Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙައްޖަށް މީހުން ގެންދިއުން

ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުން ޙައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފި

ޙައްޖު ޕްރޮޕޯޒަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެކަމަށް ބުނެފައިވާ އަސާސީކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުޞަތު ނެތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 13:27
ދިވެހި ހައްޖާޖީން މިނާގައި

ދިވެހި ހައްޖާޖީން މިނާގައި

1444 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ޙައްޖަށް ގެންދިޔުމަށް ހުޅުވާލުމާ ގުޅިގެން، އެކަމުގެ ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ބިޑުތަކުގައި ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުން އަލުން އެކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިނިސްޓްރީއަށް ހުށަހަޅާފައިވާ ބިޑުތަކުގައި ޙައްޖުގެ އަޅުކަމުގެ ޚިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވުމާއި، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާއިބެހޭ އުސޫލާއި މަޢުލޫމާތު ކަރުދާހުގައި، ޙައްޖު ޕްރޮޕޯޒަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެކަމަށް ބުނެފައިވާ އަސާސީކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުޞަތު ނެތްކަމަށެވެ. އަދި މިޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާޠިލްކޮށް ދިނުން ކަމަށް މިނިސްޓްރީން ދެކޭކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން 27 ފެބުރުވަރީ ގައި ކުރި އިޢުލާނާ ގުޅިގެން ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާޠިލްކޮށް، އެ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ކުންފުނިތަކަށް އަލުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށް އެމިނިސްޓްރީ އިން ބުނެފައި ވެއެވެ. އަދި ކުރީގައި ކުރި އިޢުލާނާ ގުޅިގެން ޙައްޖަށް ގެންދިޔުމަށް ހުށަހަޅާފައިވާ އަގު ފިޔަވާ ބިޑު އިވެލުއޭޝަން ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ބިޑު ހުށަހެޅޭނީ -/75000 (ހަތްދިހަ ފަސްހާސް ރުފިޔާ) އާއި -/95000 (ނުވަދިހަ ފަސްހާސް ރުފިޔާ) އާ ދެމެދުގެ އަގަކަށެވެ. އަދި ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 13 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 06 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅާ ހުރިހާ ފަރާތްކެއްގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ.

ޙައްޖުގެ އަޅުކަންއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު