Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެކި ހާދިސާތަކުގައި ދަރިން ގެއްލުން

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

1 އެޕްރީލު 2023 | ހޮނިހިރު 06:37

3 ވަނަ ދަރިފުޅަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 4 ވަނަ ދަރިފުޅު މި ދުނިޔެ ދޫކުރީ ފެބުރުއަރީ މަހުގެ ބިންހެލުމުގެ ކާރިސާގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 އެޕްރީލު 2023 | ހޮނިހިރު 06:37
ތުރުކީވިލާތާއި ސޫރިޔާގެ ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގެ ހާދިސާއަށްފަހު، މިއަދު ޚަދީޖާ ދިރިއުޅުމުގައި ވަނީ ހަމައެކަނި އެ 6 މާމަ ދަރިން

ތުރުކީވިލާތާއި ސޫރިޔާގެ ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގެ ހާދިސާއަށްފަހު، މިއަދު ޚަދީޖާ ދިރިއުޅުމުގައި ވަނީ ހަމައެކަނި އެ 6 މާމަ ދަރިން

މައިވަންތަ ލޯބީގެ މިސާލުތަކުގެ ވާހަކައަކީ ދައްކައި ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. އެ ވާހަކަތައް ދެއްކުމަކީ، އެ މައިން ވަމުންދާ ގުރުބާނީގެ ބަދަލާ ގާތްވެސް ނުކުރާނެ ކަމެކެވެ. އެފަދަ ގުރުބާނީއެއް ވަމުންދާ އެއް އަންހެނަކީ، ސޫރިޔާގެ ޖަންދާރީސްގައި ތޮއްޖެހިފައިވާ ޓެންޓެއްގެ ތެރޭގައި އިން، އުމުރުން 60 އަހަރުގެ ޚަދީޖާ އަލް-ހަސަނެވެ. މިހާރުވެސް ޚަދީޖާ އަވަދިނެތި އުޅެމުން އެ ދަނީ، އޭނާއަށް މާމަކިޔާ 6 ދަރިންގެ ރޯދަ ވީއްލުމުގެ ކަންކަން ހަމަޖައްސައިދިނުމަށެވެ.

އެތައް އަހަރަކަށް ސޫރިޔާގައި ކުރި ވަރުގަދަ ހަނގުރާމައާއި، ދާދި މިދާކަށް ދުވަހު، ތުރުކީވިލާތާއި ސޫރިޔާގެ ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގެ ހާދިސާއަށްފަހު، މިއަދު ޚަދީޖާއާއެކު ވަނީ ހަމައެކަނި އެ 6 މާމަ ދަރިންނެވެ. ހަނގުރާމައާއި ބިންހެލުމުގައި، ޚަދީޖާގެ 4 ދަރިން ވަނީ މި ދުނިޔެ ދޫކޮށްފައެވެ. ދިރިއުޅެމުން ދިޔަ ގެއެއް ނެތެވެ.

ޚަދީޖާގެ އުފަން ދަރިންގެ ތެރެއިން 2 ކުދިން މަރުވީ ދާޚިލީ ހަނގުރާމައިގެ ތެރޭގައެވެ. 3 ވަނަ ދަރިފުޅަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 4 ދަރިންގެ ތެރެއިން ބާކީ ހުރި މުހައްމަދު މި ދުނިޔެ ދޫކުރީ ފެބުރުއަރީ މަހުގެ ބިންހެލުމުގެ ކާރިސާގައެވެ.

މިއަދު ޚަދީޖާ ދިރިއުޅެމުން ދަނީ ބިންހެލުމުގެ ކާރިސާގައި ފުރާނަ ސަލާމަތްވި މީހުންނަށް ޚާއްޞަކޮށްގެން ކޮށްގެން ޖަންދާރީސްގައި އަޅާފައިވާ ވަގުތީ ހިޔަލެއްގައެވެ.

ރޯދަ މަހަކީ ޚާދީޖާގެ ހިތަށް އިންތިހާ ދަތި ކުރުވާ މަހަކަށް ވަނީ ވެފައެވެ. ރޯދަ މަހަކީ އާންމު ގޮތެއްގައި އާއިލާތަކުން އެއްތަންވެ، އުފަލުގައި ވަގުތުތަކެއް ހޭދަކުރާ ދުވަސްވަރަކަށް ވާއިރު، އޭނާގެ ދަރިން މި ދުނިޔޭގައި ނެތުމުގެ ފަޅުކަން އިންތިހާއަށް ކުރެވެއެވެ.

އެއީ ހަމަ އެކަނި މި ރޯދަ މަހުގެ ހާލެއް ނޫނެވެ. މިދިޔަ ދެތިން އަހަރު ދުވަހުވެސް ޚަދީޖާގެ ހާލަކީ އެއީއެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގެ ކާރިސާއަކީ އަދުގެ ތާރީޚުގައި ތުރުކީވިލާތަށް ކުރިމަތިވި އެންމެ ބޮޑު، ގުދުރަތީ ކާރިސާއެވެ. އެ ކާރިސާގައި ތުރުކީވިލާތާއި ސޫރިޔާއިން މަރުވި މީހުންގެ ޢަދަދު 56000އަށްވުރެ މައްޗަށް އަރާފައިވާއިރު، ލިބުނު ގެއްލުމުގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2018

އަހަރެން ހީކުރީ ކްލޯއީ އަށް ދަރިއަކު ނުލިބޭނެ ކަމަށް: ކްރިސް ޖެނާ

17 ޖެނުއަރީ 2018
އަހަރެން ހީކުރީ ކްލޯއީ އަށް ދަރިއަކު ނުލިބޭނެ ކަމަށް: ކްރިސް ޖެނާ
11 ޖެނުއަރީ 2018

ކޮންމެ ފިލްމެއްވެސް މީހުން މުނިފޫހިފިލުވައިދެވޭނަމަ ކާމިޔާބު ވާނެ: ސަލްމާން ޚާން

11 ޖެނުއަރީ 2018
ކޮންމެ ފިލްމެއްވެސް މީހުން މުނިފޫހިފިލުވައިދެވޭނަމަ ކާމިޔާބު ވާނެ: ސަލްމާން ޚާން
23 އޮކްޓޯބަރު 2017

އީޝާ ޑިއޯލްއަށް ދަރިއަކު ލިބިއްޖެ

23 އޮކްޓޯބަރު 2017
އީޝާ ޑިއޯލްއަށް ދަރިއަކު ލިބިއްޖެ
23 އޯގަސްޓު 2017

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

23 އޯގަސްޓު 2017
އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން
19 އޯގަސްޓު 2017

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ
28 މެއި 2017

ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި

28 މެއި 2017
ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
12 އެޕްރީލު 2017

"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން

12 އެޕްރީލު 2017
"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް