Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ޑިމޮކްރަސީ

އެމެރިކާގެ ޑިމޮކްރަސީ ނިޒާމުގައި މައްސަލަތަކެއް؟

1980ގެ އަހަރުތަކުން ފެށިގެން، އެމެރިކާގައި ހަމަހަމަކަން ގެއްލުމުގެ މައްސަލަ، އިންތިހާއަށް ގޯސް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2023 | އާދީއްތަ 10:59
އެމެރިކާގެ ޑިމޮކްރަސީ ނިޒާމުގައި މައްސަލަތަކެއް؟

އެމެރިކާގެ ޑިމޮކްރަސީ ނިޒާމުގައި މައްސަލަތަކެއް؟

ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި މުޅި ދުނިޔެއަށް ނުފޫޒު ފޯރުވަމުންދަނީ އެމެރިކާ ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ކަން މިހެން އޮތް ނަމަވެސް، އެމެރިކާގެ ދާޚިލީ މަސްރަޙުގައި އުފެދެމުންދާ ހަލަބޮލިކަމާއި ގަދަ އޮއެވަރުތަކާއެކު، އެއީ ޙަޤީޤީ މަންޒަރެއް ކަމާ މެދު ސުވާލު އުފެދޭ ދަރަޖައަށް ކަންކަން ނުދެއެކޭވެސް ނުދެންނެވޭނެއެވެ. އެމެރިކާގެ ޑިމޮކްރަސީގެ ނިޒާމުގައި މިހާރު މައްސަލަތަކެއް ޖެހިފައި ވާ ކަމަށާ، ވަކިން ހާއްސަކޮށް، އެމެރިކާގައި އޮންނަ އިލެކްޓޯރަލް ކޮލެޖުގެ ނިޒާމުގައި މައްސަލަތަކެއް އުޅޭ ކަމަށާ، އެކަމުގެ ސަބަބުން، މުޖުތަމަޢުގައި އުފެދިފައިވާ ބައިބައިވުންތައް އިތުރަށް ފުންވަމުން ދާ ކަމަށް، ބައިނަލްއަޤުވާމީ ގުޅުންތަކުގެ ސިޔާސަތުތަކާ ބެހޭ އިސް ތަޖުރިބާކާރަކު ވަނީ ވިދާޅުވެފައެވެ.

ވޮޝިންގްޓަން ޑީސީގައި މަރުކަޒު ކޮށްގެން ހިންގާ ތިންކްޓޭންކެއް ކަމަށް ވާ، އިންސްޓިޓިއުޓް ފޮރ ޗައިނާ-އެމެރިކަން ސްޓަޑީޒްގެ ސީނިއަރ ޕޮލިސީ ސްޕެޝަލިސްޓް، ސޫރަބް ގުޕްތާ، ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވަރކް (ސީޖީޓީއެން)އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، 1980ގެ އަހަރުތަކުން ފެށިގެން، އެމެރިކާގައި ހަމަހަމަކަން ގެއްލުމުގެ މައްސަލަ، އިންތިހާއަށް ގޯސްވެފައި ވާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި އެކަން ޙައްލު ކުރެވިދާނެ ކަމުގެ މާ ބޮޑު ނިޝާނެއްވެސް ފެންނަން ނެތް ކަމަށް ގުޕްތާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕިއު ރިސަރޗް ސެންޓަރގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 1994 ވަނަ އަހަރު، ޑިމޮކްރަޓުންނާ މެދު އިންތިހާ ނޭދެވޭ ނަޒަރަކުން ދެކުނީ 17 ޕަސެންޓް ރިޕަބްލިކަންސްއިންނެވެ. ހަމަ އެގޮތަށް، ރިޕަބްލިކަންސްއާ މެދު އިންތިހާ ނޭދެވޭ ނަޒަރަކުން ދެކުނީ 16 ޕަސެންޓް ޑިމޮކްރަޓުންނެވެ. 2019 ވަނަ އަހަރު، ޢަދަދުތަކަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ޑިމޮކްރަޓުންނާ މެދު އިންތިހާ ނޭދެވޭ ނަޒަރަކުން ދެކޭ ރިޕަބްލިކަންސްގެ ނިސްބަތް، 43 ޕަސެންޓަށް އެރި އިރު، ރިޕަބްލިކަންސްއާ މެދު އިންތިހާ ނޭދެވޭ ނަޒަރަކުން ދުށް ޑިމޮކްރަޓުންގެ ނިސްބަތް ވަނީ 44 ޕަސެންޓަށް އަރާފައެވެ.

އެމެރިކާގެ ދާޚިލީ ފޭރާން އޮތީ ވީދި، 'ކަފާސް' ވެފައި ކަމުގައި ވާ އިރު، އަމިއްލަ ޤައުމުގެ ނިޒާމް އިސްލާހު ކުރުމުގެ ބަދަލުގައި، އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަޤުވާމީ މައިދާނަށް އަތްގަދަ ކުރަން ކަންވެސް ގުޕްތާ ވަނީ ފާހަގަ ކުރައްވާފައެވެ.

ގުޕްތާ ވިދާޅުވީ ބައިނަލްއަޤުވާމީ ގުޅުންތަކުގެ ނިޒާމަކީ ދެމެހެއްޓިގެންދާން ޖެހޭނެ ނިޒާމެއް ކަމަށާ، އެކަން ވާން ޖެހޭނީ އދ އިން މަރުކަޒު ކުރާ ނިޒާމަކަށް ކަމަށެވެ. އަދި ހުރިހާ ޤައުމަކުން އިއްތިފާޤުވާ އެއް ހަމައެއް އޮންނަންޖެހޭ ކަމަށްވެސް ގުޕްތާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިމުގު ދަތިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް!

ބިމުގު ދަތިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް!

11 ފެބުރުއަރީ 2019
ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

19 ޖެނުއަރީ 2019
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018
ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު

ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު

13 ޖޫން 2018
މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

01 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު