Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި

އައްޑޫއިން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

ހިމަބިއްސަކީ ރާއްޖޭން ނައްތާލެވިފައިވާ ބައްޔެއް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 3 އެޕްރީލު 2023 | ހޯމަ 12:50
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫއިން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ހޯމަ ދުވަހު އައްޑޫއިން ކުޑަކުއްޖަކަށް ހިމަބިހި ޖެހިފައިވާއިރު ހިމަބިހިކަމަށް ބެލެވޭ އިތުރު ކޭސްއެއް ވެސް ވަނީ ފެނިފައެވެ. އެއީ ހިމަބިިހިކަން ޔަގީންކުރުމަށް ސާމްޕަލް ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މި ދެ ކޭސްއަކީ ވެސް ކުޑަކުދިންގެ ކިބައިން ފެނިފައިވާ ދެ ކޭސްއެވެ. އެހެން ނަމަވެސް، މި ދެކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ މި ދެ ކުދިންގެ ފަރާތުން މި ވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވުމާއެކު މި ބަލީގެ އެންމެ ކޭހެއް ފެނުނު ކަމިގައި ވިޔަސް އެ ބެލެވެނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ފަދަ ހާލަތްތަކުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކޮންޓެކްޓް ދެނެގަތުމާއި ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކުރަމުން ދާ ކަމަށް ވެސް އެ އޭޖެންސީން ބުނެއެވެ. އަދި ވަރަށް އަވަހަށް ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ބުނެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް މިފަދަ އަލާމަތް ތަކެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2018

އިޒްރޭލުގެ ސިފައިންގެ ބޮޑު ފައުޖަކުން ފަލަސްތީނުގެ ކުޑަކުއްޖަކު ހައްޔަރު ކޮށްފި

28 ނޮވެމްބަރު 2018
އިޒްރޭލުގެ ސިފައިންގެ ބޮޑު ފައުޖަކުން ފަލަސްތީނުގެ ކުޑަކުއްޖަކު ހައްޔަރު ކޮށްފި
11 އޮކްޓޯބަރު 2018

ދެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

11 އޮކްޓޯބަރު 2018
ދެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
05 އޯގަސްޓު 2018

ކުޑަކުއްޖަކު މަރަން ކުރި ހުކުމެއްގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަނީ

05 އޯގަސްޓު 2018
ކުޑަކުއްޖަކު މަރަން ކުރި ހުކުމެއްގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަނީ
05 އޮކްޓޯބަރު 2017

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަކުއްޖަކު ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަކުއްޖަކު ހައްޔަރުކޮށްފި
08 އޯގަސްޓު 2017

ދަންޖެހިގެން ކުޑަކުއްޖަކު މަރުވެއްޖެ

08 އޯގަސްޓު 2017
ދަންޖެހިގެން ކުޑަކުއްޖަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު