Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދަނޑުވެރިންގެ ސަބްސިޑީ

ދަނޑުވެރިންގެ ސަބްސިޑީ އިއާދަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

ދަނޑުވެރިންނަށް މި ސަރުކާރުގައި ފައިދާ ނުވާ ކަމަށް ޝިޔާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 10:25
ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން

ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން

ދަނޑުވެރިންގެ ސަބްސިޑީ އިއާދަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާފައިވާ އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފަށާފައި ވަނީ ބުދަ ދުވަހުއެވެ. އެ ގަރާރަކީ 2008 ވަނަ އަހަރު އުފެދުނު އެމް.ޑީޕގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދޫކުރުންފެށި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަ ކުރުމަށް 2018 ވަނަ އަހަރު ރިޔާސީ ކެމްޕެއިންގައި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދުގެ ޒައީސުލްޖުމްހޫރިއްޔާ އިބްރާހީމްމުޙއްމަދު ސާލިޙް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިދެއްވުމަށް ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރެކެވެ.

Advertisement - newsAdvertisement

އެ ގަރާރުގައި ބުނެފައި ވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިކަމުގައި ބޭނުންކުރާ އާލާތްތައް ގަތުމަށް ސީދާ ދަނޑުވެރި މީހާގެ އަތަށް ލިބުނު ސަބްސިޑީގެ ސަބަބުން އެކި ހިސާބުތަކުގެ ގޭބިސީތަކުގެ އާއްމު ހާލަތު ރަނގަޅުވި ކަމަށެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެ ރާއްޖޭގެ އެކިއެކި ރަށްރަށުން ދަނޑުވެރިކަމަށް މީހުން ނުކުތް ކަމަށް ބުނެފައިވެއެވެ. އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ދަނޑުވެރިކަމަށް އޭރު ގިނަ އަންހެނުން ވެސް ނުކުތް ކަމަށެވެ. ނަމަވެސް އޭރުގެ ވެރިކަން ބަދަލުވުމުން ސަބްސިޑީ ދިނުން ހުއްޓާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ތޮއްޑޫގައި ރައީސް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި އެ ސަބްސިޑީ އަލުން ދޭނެ ކަމަށް ވިދާޅުވެފައިވާ ކަަމަށް ވެސް ޝިޔާންގެ ގަރާރުގައިވެއެވެ. އޭނާ ވިދާޅުވީ ދަނޑުވެރިންނަށް މި ސަރުކާރުގައި ފައިދާ ނުވާ ކަމަށާއި ދުވަހެއް ދުވަހަކަށް ދަނޑުވެރިކަން ދަނީ ދަށަށް ކަމަށެވެ. އަދި ސަރުކާރުން ދަނޑުވެރިކަމާއި މެދު ގެންގުޅޭ ސިޔާސަތުތަކަށް އެ ގަރާރުގައި ވަނީ ފާޑުކިޔާފައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު