Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގައި ރިޓަޔާކުރުމާމެދު އަންޗެލޮޓީގެ ރާގު ބަދަލުވެއްޖެ

މީގެ ކުރިން ރެއާލްގައި ހުރެ ރިޓަޔާވާނެ ކަމަށް ބުނި ނަމަވެސް، މިހާރު އެކަމަށް ޔަގީންކަން ދެވޭކަށް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2023 | އާދީއްތަ 02:58
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެއިންގެ ރެއާލް މެޑްރިޑުން ކޯޗިން ކެރިއަރު ނިންމާލަން ބޭނުންވާކަމަށް ކާލޯ އަންޗެލޮޓީ ބުނަމުން އައި ވާހަކަ އަށް ކޮންމެ ވެސް ވަރަކަށް ބަދަލު ގެނެސްފި އެވެ.

މީގެ ކުރިން އުމުރުން 63 އަހަރުގެ އަންޗެލޮޓީ ބުނީ އޭނާގެ ކޯޗިން ކެރިއަރު ނިންމާލަން ބޭނުންވަނީ ރެއާލް އިން ކަމަށެވެ. އޭނާ އޭރު ބުނަމުން އައީ ރެއާލް އިން އޭނާ ދޫކޮށްލަން ދެން އެކުލަބުގެ ކޯޗުކަމުގައި ހުންނާނެ ކަމަށެވެ. ދާދި ފަހުން ވަނީ ހުސްވެފައިވާ ބްރެޒިލްގެ ކޯޗުކަމަށް އަންޗެލޮޓީ ގެންދަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރިފަ އެވެ. އެ ވާހަކަތައް އެހެން ދެކެވެމުން ދަނިކޮށް ބްރެޒިލް ފުޓުބޯޅަ އިދާރާގެ ރައީސް ވިދާޅުވީ، ރެއާލް އިން އަންޗެލޮޓީ ދޫކޮށްލައިފި ނަމަ ޔަޤީނުން ވެސް ދެން އޭނާ ފެންނަނީ ބްރެޒިލުން ކަމަށާއި، ބްރެޒިލްގެ ކޯޗުކަމަށް އެންމެ އެކަށީގެންވާ "ޗޮއިސް" އަކީ ވެސް އަންޗެލޮޓީ ކަމަށެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ކުލަބް ފުޓުބޯޅަ އަލުން ފަށާއިރު، ސްޕެނިޝް ލީގުގައި ރެއާލް އިން ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތައް ވަނީ އަންޗެލޮޓީ އަށް އޮއްސާލައިފަ އެވެ. އެކަމާ ގުޅިގެން އޭނާ ބުނީ، ހަޤީގަތަކީ ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗަކަށް އޭނާ ގެންދަން އެ ޤައުމުން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަކީ އޭނާ އަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. ނަމަވެސް އަންޗެލޮޓީ ބުނީ ބްރެޒިލް ފުޓުބޯޅަ އިދާރާގެ ރައީސް އޭނާ އަށް އެއްވެސް ވަރަކަށް ނޭންގެ ކަމަށެވެ. އަދި އޭނާއާ ބައްދަލުކުރަން ބްރެޒިލް ފުޓުބޯޅަ އިދާރާގެ ރައީސް ބޭނުންވާނަމަ، އުފަލާއެކު އެކަމަށް މަރުހަބާ ކިޔައި، ބައްދަލު ވެސް ކުރާނެ ކަމަށެވެ. އެހެންނަމަވެސް އަންޗެލޮޓީ ބުނީ ރެއާލާއެކު އޭނާ އޮތީ އެއްބަސްވުމެއް ހަދާފައި ކަމަށެވެ. ބޭނުންވަނީ އެ އެއްބަސްބުމަށް އިހުތިތާމްކުރަންކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އޭނާ ރެއާލް ދެކެ ވަރަށް ވަރަށް ލޯބިވާ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ، ރެއާލްގައި ހުރެ ރިޓަޔާ ކުރަން ބޭނުންވާ ވާހަކަ މީގެ ކުރިން އެކި ފަހަރު މަތިން ބުނެފައިވާނެ ކަމަށެވެ. ނަަމަވެސް މިހާރު ބުނަން ބޭނުންވަނީ އެކަމާ ގުޅޭ ގޮތުން ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ. އަންޗެލޮޓީ ބުނީ ވަގުތާއި، ޙާލަތާއެކު ކަންކަން ބަދަލުވެގެން އަންނާނެ ކަމަށެވެ. އަދި ރެއާލް އިން ދޫކޮށްލަންދެން އެކުލަބުގައި ހުންނާނެ ކަމަށެވެ. އަދި މިއީ މުސްތަޤުބަލާމެދު ވިސްނަންވީ ވަގުތު ނޫންކަން ފާހަގަ ކުރަމުން އަންޗެލޮޓީ ބުނީ، ރެއާލާއެކު ތަށި ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލްގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެކުލަބާއެކު ސްޕެެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

14 ޖުލައި 2017

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
05 ޖުލައި 2017

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު