Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި ހިޔާނާތުގެ މައްސަލަ

ފުއްގިރި ހިޔާނާތް: ސަން ކުންފުނިން ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރެވޭ ބާވަތުގެ މައްސަލައެއް ނޫން

ހެކި ހާމަކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުން ވަަނީ އިސްތިއުނާފުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އެޕްރީލު 2023 | އާދީއްތަ 10:42
ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާއި ގުޅޭގޮތުން ސަން ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާއި ގުޅޭގޮތުން ސަން ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިޔަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

މި އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން ވަނީ ހުލާސާ ގޮތެއްގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ. އެގޮތުން ހުށަހަޅާފައިވަނީ އެންމެ އިސްތިއުނާފީ ނުކުތާއެކެވެ. އެއީ ހެކި ހާމަކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުމެވެ.

ސަން ކުންފުނިތަކުގެ ފަރާތުން ބައެއް ހެކި ރައްކާތެރިކުރުމަށް ދަށު ކޯޓުގައި އެދުނެވެ. ނަމަވެސް އެ ހެކިތައް ދައުލަތަށް ދޫކުރުމަށް ގާޒީ ނިންމަވާފައިވާތީ، ސަން ކުންފުނިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

އޭގެތެރޭގައި، ކުންފުނީގެ އިންޓަރނަލް މެމޯގެ ދަށުން ތަހުގީގު ޓީމުން ތަހުގީގުކުރުމަށްފަހު ކުންފުނީގެ ބައެއް މުވައްޒަފުންނާ ސުވާލު ކުރުމުން ދީފައިވާ ބަޔާންތައް ހިމެނެއެވެ.

ދިފާއުން ބުނާގޮތުގައި އެ ހެކިތައް ރައްކާތެރިކުރުމަށް އެ ފަރާތުން އެދެއެވެ. އެއީ ކުންފުނީގެ ޒާތީ މައުލޫމާތުތަކެއް ކަމަށާއި، ކުންފުނީގެ އިންޓަރނަލް ތަހުގީގުތަކާގުޅޭ މައުލޫމާތަކަށްވާއިރު، އެ މައުލޫމާތުތައް ލީކުވެއްޖެނަމަ، މުވައްޒަފުންގެ ޒާތީ ހައްގަށްވެސް އަރައިގަނެވިދާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ސަން ކުންފުނިތަކުން ހުށަހަޅާފައިވާ އެއްވެސް ހުށައެޅުމެއް ބަލައިނުގަތުމަށް، ދަށު ކޯޓުން މައްސަލަ ބެއްލެވި ގާޒީ ނިންމެވިއެވެ. ގާޒީގެ މި ނިންމެވުމާއެކު، ތަހުގީގުގެ ބޭރުން އޭސީޕީ މުހައްމަދު ރިޔާޒް، ކްރިކް ރިޒާއާ ބައްދަލު ކުރައްވައި ދައްކާފައިވާ ވާހަކައާ ގުޅޭ އޯޑިއޯވެސް ސިއްރެއްނުވާނެއެވެ.  

އިސްތިއުނާފަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ، މިއީ އިސްތިއުނާފު ކުރެވޭ ބާވަތުގެ މައްސަލައެއް ނޫންކަމަށެވެ.

އެއަށްފަހު ދެފަރާތުންވެސް ވަނީ އިސްތިއުނާފީ ނުކުތާތަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު