވެސް ޕުޓިން ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު އުފެދުނު ސުވާލުތަކަކީ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރަކީ ކޮބައިތޯއާއި މިކަމުގައި ރަޝިއާގެ ސިޔާސަތަކީ ކޮބައިތޯއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން، ނިއުކްލިއަރ ހަތިޔާރާ ގުޅުވައި ރަޝިއާގެ ރައީސް ދައްކަވަމުންދާ ވާހަކަފުޅުތަކުގެ ސަބަބުން އެމެރިކާއިން ވަނީ، މިހާރު ދުނިޔެއަށް ކުރިމަތިވެފައި މިވަނީ 1962 ވަނަ އަހަރުގެ ކިއުބަން މިސައިލް ކާރިސާއަށްވުރެ ނުރައްކާތެރި ކަމަކާ ކަމަށް ބުނަމުންނެވެ. ނަމަވެސް ރަޝިއާއިން ދަނީ އެގައުމުގެ ވާހަކަތައް ގޯސްކޮށް މާނަކޮށްފައިވާކަމަށް ބުނަމުންނެވެ.

ޔޫކްރެއިނާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން މިހާރު ކަންބޮޑުވުން ފާޅުކުރަމުން ދަނީ، ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމާގައި ރަޝިއާގެ ރައީސް ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެތީއެވެ. ރަޝިއާގެ ދިފާއުގައި މިފަދަ ކޮންމެ ހަތިޔާރެއްވެސް ބޭނުންކުރަން ތައްޔާރަށް ހުންނެވިކަމަށް ޕުޓިން ވިދާޅުވުމާއެކު ހުޅަނގުގެ ގައުމުތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރަކީ ކޮބައިކަމާ މެދު ކަމުގެ މާހިރުން ވަނީ ގިނަ އަހަރުތަކަކަށް ބަހުސްކޮށްފައެވެ. ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރަކީ ހަނގުރާމައިގެ މައިދާނުގައި ވަކި އުކުޅުވެރި ފައިދާތަކެއް ހޯދުމަށް ބޭނުންކުރާ ހަތިޔާރެވެ.

ރަޝިއާގައި މިވަގުތު ވަނީ މިފަދަ ކިތައް ހަތިޔާރުކަމެއް ސީދާ ބުނަން ދަތިވާނެއެވެ. މިއީ ފިނި ހަނގުރާމައިގެ ތެރޭގައި އުފެދިގެންދިޔަ ސިއްރުތަކުގެ ތެރޭގައި ހިމެނޭ ސިއްރެކެވެ.

އެމެރިކާ އަދި ނޭޓޯގެ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރާ އަޅައިބަލާއިރު، ރަޝިއާގެ މިފަދަ ހަތިޔާރުގެ އަދަދު އެތައް ގުނައެއް އިތުރެވެ. އެމެރިކާއިން ގަބޫލުކުރާގޮތުގައި މިވަގުތުވެސް ރަޝިއާގައި މިފަދަ، 2،000ށްވުރެ ގިނަ ހަތިޔާރު އެބަހުއްޓެވެ. މިއީ އެމެރިކާގެ ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރާ އަޅައިބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ.

މި ހަތިޔާރުތަކަކީ، އެއްގަމާއި ކަނޑު، އަދި ވައިގެ މަގުން މިސައިލާއި ޓޯރޕެޑޯސް އަދި ގްރެވެޓީ ބޮން ބޭނުންކޮށްގެން ހަމަލާދިނުމަށް ބޭނުންކުރެވޭނެ ތަކެއްޗެވެ. އަދި މިއީ އެއްތަނުން އަނެއްތަނަށް އުފުލުމަށްފަހު، ބޭނުން ތަނެއްގައި ގޮއްވައިލެވޭގޮތަށް އުފައްދާފައިވާ ތަކެއްޗެވެ.

އެމެރިކާއިން މިފަދަ 200އެއްހާ ހަތިޔާރު ގެންގުޅޭއިރު، އޭގެ ގިނަ ހަތިޔާރުތައް އެގައުމުން ބަހައްޓާފައި ވަނީ ޔޫރަޕްގެ އެކި ހިސާބުތަކުގައެވެ. އެގޮތުން، އިޓަލީ، ޖަރުމަނު، ތުރުކީ، ބެލްޖިއަމް އަދި ނެދަރލޭންޑްސްގައި އެމެރިކާގެ މިފަދަ ހަތިޔާރުތައް ވަނީ ބަހައްޓާފައެވެ.

1991 ވަނަ އަހަރު، ސޯވިއެޓް ޔޫނިއަނަށް ނިމުމެއް އައުމާއެކު، ސޯވިއެޓުން ޔޫކްރެއިން، ކަޒަކްސްތާން އަދި ބެލަރޫސްގައި ބަހައްޓާފައިވާ ނިއުކްލިއަރ ހަތިޔާރުތައް ވަނީ ރަޝިއާއާ ހަވާލުކުރެވިފައެވެ. ސޯވިއެޓުންގެ ހުރިހާ ނިއުކްލިއަރ ހަތިޔާރެއް ހުރީ ރަޝިއާގެ ބެލުމުގެ ދަށުގައެވެ. އެގައުމުގެ އަސްކަރިއްޔާގެ ހަތިޔާރުގެ ގޮތުގައެވެ.

1990ގެ އަހަރުތަކުގައި މިހުރިހާ ހަތިޔާރެއް ރަޝިއާއަށް ގެންދެވުނު ފަހުން މީގެ ކުރިން މި ހަތިޔާރުތައް އެހެން ގައުމެއްގައި ބެހެއްޓުމުގެ އެއްވެސް ވާހަކައެއް ރަޝިއާއިން ދައްކާފައެއް ނުވެއެވެ. ބެލަރޫސްގައި ނިއުކްލިއަރ ހަތިޔާރު ބަހައްޓަވަން ގަސްތުކުރައްވާކަމަށް ޕުޓިން ކުރެއްވި އިއުލާނަކީ ރަޝިއާއިން ކުރި މިފަދަ ފުރަތަމަ އިއުލާނެވެ.

ސޯވިއެޓް ޔޫނިއަނުން ސޮއިކުރި ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުއާހަދާގައި ވާގޮތުން؛ ނިއުކްލިއަރ ހަތިޔާރު ނުވަތަ ޓެކްނޮލޮޖީ، ނިއުކްލިއަރ ބާރެއް ނޫން ބާރަކަށް ނުގެންދެވޭނެއެވެ. ނަމަވެސް، އެހަތިޔާރުތައް އެގައުމުގެ ބާރު ހިނގާ އެހެން ސަރަހައްދުތަކަށް، ގެންދެވޭނެއެވެ. ޔޫރަޕްގައި އެމެރިކާގެ ނިއުކްލިއަރ ހަތިޔާރުތައް ބަހައްޓާފައި ވަނީ މިގޮތަށެވެ.

ރަޝިއާގެ ނިއުކްލިއަރ ޑޮކްޓްރިންގައިވާ ގޮތުން؛ ސްޓްރެޓީޖިކް އަދި ނޮން ސްޓްރެޓީޖިކް ގޮތުންވެސް، ރަޝިޔާގެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގައި އެންމެ ފަހުގެ ނިންމުން ނިންމަވާ ފަރާތަކީ އެގައުމުގެ ރައީސެވެ.

ރަޝިއާއިން ޓެކްޓިކަލް ނިއުކްލިއަރ ހަމަލާއެއް ދޭނަމަ، އެހަމަލާ ދިނުމުގެ ކުރިން ރަޝިއާގެ ސެކިއުރިޓީ ކައުންސިލާއެކު މަޝްވަރާކުރާނެކަމަށް ގިނަ މާހިރުން އިއްތިފާގުވެއެވެ. އަދި މިފަދަ ހަމަލާއެއް ދީފިނަމަ، ރަޝިއާގެ މުޅި އަސްކަރިއްޔާ އެލަރޓަށް އަންނާނެއެވެ.

ރަޝިއާވްލަޑިމިއަރ ޕުޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު