Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ، ޖެހޭނީ ކެތްތެރިވާން: ޒަވީ

1 އެޕްރީލު 2023 | ހޮނިހިރު 09:07

އޭނާ ބުނީ އަންސޫއަކީ އަދި އެންމެ 20 އަހަރުގެ ކުޅުންތެރިއެއް ކަމަށާއި، ކެތްތެރިވާން ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 09:07
ބާސެލޯނާގެ ކޯޗު ޒަވީ އަދި އަންސޫ ފާޓީ

ބާސެލޯނާގެ ކޯޗު ޒަވީ އަދި އަންސޫ ފާޓީ

ސްޕެއިންގެ ބާސެލޯނާގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށާއި އެކަމަށް ޖެހޭނީ ކެތްތެރިވާން ކަމަށް, އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މިހެން ބުނީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީއާމެދު އެ ކުލަބުން ކަންތައްކުރާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭކަމަށް އޭނާގެ ބައްޕަ ބުނުމާގުޅިގެންނެވެ. އަންސޫ ފާޓީގެ ބައްޕަ ބޯރީ ފާޓީ ބުނީ، މިވަގުތު އަންސޫއަށް އެންމެ ރަނގަޅު ގޮތަކީ އެހެން ކުލަބަކަށް ބަދަލުވުން ކަމުގައެވެ. ނަމަވެސް އެކަމަށް އަންސޫ ފާޓީ އެއްބަސްނުވާނެ ކަމަށްވެސް ބޯރީ ބުންޏެވެ. އަންސޫއަށް ބާސެލޯނާގައި ފުރުސަތު ލިބެމުން އަންނަނީ މަދު މެޗުތަކެއްގައެވެ.

އެކަމާގުޅިގެން ވާހަކަދައްކަމުން ޒަވީ ބުނީ، އަންސޫއާމެދު އޭނާގެ ބޮޑު އުންމީދެއް އަބަދުވެސް އޮންނަކަމަށެވެ. ޒަވީ ބުނީ އޭނާ ބޭނުންވަނީ ބާސެލޯނާގައި އަންސޫ ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށާއި، އޭނާ ހުރީ ވަރަށް ހަމަޖެހިގެން މަސައްކަތަށް ފޯކަސްކޮށްގެން ކަމަށެވެ. އިތުރަށް ޒަވީ ބުނީ އަންސޫ އަންނަނީ ފަރިތަކުރުންތަކުގައި ރަނގަޅަށް ބައިވެރިވެ، ރަނގަޅަށް މަސައްކަތްކުރަމުން ކަމަށެވެ. އެކަން ފާހަގަކޮށް ޒަވީ ބުނީ އަންސޫ ބަައްޕަގެ ވާހަކަތައް އޭނާއަށް ގަބޫލުކުރެވޭ ކަމަށާއި، ނަމަވެސް މިވަގުތު އެ ވާހަކަތައް އެހުން މުހިންމު ނޫންކަމަށެވެ. އޭނާ ބުނީ އަންސޫއަކީ އަދި އެންމެ 20 އަހަރުގެ ކުޅުންތެރިއެއް ކަމަށާއި، ކެތްތެރިވާން ޖެހޭނެ ކަމަށެވެ. ޚާއްޞަކޮށް ބާސެލޯނާ ކަހަލަ ޓީމެއްގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށާއި، ކުރިއަށް ދެވޭނީ އެކަންކަމަށް ކެތްތެރިވެގެން ކަމަށްވެސް އޭނާ ބުންޏެވެ.

ބާސެލޯނާގެ ސީނިއަރ ޓީމަށް އަންސޫ ގުޅުނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 96 މެޗުގައި 25 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2018

މިފަހަރު ބެލެންޑިއޯ އެވޯޑު ލިބެން ޖެހޭނީ ފްރާންސް ކުޅުންތެރިޔަކަށް: އޮންރީ

10 ނޮވެމްބަރު 2018
މިފަހަރު ބެލެންޑިއޯ އެވޯޑު ލިބެން ޖެހޭނީ ފްރާންސް ކުޅުންތެރިޔަކަށް: އޮންރީ
14 އޯގަސްޓު 2018

ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!

14 އޯގަސްޓު 2018
ކުރިޔަށް އޮތް ތިން ސީޒަނުގައި ވެސް ސްޕެނިޝް ލަލީގާ ބަލަން ޖެހޭނީ ފޭސްބުކްއިން!
17 އެޕްރީލު 2018

މެސީ އަދި ރޮނާލްޑޯއާ ވާދަކުރަން ގްރީޒްމަން ޖެހޭނީ ތަށި ކާމިޔާބުކުރަން!

17 އެޕްރީލު 2018
މެސީ އަދި ރޮނާލްޑޯއާ ވާދަކުރަން ގްރީޒްމަން ޖެހޭނީ ތަށި ކާމިޔާބުކުރަން!
17 އެޕްރީލު 2018

ޕޮގްބާއަށް ފުރުސަތުދޭން ޖެހޭނީ ބެންޗުން!

17 އެޕްރީލު 2018
ޕޮގްބާއަށް ފުރުސަތުދޭން ޖެހޭނީ ބެންޗުން!
10 އެޕްރީލު 2018

ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ޑެމްބެލޭ އުއްމީދުގައި

10 އެޕްރީލު 2018
ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ޑެމްބެލޭ އުއްމީދުގައި
17 ސެޕްޓެމްބަރު 2017

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

17 ސެޕްޓެމްބަރު 2017
މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން
29 މެއި 2017

އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށް ފަހު ޓޮޓީ ކުޅުން ހުއްޓާލައިފި

29 މެއި 2017
އެތައް ބަޔެއްގެ ލޯތްބާއެކު 25 އަހަރަށް ފަހު ޓޮޓީ ކުޅުން ހުއްޓާލައިފި
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
29 މާރިޗު 2017

ބޮލީވިއާ އަތުން ބަލިވެ އާޖެންޓީނާއަށް ގޮންޖެހުންތަކެއް

29 މާރިޗު 2017
ބޮލީވިއާ އަތުން ބަލިވެ އާޖެންޓީނާއަށް ގޮންޖެހުންތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް