Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖޭޕީއާއެކު މަޝްވަރާކުރުމުގެ ދައުވަތު

ޖޭޕީން ފޮނުވި ސިޓީއާ މެދު ގޮތެއް ނިންމާނީ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު: އެމްޓީޑީ

އެމްޓީޑީގެ ފަރާތުން ބައިވެރިވާނެ މަންދޫބުންގެ މައުލޫމާތު ފޮނުވުމަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 16:19
އެމްޓީޑީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޓީޑީގެ ބައްދަލުވުމެއްގެ ތެރެއިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އަށް ފޮނުވި ސިޓީއާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް އެމްޓީޑީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ވަކިވަކި ފަރާތްތަކާއެކު މަޝްވަރާކޮށް، ގިނަ ބަޔެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތިން ގައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެންދިޔުމަށް މަގުފަހި ކުރުމަށްޓަކައި އެމްޓީޑީއާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. ވުމާއެކު ޖޭޕީއާއެކު މަޝްވަރާ ކުރަން ދައުވަތު އަރުވާ ކަމަށެވެ.

Advertisement - newsAdvertisement

މަޝްވަރާތަކުގައި އެމްޓީޑީގެ ފަރާތުން ބައިވެރިވާނެ މަންދޫބުންގެ މައުލޫމާތު ވީހާވެސް އަވަހަށް ޖޭޕީގެ ސެކްރެޓޭރިއަޓަށް ފޮނުވަންވެސް ވަނީ އެދިފައެވެ.

މިސިޓީއާ ގުޅޭގޮތުން ހުކުރު ދުވަހު އެމްޓީޑީން ބުނީ ކޯލިޝަން ހެދުމުގެ މަޝްވަރާ ފެށުމަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި މި ސިޓީ އާއި ގުޅިގެން އަމަލު ކުރާނެ ގޮތަކާއި މެދު ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އަދީބު ހުންނެވީ ގޭބަންދުގައެވެ.

ޖޭޕީއާއެކު މަޝްވަރާ ކުރަން އެމްޓީޑީއަށް ގާސިމް ދައުވަތު ފޮނުއްވާފައިވާއިރު އެ ޕާޓީން ވަނީ ކޯލިޝަން ހަދަން މަޝްވަރާ ކުރުމުގެ ދައުވަތު އެމްއެންޕީއާއި، އެމްއާރްއެމް، ޕީޕީއެމް އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދަށް މުނައްވަރަށް ފޮނުވާފައެވެ. މިދައުވަތާއި ގުޅިގެން އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމާއިރު އެހެން ހުރިހާ ފަރާތްތަކުން ވަނީ ޖޭޕީ އާއެކު ކޯލިޝަން ހަދަން ބޭނުންނުވާކަން ހާމަކޮށްފައެވެ.

އެމްއާރްއެމްއިން ވަނީ ޖޭޕީއާއެކު މަޝްވަރާ ކުރުމުގެ ދައުވަތު ގަބޫލުކޮށްފައެވެ. މިވަގުތު ޖޭޕީ އާއެކު މަސައްކަތްކުރަމުން އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެކަންޏެވެ.

ޖޭޕީއެމްޓީޑީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުންނަށް ހަމަލާ ދިނުން އެމްޓީޑީ އިން ކުށްވެރިކޮށްފި

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުންނަށް ހަމަލާ ދިނުން އެމްޓީޑީ އިން ކުށްވެރިކޮށްފި

31 އޯގަސްޓު 2024
ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް

ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް

21 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު