Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އިގްތިސާދު

ދުނިޔޭގެ އިގްތިސާދަށް މިއަދު ބޭނުންވާ އަލިކަމުގެ 2 ދަންމަރަކީ ކޮބާ؟

މި ހިނގާ 2023 ވަނަ އަހަރަކީވެސް ތަކުލީފު ބޮޑު އަހަރަކަށް ވާނެކަމަށް ލަފާކުރެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2023 | ހޮނިހިރު 05:41
ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ފެނިފައިވަނީ، އާމްދަނީ ދަށް އަދި ނާޒުކު ގައުމުތަކަށާއި ރައްޔިތުންނަށް ޚާއްޞަކޮށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތަން - އައިއެމްއެފްގެ މެނޭޖިންގ ޑައިރެކްޓަރ

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ފެނިފައިވަނީ، އާމްދަނީ ދަށް އަދި ނާޒުކު ގައުމުތަކަށާއި ރައްޔިތުންނަށް ޚާއްޞަކޮށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތަން - އައިއެމްއެފްގެ މެނޭޖިންގ ޑައިރެކްޓަރ

ދުނިޔޭގެ އިގްތިސާދަށް ރައްކާތެރި މުސްތަގުބަލަކަށް މަގު ދައްކައިދިނުމަށްޓަކައި ބޭނުންވަނީ މުޅި ދުނިޔޭގެ އެއްބާރުލުމާއި އެއްބައެއްވަންތަކަން ކަމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ މެނޭޖިންގ ޑައިރެކްޓަރ، ކްރިސްޓަލީނާ ޖޯޖީވާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. ޖޯޖީވާ މިކަމަށް ގޮވާލައްވާފައިވަނީ ޗައިނާގެ ހައިނާންގައި ފެށި ބޮއާއޯ ފޯރަމް ފޮރ އޭޝިއާ (ބީއެފްއޭ) އެނުއަލް ކޮންފަރެންސް 2023ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ޖޯޖީވާ ވިދާޅުވީ، އޮއި ބާރު ކަނޑެއްގައި، ސިހުމަކަށްފަހު ސިހުމެއް، ދުނިޔޭގެ އިގްތިސާދު ތަޙައްމަލުކުރަމުން ދާތާ މިހާރު ދުވަސްކޮޅެއް ވެފައިވާކަމަށެވެ. މި ހިނގާ 2023 ވަނަ އަހަރަކީވެސް ތަކުލީފު ބޮޑު އަހަރަކަށް ވާނެކަމަށް ލަފާކުރެވޭކަމަށާއި، އަންދާޒާ ކުރެވޭ ގޮތުގައި، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން، 3 ޕަސެންޓަށްވުރެ ދަށަށް ވެއްޓޭނެކަމަށް ޖޯޖީ ވަނީ ފާހަގަ ކުރައްވާފައެވެ.

ވިޔަފާރި މަސްހުނިކޮށް، ބައިވެރިވުމާއި އެއްބާރުލުން ދިނުން އިތުރުކުރުމުގެ ސަބަބުން މިހާރުވެސް ދުނިޔޭގެ އިގްތިސާދަށް ބަދަލުތަކެއް އައިސްފައިވާކަމަށާއި، މިކަމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާމްދަނީ އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައި ވާކަމަށް ޖޯޖީވާ ވިދާޅުވިއެވެ.

މިދިޔަ 40 އަހަރުދުވަހަށް ބަލާއިރު، ދުނިޔޭގެ އިގްތިސާދުގެ ބޮޑުމިން، 3 ގުނަ އިތުރުވެފައި ވާކަމަށް ޖޯޖީވާ ވިދާޅުވިއެވެ. ތަރައްގީވަމުން އަންނަ ބާޒާރުތަކާއި ކުރިއަރަމުން އަންނަ އިގްތިސާދުތައް 4 ގުނަ ބޮޑުވެ، މުއްސަނދި ގައުމުތަކުގެ ކުރިއެރުން 2 ގުނަ އިތުރުވެފައި ވާކަން ޖޯޖީވާ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އިގްތިސާދީ ވިއުގާގައި ޗައިނާގެ ބައިވެރިވުން އިތުރުކުރަމުން ދާ މި ދަނޑިވަޅުގައި، އެ ގައުމުގެ އާބާދީން 800 މިލިއަން މީހުން، އިންތިހާ ފަގީރުކަމުގެ ހާލަތުން ސަލާމަތްކުރެވިފައި ވާކަން ފާހަގަކުރައްވަމުން އައިއެމްއެފްގެ އެމްޑީ ވަނީ، އެއީ އާދަޔާ ޚިލާފު ކާމިޔާބެއް ކަމަށް ސިފަކުރައްވާފައެވެ.

ބަވަނަވަމުން ދާ އަދުގެ ދުނިޔޭގައި، ސަޕްލައި ޗޭނުތައް ސިންދަފާތުކުރުމުގައި އާންމު އިގްތިސާދީ ހިކުމަތަށް ވިސްނައި، އާންމުންނަށް އެކަމުގެ ފައިދާ ކުރާނެފަދަ ގޮތަކަށް ބައިނަލްއަގުވާމީ ވިޔަފާރީގެ ރޫހު ދިރުވައި އާލާކުރުމަށް، ގައުމުތަކުން އެކުގައި މަސައްކަތްކުރަން ޖެހިފައި ވާ ކަމަށްވެސް ޖޯޖީވާ ވަނީ ވިދާޅުވެފައެވެ.

ގައުމުތަކުގައި ނާޒުކު ހާލަތުގައި ތިބި މީހުންގެ ހިމާޔަތާއި ރައްކާތެރި ކަމަށް، އެ ގައުމުތަކުގެ ސަރުކާރުތަކުންވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ވަކިން ޚާއްޞަކޮށް، މިދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ފޯރި ގައުމުތަކުގެ ސަރުކާރުތަކުން މިކަމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދިނުމަށްވެސް ޖޯޖީވާ ވަނީ، ބީއެފްއޭ 2023ގައި ތަގުރީރުކުރައްވަމުން ގޮވާލައްވާފައެވެ.

2001 ވަނަ އަހަރު އެކުލަވާލި ބީއެފްއޭއަކީ، އޭޝިއާގެ ގައުމުތައް އެއްތަނަކުން ބަދަލުވެ، ތަރައްގީގެ އަމާޒުތައް ހިއްސާކޮށް، އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ އިގްތިސާދީ ބަދަހިކަން ޕްރޮމޯޓްކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތެކެވެ. ބީއެފްއޭ އެނުއަލް ކޮންފަރެންސް 2023، މާޗް 31ވާ ހުކުރު ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. މި ފަހަރުގެ ބައްދަލުވުންތައް އަމާޒުކޮށްފައިވަނީ، "ޔަގީންކަމެއް ނެތް ދުނިޔެއެއް: ގޮންޖެހުންތަކުގެ ތެރޭގައި ތަރައްގީއަށް އެއްބައިވަންތަކަމާއި އެއްބާރުލުން ދިނުން"، މި ޝިއާރުގެ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު