Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނި ރައްކާތެރިކަމާއެކު ޕެކްކުރުން

ކުނި ރައްކާތެރިކަމާއެކު ޕެކް ކުރުމަކީ ގޭބިސީތަކުގެ ޒިންމާއެއް: ވެމްކޯ

މިމައްސަލަ ހައްލު ކުރުމުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 07:23
ސޯސަން މަގުގެ ކަންމަތީގައި ބަހައްޓާފައި ހުރި ކުނިކޮތަޅުތަކެއް

ސޯސަން މަގުގެ ކަންމަތީގައި ބަހައްޓާފައި ހުރި ކުނިކޮތަޅުތަކެއް

ގޭބިސީތަކުން ނެރޭ ކުނިކޮތަޅު ރަނގަޅަށް ޕެކް ނުކުރާ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ރައްކާތެރިކަމާއެކު ކުނި އުފުލޭ ގޮތަށް އެ އިންތިޒާމް ހަމަޖެއްސުމަކީ ގޭބިސީތަކުގެ ޒިންމާއެއް ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ކުނި ރައްކާތެރިކަމާއެކު ކޮތަޅުތަކުގައި ބަންދުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިހާރު އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ ސިޑި މައްޗަށް ކުނި އަދި އޭގެ ދިޔަ ފައިބާފައި ހުންނަ ކަމުގެ ޝަކުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަ ހައްލު ކުރުމުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

ސިރާޖު ވިދާޅުވީ ކުނި ކޮތަޅު ރަނގަޅަށް ޕެކް ކުރުމަށްފަހު ނެރޭނަމަ މިމައްސަލަ ކުރިމަތިނުވާނެ ކަމަށެވެ. ވެމްކޯގެ މުއައްޒަފުންނަށް އެރައްކާތެރިކަމާއެކު އުފުލޭނެ އިންތިޒާމް ހަމަޖެއްސުމަކީ ކުނި އުފައްދާ ފަރާތުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުނިނެގުމަށް ބައެއް ގޭބިސީތަކަށްދާ ވަގުތު ގެއަށް ނުވަދެވޭ މައްސަލައަށް އިޝާރާތް ކުރައްވައި ސިރާޖު ވިދާޅުވީ ގޭގައި މީހުން ނޫޅުނު ނަމަވެސް ކުނި ނެރެވޭނެ އިންތިޒާމް ހަމަޖައްސާފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެވަގުތު އެގެއަކުން ކުނި ނުނެރެވޭނަމަ ގެއްލިގެންދަނީ ވަރަށް އަގުހުރި ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ކުނި މަގު މައްޗަށް ބޭލުމާއި، ކުނި ބަލާ ނާންނަ ކަމަށް ބުނެ ޝަކުވާ ކުރާ މައްސަލަ ވެސް ކުރިމަތިވާ ކަމަށެވެ.

މާލެސިޓީ ރީތި ސާފުތަނަކަށް ހެދުމަށް ވެމްކޯއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މަގުތަކުގައި ހުންނަ ކުނިވާ ޒާތުގެ ކުނި ނެގުމުގެ މަސައްކަތް ވެސް ކުރަމުންދަނީ ވެމްކޯއިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު