Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

"ޕީއެސްޖީ އަކީ ފުޓުބޯޅަ ކުލަބެއް ނޫން، މެސީއާ ދިމާކޮށްލުމަކީ ފުޓުބޯޅަ އަށް ކުރެވޭ މަލާމާތެއް!"

އޭނާ ބުނީ ޕީއެސްޖީގެ ސަޕޯޓަރުން މެސީއާ ދިމާކޮށްލާއިރު، މެސީ ހުރީ އެންމެ ރަނގަޅަށް ކުޅެވޭ ޙާލަތެއްގައިތޯ ބެލުމަކީ ޕީއެސްޖީގެ އެހެން ކުޅުންތެރިންގެ ޒިންމާއެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 20:19
ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ފްރާންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ދިމާކޮށްލުމަކީ ފުޓުބޯޅަ އަށް ކުރެވޭ "މަލާމާތެއް" ކަމަށް ފްރާންސްގެ ކުރީގެ ޑިފެންސިވް މިޑްފީލްޑަރު އެމަނުއެލް ޕެޓިޓް ބުނެފި އެވެ.

ޕެޓިޓް މިހެން ބުނީ ފްރާންސް ލީގުގައި ޕީއެސްޖީން އެންމެ ފަހުން ލިއޯން އަތުން ބަލިވި މެޗުގައި އެ ޓީމުގެ ސަޕޯޓަރުން މެސީއާ ދިމާކޮށްލުމާއެކު އެވެ. ލިއޯން އަތުން ޕީއެސްޖީ ބަލިވި މެޗުގައި ފްރާންސްގެ ސަޕޯޓަރުން މެސީއާ ދިމާކޮށްލާފައި ވަނީ އޭނާ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރާނެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އަނެއްކޮޅުން މެސީ ހޯދުމުގެ މަސައްކަތް އޭނާގެ ކުރީގެ ކުލަބު، ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން އަންނައިރު މެސީ އެކުލަބަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރެމުން އަންނަ ވަގުތެއްގަ އެވެ. ލިއޯންއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގެ ފުރަތަމަ ކުޅެން ނުކުންނަ 11 ކުޅުންތެރިން ނަން ގޮވި ވަގުތު، މެސީގެ ނަން ގޮވުމާއެކު ވެސް ސަޕޯޓަރުން ވަނީ އޭނާއާ ދިމާކޮށްލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕެޓިޓް ބުނީ، ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސްގައި ކުޅުނު އެ މެޗު ބަލަން އޭނާ ވެސް ދަނޑުގައި އިން ކަމަށެވެ. އަދި މެޗުގެ ކުރިންނާއި މެޗު ކުޅެމުން ދިޔަ ވަގުތުގައި ވެސް ޕީއެސްޖީގެ ސަޕޯޓަރުން މެސީއާ ދިމާކޮށްލި އަޑު އޭނާ އަށް ވެސް އިވުނު ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގެ ސަޕޯޓަރުން މެސީއާ ދިމާކޮށްލާއިރު، މެސީ ހުރީ އެންމެ ރަނގަޅަށް ކުޅެވޭ ޙާލަތެއްގައިތޯ ބެލުމަކީ ޕީއެސްޖީގެ އެހެން ކުޅުންތެރިންގެ ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން އޭނާ ދެކޭ ގޮތުގައި މެސީއާ ދިމާކޮށްލުމަކީ ފުޓުބޯޅަައަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

މީގެ އިތުރުން ޕެޓިޓް ބުނީ، އޭނާ މެސީ އަށް ދޭން ބޭނުންވާ ނަސޭހަތަކީ ޕީއެސްޖީ ދޫކޮށްލުމަށެވެ. އެގޮތުން މެސީ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަން ޕީއެސްޖީގެ ސަޕޯޓަރުންނަށް ވެސް، އަދި ކުޅުންތެރިޔަކަށް ވެސް އޮޅިގެން ނުވާނެ ކަމަށެވެ. އަދި ޕީއެސްޖީ އަކީ ފުޓުބޯޅަ ކުލަބެއް ނޫން ކަމަށާއި، އެއީ ކުޅުމުން ރިޓަޔާވާން ބޭނުންވާ ކުޅުންތެރިން އަންނަ ކުލަބެއް ކަމަށް ފާހަގަ ކުރަމުން އޭނާ ބުނީ، ޕީއެސްޖީގައި ހުންނަ އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ އަށް ވެސް އެކަން އޮންނާނީ އެގޮތުގައި ކަމަށެވެ. އަދި ޕީއެސްޖީގައި އެއްވެސް ކުޅުންތެރިޔަކަށް ކުރިއެރުމެއް ލިބިފައި ނުވާނެ ކަމަށާއި، އެ ޓީމުގެ މައްސަލަ އަކީ މެސީ ނޫން ކަމަށް އަދި މެސީ އަކީ ފުޓުބޯޅައިގައި "ޖާދޫ" ހަދަމުން އަންނަ ކުޅުންތެރިޔެއް ކަމަށާއި، މެސީ ވަށައިގެން ތިބޭ ކުޅުންތެރިން ވެސް ކޮންމެ ވެސް ވަރަކަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޕެޓިޓް ބުންޏެވެ.

ޕެޓިޓް ބުނީ މެސީ ވަށައިގެން ކުޅެން ރަނގަޅު ސްކޮޑެއް ބޭނުންވާކަން ޕީއެސްޖީގެ ސަޕޯޓަރުންނަށް ނޭނގޭ ކަމަށެވެ. އަދި އެއީ ޕީއެސްޖީގައި ނެތް އެއްޗެއް ކަމަށާއި، އަދި އޭނާ އަށް ފެންނަ ތަނުގައި އެއީ ނުވެސް ހޯދޭނެ އެއްޗެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޕެޓިޓް ބުނީ ޕީއެސްޖީގެ ވެރިންނަށް ޓްރާންސްފާތަކުގައި ރަނގަޅު ގޮތް ނޭންގުން ކަމަށެވެ. ޕެޓިޓް މިހެން ބުނެފައިވާއިރު، މެސީއާ ދިމާކޮށްލުމާއެކު ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުން މިއަހަރު ހަމަވާނެ އެވެ. އެހެންކަމުން ޕީއެސްޖީން އަންނަނީ މެސީގެ އެއްބަސްވުން އައު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު