Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރަނި މަތިވުނަ

ދަރަނި ނަގަނީ ޕްލޭންކޮށްގެން، މަތިވާނެކަމަށް އަންދާޒާކުރެވުނު: ސަރުކާރު

6 އެޕްރީލު 2023 | ބުރާސްފަތި 08:15

ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 އެޕްރީލު 2023 | ބުރާސްފަތި 08:15
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ ދަރަނި އިތުރުވާނެކަމަސް ކުރިންވެސް އަންދާޒާކުރެވިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިމަހުގެ 4 ވަނަ ދުވަހު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، "އެކްސްޕެންޑިން އޮޕޮޗުނިޓީސް: ޓުވާޑްސް އިންކްލޫސިވް ގްރޯތު"ރިޕޯޓުގައި ވާގޮތުން ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.

Advertisement - newsAdvertisement

ބުރާސްފަތު ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން "ރާއްޖެޓީވީ"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ދަރަނި އިތުރުވާނެކަމަށް ކުރިންވެސް އަންދާޒާކޮށްފައިވާކަމަށެވެ. ދަރަނި ނަގަނީ ޕްލޭންކޮށްގެން ކަމަށާއި، ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ދެން ވާނެ ގޮތް އެނގި ތިބެގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

މި އަހަރު އިންފްލޭޝަން 5.7 އިންސައްތައަށް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. މައިގަނޑު ސަބަބަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ރޭޓްތައް ބޮޑުވުން ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. މިކަމާ ގުޅޭގޮތުން މިއުވާން ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމުން 2.5 އިންސައްތައަށް އަގުތައް މަތިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ތަކެތީގެ އަގުތައް ކުޑަ ކަމަށާއި، އަދި މިގޮތުގައި ހިފެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ސަރުކާރުގެ އުފެއްދުންތެރިކަން އަންދާޒާކޮށްފައި އެވަނީ 7.6 އިންސައްތައިގައި ކަމަށެވެ. މިއަހަރުވެސް އަންދާޒާކުރި އަދަދުގައި އުފެއްދުންތެރިކަން ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަން ކުރިއަރަމުން އަންނަ އަދަދުތަކަށް ބަލައި އިގްތިސާދު ހިފަހައްޓާލެވޭނެކަމަށް މިއުވާން ވިދާޅުވިއެވެ. މިއަހަރު ބަޖެޓު އެކުލަވާލިއިރު ޗައިނާ ފަތުރުވެރިން އަންނަން ފެށުމުން އިތުރުވާނެ ބައި ހިމަނާފައި ނުވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. މިހާތަނަށް 8 ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިން ކަމަށާއި، މި އަދަދުތަކާ އެއްކޮށް އިގްތިސާދު ހިފެހެއްޓޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މި ކަންކަމާ ގުޅިގެން ކުރިއަށްއޮތްތަނުގައި ވިސްނަންޖެހޭ ކަންކަންވެސް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާކަމަށާއި، އެކަންކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

ވޯލްޑް ބޭންކް ރިޕޯޓުގައި ވަނީ މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. އިގްތިސާދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ހަރަދުކުރެވޭނެ ނިޒާމެއް ބޭނުންވާކަމަވެސް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ. ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް ޚާއްސަކަމެއް ދިނުމަށްވެސް ބޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުފިނޭންސް މިނިސްޓްރީވޯލްޑް ބޭންކް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ
23 އޮކްޓޯބަރު 2025

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

23 އޮކްޓޯބަރު 2025
ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި
18 އޮކްޓޯބަރު 2025

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި
13 އޮކްޓޯބަރު 2025

ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި

13 އޮކްޓޯބަރު 2025
ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި
10 އޮކްޓޯބަރު 2025

ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި

10 އޮކްޓޯބަރު 2025
ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް