Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން

އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން: ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާ، 19 ޤަރާރެއް ކޯ-ސްޕޮންސާ ކުރި

މިނިސްޓަރު ޝާހިދު ވަނީ މިސެޝަނުގެ ހަވާސާގައި ބޭއްވުނު މަތީފެންވަރުގެ 2 އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އެޕްރީލު 2023 | ހުކުރު 02:45
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެކުވެރި ދައުލަތްތަކުގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ނިމިއްޖެ އެވެ.

މިސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޙަރަކާތްތެރިކަމާއެކު ބައިވެރިވެފައެވެ.

ނިމިގެންދިޔަ ސެޝަނުގައި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ވަނީ 43 ޤަރާރެއް ފާސްކޮށް އިންސާނީ ޙައްޤުތަކާބެހޭ ތަފާތު މައްސަލަތަކާއި ވަކިވަކި ޤައުމުތަކުގެ ކަންކަމާ ގުޅުންހުރި 19 މެންޑޭޓެއްގެ މުއްދަތު އިތުރުކޮށް ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓު ހޯލްޑަރުންގެ ގޮތުގައި 10 ބޭފުޅަކު އައްޔަނުކޮށްފަ އެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52ވަނަ ސެޝަނުގެ މަތީ ފެންވަރުގެ ބައިގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ 27 ފެބުރުއަރީގައި އެމަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ. މިނިސްޓަރު ޝާހިދުގެ ތަޤުރީރުގައި ވަނީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. މީގެއިތުރުން މިނިސްޓަރު ޝާހިދު ވަނީ މިސެޝަނުގެ ހަވާސާގައި ބޭއްވުނު މަތީފެންވަރުގެ 2 އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ތަފާތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ވަފުދުން ވަނީ މިސެޝަނުގައި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ބަހުސްކުރާ ތަފާތު މައުޟޫތަކަށް ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާފައެވެ. ހަމައެއާއެކު ރާއްޖެއިން ވަނީ 19 ޤަރާރެއް ވެސް ކޯ-ސްޕޮންސާ ކޮށްފައެވެ. މީގެތެރޭގައި މައިނޯރިޓީންނަށް ކުރިމަތިވާ މައްސަލަތަކާ ގުޅޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އައުކުރުމާ ގުޅޭ ޤަރާރާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމާއި ކުރިއެރުވުމާ ގުޅޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އައުކުރުމާ ގުޅޭ ޤަރާރާއި އިންސާނީ ޙައްޤުތައް ދިފާއުކުރާ ފަރާތްތަކާގުޅޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އައުކުރުމާ ގުޅޭ ޤަރާރު ހިމެނެއެވެ. ހަމައެއާއެކު ރާއްޖެއިން ވަނީ ކާބޯތަކެއްޗާ ގުޅޭ ޙައްޤާއި އާއްމު ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމާ ގުޅޭ ޙައްޤާއި ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަމާ ގުޅޭ ޙައްޤާއި އެހެނިހެން މައުޟޫތަކާ ގުޅޭ ޤަރާރުތައް ވެސް ކޯ-ސްޕޮންސާ ކޮށްފަ އެވެ.

މީގެއިތުރުން ރާއްޖެއިން ވަނީ ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓާ ގުޅޭ އިންސާނީ ޙައްޤުގެ ދަށުން ޤަރާރެއް ޑްރާފްޓް ކުރި ތަފާތު ސަރަޙައްދުތަކުގެ ޤައުމުތަކުގެ މައްޗަށް އެކުލެވިފައިވާ ކޯ-ގްރޫޕުގައި ވެސް ބައިވެރިވެފައެވެ. މިޤަރާރުގެ މައިގަނޑު މަޤްސަދަކީ ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓާ ގުޅޭ އިންސާނީ ޙައްޤު ރައްކާތެރިކުރުމުގައި ވިޔަފާރިތަކުގެ ޒިންމާ އޮތް މިންވަރާ ގުޅޭގޮތުން ކަމާބެހޭ މާހިރުންގެ ބައްދަލުވުމެއް 2023ވަނަ އަހަރު ނިމުމުގެ ކުރިން ބޭއްވުމަށް ސްޕެޝަލް ރެޕަޓުއާއަށް އެންގުމެވެ. މިޤަރާރު ފާސްކޮށްފައިވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ އިއްތިފާޤުންނެވެ. އަދި މިޤަރާރު ފާސްކުރުމާ ހަމައަށް 60 ޤައުމަކުން ވަނީ ޤަރާރަށް ތާއީދުކޮށް ޤަރާރު ކޯ-ސްޕޮންސާ ކޮށްފައެވެ.

މިސެޝަންގައި ރާއްޖެއިން ވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި އިއްވުނު 33 ގުޅިފައިވާ ބަޔާނެއްގައި ވެސް ބައިވެރިވެފައެވެ. މީގެތެރޭގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ނޮން-އެލައިންޑް މޫވްމަންޓްގެ ބަޔާންތައް ހިމެނެއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން "ހައި-ލެވެލް ޕެނަލް ޑިސްކަޝަން އޮން ވޮލަންޓަރީ ފަންޑްސް ފޯ ޔޫޕީއާރު" ގައި ރާއްޖެއިން ވަނީ ބަޔާނެއް އިއްވާފައެވެ. މިބަޔާނުގައި ރާއްޖެއިން ވަނީ ޔޫޕީއާރު ނިޒާމުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޔޫޕީއާރު ވޮލަންޓަރީ ފަންޑަށް މެންބަރު ޤައުމުތަކުން އެހީވުމަށް ގޮވާލާފައެވެ. ހަމައެއާއެކު ރާއްޖެއިން ވަނީ މިސެޝަނުގެ ހަވާސާގައި ބޭއްވުނު 5 އިވެންޓެއް ކޯ-ސްޕޮންސާ ކޮށްފައެވެ. މީގެތެރޭގައި ޓޯޗަރއާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ އިވެންޓަކާއި މިންތި އާއި މޫސުމީ ބަދަލުތަކާ ގުޅޭ އިވެންޓަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އައު ޙައްލުތަކެއް ހޯދުމާ ގުޅޭ އިވެންޓަކާއި އިންސާނީ ޙައްޤުތަކާއި ތިމާވެއްޓާ ގުޅޭ ސްޕެޝަލް ރެޕަޓުއާގެ ރިޕޯޓު "ވިމެން އެންޑް ގަރލްސް އެންޑް ދަ ރައިޓް ޓު އަ ކްލީން، ހެލްތީ، އެންޑް ސަސްޓެއިނަބަލް އެންވަޔަރަންމަންޓް" އާ ގުޅޭ އިވެންޓަކާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ މައްސަލަތައް ދައުލަތްތަކުން އިސްވެ ތިބެ ތަހުގީގު ކުރުމުގައި އަނިޔާ ލިބުނު ފަރާތްތަކަށް އިސްކަން ދިނުމާ ގުޅޭ އިވެންޓެއް ހިމެނެއެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52ވަނަ ސެޝަނުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އަދި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އާސިމް އަޙުމަދު އެވެ. މިމަޖިލީހުގައި އޭޝިއާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރައްވާ ނައިބު ރައީސްގެ ހައިސިއްޔަތުން އެމްބެސެޑަރ އާސިމް ވަނީ މަޖިލީހުގެ ތަފާތު ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.

ހިއުމަން ރައިޓްސް ވޮޗްފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުއެކުވެރި ދައުލަތްތައް (އ.ދ.)

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
30 އޯގަސްޓު 2025

ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާ މައްސަލަ ބައިނަލް އަގްވާމީ ސަމާލު ކަމަށް

30 އޯގަސްޓު 2025
ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާ މައްސަލަ ބައިނަލް އަގްވާމީ ސަމާލު ކަމަށް
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
08 ޖޫން 2024

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
21 މެއި 2024

ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ

21 މެއި 2024
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
03 މެއި 2024

ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ

03 މެއި 2024
ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު