Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑްގެ ކުއްލި ނުރައްކާ އުވާލަނީ

ކޮވިޑްގެ ކުއްލި ނުރައްކާ އުވާލަނީ: ވައިރަހުގެ ޙަޤީޤަތާ ބެހޭ ބޮޑެތި ސުވާލުތަކެއް!

ކޮވިޑް-19އާ ގުޅިގެން އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު، މި އަހަރު ތެރޭގައި އުވާލުމަށް ޢުއްމީދު ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 12:16
ކޮވިޑްގެ ކުއްލި ނުރައްކާ

ކޮވިޑްގެ ކުއްލި ނުރައްކާ

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަކީ ކުއްލި ނުރައްކަލުގެ ދަރަޖާގައި ފެތުރިފައިވާ ޢާލަމީ ބަލިމަޑުކަމެއްގެ ގޮތުގައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައެޅި ފަހުން މިހާރު 3 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެދިޔައީއެވެ. ކޮވިޑް-19ގެ ތޫފާނީ އަނދިރިކަމާއި ގަދަ އޮއެވަރުން ސަލާމަތްވެ، ހިސާބަކަށް ހިންދެމިލެވިފައި އޮތެއް ކަމަކު، އޭރު ޑަބްލިއުއެޗްއޯއިން ކޮވިޑް-19އަށް ދިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިންޒާރު، އުވާލާފައެއް ނުވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އެޑަނޮމް ގެބްރިޔޭސޫސް، އޭޕްރިލް 6 ވަނަ ދުވަހު ދެއްވީ ތަފާތު މެސެޖެކެވެ. ޑރ. ޓެޑްރޯސް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު، މި އަހަރު ތެރޭގައި އުވާލުމަށް ޢުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނެ ގޮތުގެ ތާވަލެއް ނުވަތަ ތަފްސީލުތަކެއް، ޑރ. ޓެޑްރޯސް ނުދެއްވައެވެ.

އދގ ސިއްޙަތާ ބެހޭ ޔުނިޓްގެ ގޮތުގައި ހިންގާ ޑަބްލިއުއެޗްއޯއިން އަދިވެސް ބުނަމުން ދަނީ ކޮވިޑް-19 އަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ، އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ކަމަށެވެ. އަދިވެސް ނޭނގެނީ ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލެވެ.

ސުވިޓްޒަރލަންޑްގެ ވެރިރަށް ޖެނީވާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ، ކޮވިޑް-19 ޖައްސާ ވައިރަސް އުފެދިގެން އައި ކަމަށް ބުނާ ނަޒަރިއްޔާތަކުގެ ތެރެއިން އެއްވެސް ނަޒަރިއްޔާއެއް ނުވަތަ ދަޢުވާއެއް އަދި މިހާތަނަށް ބާޠިލު ކޮށްފައި ނުވާނެ ކަމަށެވެ. މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ. ޓެޑްރޯސް ވަނީ، ބައްޔާ ބެހޭ އިތުރު ތަފްސީލުތައް ފޯރުކޮށްދިނުމަށް ޗައިނާއަށް ގޮވާލާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނިގެން ރިޕޯޓް ކުރަން ފެށީ، ޗައިނާގެ ވޫހާން ސިޓީއިން ޑިސެމްބަރ 2019ގެ ފަހުކޮޅުގައެވެ. އޭރުވެސް ގިނަ ބަޔަކު ދިޔައީ، މި ބައްޔަކީ ދިރޭތަކެތީގެ ވިޔަފާރި ކުރާ ބާޒާރެއްގެ ތެރެއިން އިންސާނުންގެ ހަށިގަނޑަށް ވާރުތަވީ ބައްޔެއް ކަމަށް ވަކާލާތު ކުރަމުންނެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި، މިއަދާ ހިސާބަށް އާދެވުނުއިރު، މި ބަލީގައި 7 މިލިއަނެއްހާ މީހުންގެ ފުރާނަވަނީ ގެއްލިފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ކުރީކޮޅުގެ ބައެއް މަޢުލޫމާތު، ޗައިނާގެ ސައެންސްވެރިން ވަނީ ޑޭޓާބޭހަކަށް އަޕްލޯޑްކޮށްފައެވެ. ވައިރަހުގެ އަސްލާ ބެހޭ ބައެއް ވާހަކަތައް އޭގައި ހުރި ކަމަށް ބުނެވެއެވެ. އެފަދަ ބައެއް ވާހަކަތަކުގެ ތެރޭގައި، އިންސާނުންނާ ހިސާބަށް ކޮވިޑް-19ގެ ވައިރަސް ދަތުރު ކުރުމުގައި އިރުމަތީ އޭޝިއާ ސަރަޙައްދުން އާންމުކޮށް ފެންނަ ރެކޫން ޑޯގްގެ ދައުރެއް އޮތް ކަމަށްވެސް ހަވާލާދީފައި ވެއެވެ.

ކޮވިޑް-19ގެ ފަންނީ ކަންކަމުގައި ޑަބްލިއުއެޗްއޯގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާ ޑރ. މާރިއާ ވޭން ކަރްކޯފް ވިދާޅުވީ، ޗައިނާއިން އެންމެ ފަހުން ހިއްސާކުރި މަޢުލޫމާތުގެ އެހީގައި، ވައިރަހުގެ އަސްލާ ބެހޭ ކޮންމެވެސް ވަރެއްގެ "އިޝާރާތްތަކެއް" ލިބިފައި ވާ ކަމަށާ، ނަމަވެސް، ވައިރަހުގެ އަސްލަކީ ކޮބައިތޯ ކުރެވޭ ސުވާލަށް، ސީދާ ޖަވާބެއް ނުލިބޭ ކަމަށެވެ.

ޑރ. މާރިއާ ވޭން ކަރްކޯފް ވިދާޅުވީ، ސައެންސްވެރިންނާ ގުޅިގެން ޑަބްލިއުއެޗްއޯއިން މިހާރު މަސައްކަތް ކުރަމުންދަނީ، 2019 ވަނަ އަހަރު އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19ގެ ކޭސްތަކާ ބެހޭ އިތުރު މަޢުލުމާތު ހޯދުމަށް ކަމަށެވެ. އެގޮތުން، އެމީހުން އުޅުނު ތަންތަނާ ބެހޭ މަޢުލުމާތު ފަދަ ހެކިތައް ލިބޭތޯ  މަސައްކަތް ކުރަމުންދާކަން، ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، ކޮންމެހެން ހަދަން ޖެހޭ މުހިންމު ދިރާސާތަކެއް ޗައިނާއިން ކުރިއަށް ގެންދިޔަކަން ނުވަތަ ނޫންކަން އެނގިވަޑައިނުގަންނަވާކަމަށްވެސް  ޑރ. މާރިއާ ވޭން ކަރްކޯފް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންމަތިވެގެން އައީ ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް ބާޒާރަކުންނެވެ.

ކޮވިޑް-19ގެ އަސްލަކީ ޗައިނާ ކަމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ ދަޢުވާތަކަށް ޗައިނާއިން ތަކުރާރުކޮށް އިންކާރު ކުރެއެވެ. ޗައިނާއަކީ ކޮވިޑް-19ގެ އަސްލު ކަމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރަނީ، ޗައިނާގެ ބައިނަލްއަޤުވާމީ ޢަދުއްވުގެ މަޤާމުގައި އޮތް އެމެރިކާއިން ކަމަށް ވާ އިރު، ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ހިންގާ ތަޙްޤީޤުތައް ސިޔާސީ ކުރާ ކަމަށްވެސް ޗައިނާއިން ތުހުމަތު ކުރެއެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ހިންގާ ތަޙުޤީގުތައް ސިޔާސީ ކުރުމުގެ ސަބަބުން އަސަރު ފޯރާނީ، ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދުނިޔޭގެ ފެންވަރުގައި އޮތް ސިޔާދީ އެއްބައެއްވަންތަކަމަށް ކަން ޗައިނާއިން ފާހަގަ ކުރެއެވެ.

ކޮވިޑް-19 ޖެހުމަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން ވަނީ ތަހުޤީޤު ޓީމު އެކުލަވާލައިގެން ޗައިނާގައި ދިރާސާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، އެ ދިރާސާތަކުންވެސް ވަކި ކޮޅެއްގައި ޖެހޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

ކޮވިޑް-19ޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު