Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަ ކުއްޖަކު މަރުވުން

ހދ. ފިނޭ ކުޑަކުއްޖަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ

އާއިލާއިން ބުނީ އެކުއްޖާއަކީ ބޮޑު އެއްވެސް ބަޔަކަށް ބޭސްފަރުވާ ކުރަމުންދާ ކުއްޖެއް ނޫން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އެޕްރީލު 2017 | ބުދަ 12:17
ހދ. ފިނޭ ސިއްހީ މަރުކަޒު

ހދ. ފިނޭ ސިއްހީ މަރުކަޒު

ހދ. ފިނޭ ކުޑަކުއްޖެއްގެ ހާލު ދެރަވެގެން އިތުރު ފަރުވައަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ އެވެ.

އެކުއްޖާގެ އާއިލާގެ މީހަކު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުންބުނީ ހަތަރު އަހަރުގެ އެކުއްޖާ ހާލު ދެރަވެގެން މިމަހުގެ 16 ވަނަ ދުވަހު ފިނޭ ސިއްހީ މަރުކަރަށް ދެއްކި ކަމަށާއި ނަމަވެސް އެކުއްޖާގެ ހާލަތު ރަނގަޅު ނުވުމުން ހަމަ އެދުވަހު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިއަ ކަމަށެވެ. އަދި ކުޅުދުއްފުށި ހޮސްޕިޓަލުން ޓެސްޓްތައް ހެދިއިރު ލޭގައި އިންފެކްޝަނެއް ހުރުމުންނާއި ކުއްޖާގެ ހާލަތު އިތުރު ގޯސްވަމުންދާތީ އާސަންދަ އެހީގައި އިތުރު ފާރުވާއަށް މާލެ ގެނައުމަށް ފްލައިޓެއް ޗާޓަރ ކޮށްގެން މާލެ އައުމަށް ފުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ކަމަށް އޭނާ ބުންނެވެ.

Advertisement - newsAdvertisement

އެކުއްޖާ މަރުވެފައިވަނީ ފްލައިޓް ތެރޭގައި މާލެއާ ކައިރިވެފައި ވަނިކޮށް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހަތަރު އަހަރުގެ އެ ފިރިހެން ކުއްޖާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ކުއްޖެއް ނޫން ކަމަށެވެ. އަދި ކުއްލިއަކަށް އެ ކުއްޖާގެ ހާލު ދެރަވާންދިމާވި ވަކި ސަބަބެއް ނޭނގޭކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް ބައެއް އޮންލައިން ނޫސްތަކުން ބުނާ ގޮތުން އެކުއްޖާގެ ހާލު ދެރަވެފައިވަނީ ވިހަ ލަގޮނޑިއެއް ކެވިގެންނެވެ.

އެކުއްޖާ މަރުވި މައްސަލައާއި ގުޅިގެން ކުޅުދުއްފުށި ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ވަހީދު ވިދާޅުވީ އެކުއްޖާ ކުޅުދުއްފުށި ހޮސްޕިޓަލަށް ގެނެސްފައިވަނީ ހާލު ދެރަވެގެން ކަމަށާއި ހާލު ދެރަވާން ދިމާވި ވަކި ސަބަބެއް އެކުއްޖާގެ އާއިލާއިން ބުނެފައިނުވާއިރު، އެކުއްޖާ ބެލި ޑޮކްޓަރުވެސް ވަކި ސަބަބެއް ވިދާޅުވެފައި ނުވާކަމަށް ވަހީދު ވިދާޅުވި އެވެ. ނަމަވެސް ވަހީދު ވިދާޅުވީ ޓެސްޓްތައް ހެދުމުން އެކުއްޖާގެ ލޭގައި އިންފެކްޝަނެއް އުޅޭކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެކުއްޖާގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އިތުރު ފަރުވާއަށް ފްލައިޓެއް ޗާޓަރ ކޮށްގެން މާލެ ފޮނުވީ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު