Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް

އަމީނީ މަގުގެ ސެގްމަންޓް 5، 6 އަދި 7ގެ މަސައްކަތްކުރުމަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

ރެހެންދި ހިނގުން، ސިއްތިމާވާ ހިނގުން، އަދި ތަބުރޭޒީ މަގަށް ހަތަރު ފުރޮޅީ އުޅަނދު ވަނުން މަނާވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އެޕްރީލު 2023 | ބުރާސްފަތި 11:26
އަމީނީ މަގުގެ ޓްރެފިކަށް އައި ބަދަލުތައް

އަމީނީ މަގުގެ ޓްރެފިކަށް އައި ބަދަލުތައް

އަމީނީ މަގު ސެގްމަންޓް 5, 6 އަދި 7 ގެ މަސައްކަތަށް، އަމީނީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.

ފުލުހުން ބުނީ އެޕްރީލް 8 ވަނަ ދުވަހުން ފެށިގެން, އަމީނީ މަގު މިހާރު ބަންދުކުރެވިފައިވާ ސަރަހައްދުން ފެށިގެން އަމީނީ މަގާއި ރަށްދެބައި ހިނގުން ގުޅުނު ކަންމައްޗާ ހަމައަށް ބަންދުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރެހެންދި ހިނގުން، ސިއްތިމާވާ ހިނގުން، އަދި ތަބުރޭޒީ މަގަށް ހަތަރު ފުރޮޅީ އުޅަނދު ވަނުން މަނާވާނެ ކަމަށެވެ.

މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. ވިއްސާރަ މޫސުންތަކުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ އަމީނީ މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ އަށްޑިހަ ތިން ލާރިއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިގެންދާއިރު، މަގުގެ ފެން ހިންދާ ނިޒާމް ޑިޒައިން ކުރެވިގެންދާނީ، އަމީނީމަގުގެ ދެފަރާތުންވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާގޮތަށެވެ. އަދި ޑިޒައިންނަށް ރިއާޔަތްކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބެހެއްޓޭނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްޞަ ޑީވޯޓަރިންގ ނެޓްވޯކް އެޅިގެންދާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ. އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތައް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް، ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުމާއި ވީލްޗެއަރ އެކްސެސް ގާއިމްކޮށް، ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޓް ކުރެވޭނެއެވެ. ހަމަ އެއާއެކު ސްޓޭކް ހޯލްޑަރުން ކޭބަލްތައް އެޅުމަށްޓަކައި މަގުގެ ދެފަޅީގައި ކޭބަލްޓްރޭ އެޅުމާއެކު، އެޗްވީ ކޭބަލަށް ޚާއްޞަކޮށްގެން ޖަންގްޝަންތަކެއް ބެހެއްޓިގެންދާނެއެވެ.

އާރްޑީސީން ބުނީ އަމީނީ މަގު ތަރައްގީކުރެވިގެންދާނީ ތިމާވެއްޓަށް ޚާއްޞަ ސަމާލުކަމެއް ދީގެންކަމަށާއި، އަމީނީމަގު އިތުރަށް ފެހިކުރުމަށްޓަކައި ޓްރީ ޕޮޓް ބެހެއްޓޭނެ ކަމަށެވެ. އަދި ކޮންމެހެން ނަގަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އަމީނީމަގުގައި ހުރި ގަސްތައް ނުކަނޑާނެކަމަށާއި، އެގޮތަށް ގަހެއް ކެނޑިޔަސް އޭގެ ބަދަލުގައި އިތުރު ގަހެއް އިންދާނެ ކަމަށް އާރްޑީސީން ބުންޏެވެ. އަމީނީ މަގު ނިމިގެން ދާއިރު، މަގުގައި ބަސް ހުއްޓިތަކާއި ޕާކިންޒޯންތައް ހެދުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކޮށް ބަމްޕަރުތައް ހަދާނެއެވެ. މަގުގެ ދެފަޅީގައި މަގު ބައްތިތައް ހަރުކުރުމުގެ އިތުރުން މި މަޝްރޫއުގައި 14،141 އަކަމީޓަރުގައި ތާރުވެސް އަޅާނެއެވެ.

އަމީނީ މަގުއަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު