Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު ޤުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

ހުރިހާ ބައިވެރިން ވެސް ވަނީ ކިޔަވައިދެއްވި އުސްތާޒުންނާއި، އުސްތާޒާއިންނަށް ޝުކުރު ދަންނަވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އެޕްރީލު 2023 | ހުކުރު 17:29
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދިޔަ ހަތަރު ބައިވެރިން

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދިޔަ ހަތަރު ބައިވެރިން

ރަންތާޖު ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފިއެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރުގައި ވަނީ އޮޑިޝަނުގައި ބައިވެރިވި 111 ބައިވެރިންގެ ތެރެއިން 20 ބައިވެރިއަކު ހޮވައިގެން ބައިވެރިކޮށްފައެވެ. މުބާރާތް ފަށާފައިވަނީ 24 މާޗް 2023ވީ ހުކުރު ދުވަހުގެ ރެއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. ފެށުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ ކިޔެވުން އެ ރޭ ވަނީ ފަށާފައެވެ. 

07 މާޗް ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދީފައިވަނީ ރަންތާޖު ޤުރުއާން މުބާރާތުގެ ތިންވަނަ ޝޯއާއި ދެ ވަނަ އެލިމިނޭޝަނެވެ. މިރޭގެ އެލިމިނޭޝަން ރައުންޑުގައި 15 ބައިވެރިންގެ ތެރެއިން ހަތަރު ބައިވެރިއަކު މުބާރާތަށް ވަނީ އަލްވަދާއު ކިޔާފައެވެ.

މުބާރާތުން 15 ވަނައަށް ދިޔަ އިޖާޒަތު ހަމޫދާ އަބްދުﷲ ބުނެފައިވަނީ، އުފާވެރި ހަނދާންތަކެއް ކަމަށާއި، އަބަދުވެސް އެ ހަނދާންތައް ހުންނާނެ ކަމަށެވެ. އަދި މުބާރާތުން ގިނަ ކަންކަން ދަސްވެގެންދިޔަކަމަށެވެ. 14 ވަނައަށް ދިޔަ އާސިމާ އާދަމް ބުނެފައިވަނީ، ފުރަތަމަ ޤުރުއާން ކިޔަވައިދީފައިވަނީ މަންމަ ކަމަށާއި، މަންމައަށް ޚާއްޞަ ޝުކުރެއް ހައްގުކަމަށެވެ. 13 ވަނައަށް ދިޔަ ލިއުޝާ ހަސަން ބުނެފައިވަނީ މިއީ ލިބުނު ކުރިއެރުމެއް ކަަމަށާއި، މުބާރާތުގައި ކުރިއަށް ދިއުމަށް އާއިލާގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެންދިޔަ ކަމަށެވެ. އަދި 12 ވަނައަށް ދިޔަ އާއިޝަތު ޝަރުފާ ބުނެފައިވަނީ މުބާރާތަކަށް ވާތީ ވަކިވާންޖެހޭނެކަން އެނގޭކަމަށާއި، ދެން އަންނަ ފަހަރަކު މިފަހަރަށްވުރެ ބޮޑަށް މަސައްކަތްކޮށް، ތައްޔާރުވާނެ ކަމަށެވެ.

މުބާރާތުން އަލްވަދާއުކީ ހުރިހާ ބައިވެރިންވެސް ވަނީ ކިޔަވައިދެއްވި އުސްތާޒުންނާއި، އުސްތާޒާއިންނާއި، މަންމައާއި ބައްޕަ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

މުބާރާތުގެ ފުރަތަމަ އެލިމިނޭޝަންގައި 5 ބައިވެރިން ވަކިވެގެންދިޔައެވެ. އެއީ 20 ވަނައަށް ދިޔަ އާމިނަތު ލައިޝާ ސަލީމް، 19 ވަނައަށް ދިޔަ ރުސްދުމް ދާއޫދު، 18 ވަނައަށް ދިޔަ އިބްރާހީމް އައުސް، 17 ވަނައަށް ދިޔަ ޝިފާޒާ ނައީމް، އަދި 16 ވަނައަށް ދިޔަ ސުމާ ހުސައިނެވެ.

ހަ އެޕިސޯޑަށް ކުރިއަށް މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ތިން ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގެ ބައިވެރިންނަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެލިމިނޭޓްވެގެންދާ ފަރާތްތަކަށް ވެސް ގިނަ އިނާމުތަކެއް ލިބޭނެއެވެ.

16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ޤުރުއާންރަންތާޖު ޤުރުއާން މުބާރާތް

އިތުރަށް ކިޔާލަން

25 ޖޫން 2025

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި
16 މެއި 2025

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
03 ފެބުރުއަރީ 2025

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް
12 ޑިސެމްބަރު 2024

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

12 ޑިސެމްބަރު 2024
ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު