Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޕީޖީ ގްރޫޕް

ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތް ކުރާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން ކޮމިޓީތަކުން ވަކިކުރަން ހުށަހަޅައިފި

އެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ)ގެ 2ގައި ވާގޮތުގެ މަތިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 އެޕްރީލު 2023 | އަންގާރަ 08:05
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ޕާލިމަންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ފަރާތްތައް ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމާމެދު އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޝްވަރާކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ)ގެ 2ގައި ވާގޮތުގެ މަތިން އެ މެންބަރުން ކޮމިޓީތަކުން ވަކިކުރުމާމެދު މަޝްވަރާކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދައިރާގެ މެންބަރު މުހައްމަދު އަސްލަމަށް އެޑްރެސްކޮށް، 21 މާރޗްގައި ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ސަރުކާރަށް އެއްބާރުލުން ދޭން ވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ގަވާއިދުގައި ވެސް ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީ ޕީޖީ ގްރޫޕްގެ ވަކި މެންބަރުންތަކެއް ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކަށް ހާޒިރު ނުވުމާއި، ސަރުކާރާއި ދެކޮޅަށް މަޖިލީހަށް ގަރާރުތަކާއި މައްސަލަތައް ހުށަހަޅާ، އެ ބޭފުޅުން ތިއްބަވާ ކޮމިޓީތަކުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާކަމަށް އެ ސިޓީގައިވެއެވެ. އަދި އެފަދަ އަމަލުތައް ކުރަމުންދާ ބައެއް މެންބަރުންނަކީ އެމްޑީޕީގެ ސްލޮތްގައި ކޮމިޓީތަކުގެ މުގައްރިރުކަން ކުރައްވާ ބޭފުޅުންކަން މުޣުނީގެ އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެ ސިޓީގައި މުޣުނީ އިތުރަށް ވިދާޅުވެފައި ވަނީ އެފަދަ މަޤާމުތަކުގައި ތިއްބަވައިގެން ސަރުކާރާއި އެމްޑީޕީ އަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ހިނދު، އެ ބޭފުޅުން އެ މަޤާމުތަކުގައި ބޭތިއްބުމަކީ އެމްޑީޕީގެ ސަރުކާރަށާއި، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ސިޔާސީ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމެއް ކަމަށެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ޕީޖީ ގްރޫޕެއް އުފައްދައިގެން މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮމިޓީތަކުގައި މަސައްކަތް ކުރާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ބޭފުޅުން މަޤާމުން ވަކި ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް މުޣުނީ ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު