Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސްގެ އަންހެން ފުޓުބޯޅަ ޓީމު

ފްރާންސްގެ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރުން ރެނާޑަށް "ހަގީގަތުގައިވެސް ފަޚުރުވެރި"

އޭނާ ބުނީ މިހާރު މިއީ އެ ސަފްހާ އެއްލުމަށްފަހު މުޅިން އައު ސަފްހާއެއް ލިޔަންވީ ވަގުތު ކަމަށާއި، ބޭނުންވަނީ ރަނގަޅަށް ކަންކަން ކުރިއަށްދިޔުމަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 05:21
ފްރާންސް ޓީމާ ގުޅޭގޮތުން ރެނާޑް ވާހަކަދައްކަނީ

ފްރާންސް ޓީމާ ގުޅޭގޮތުން ރެނާޑް ވާހަކަދައްކަނީ

ފްރާންސް ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ހުރެވުމަކީ ހަގީގަތުގައިވެސް ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށް، ދާދި ފަހުން އެ މަގާމަށް ހަމަޖެއްސި ހާވޭ ރެނާޑް ބުނެފިއެވެ.

ފްރާންސަށް އުފަން އުމުރުން 54 އަހަރުގެ ރެނާޑް އެންމެ ފަހުން ހުރީ ސައޫދީ އަރަބިއްޔާގެ ގައުމީ ފިރިހެން ޓީމުގެ ކޯޗުކަމުގައެވެ. ނަމަވެސް ފްރާންސްގެ އަންހެން ޓީމުގެ ކޯޗުކަން ހުށަހެޅުމާއެކު އޭނާ ވަނީ އެ މަގާމު ދޫކޮށްލާފައެވެ. ފްރާންސް ޓީމާ ހަވާލުވެ، ކުރިއަށް އޮތް ދެ މެޗަށް ތައްޔާރުވުމުގެ ކުރިން ވާހަކަ ދައްކަމުން ރެނާޑް ބުނީ، ފްރާންސް އަންހެން ޓީމުގެ ކޯޗުގެ ގޮތުގައި މީހުންނަށް ކުރިމަތިލާން ލިބުނު ފުރުސަތަކީ ވަރަށް ފަޚުރުވެރި ކަމެއް ކަމަށެވެ. އޭނާ ބުނީ ފްރާންސް ޓީމަކީ ވަރަށް މުހިންމު ޓީމެއް ކަމަށާއި، ފްރާންސުން ފުޓުބޯޅާގައި އެކަން ސާބިތުކޮށްދޭނެ ކަމަށެވެ. ރެނާޑް ވަނީ އެކަމުގައި އޭނާއަށް އެހީތެރިވެދޭން ތިބި ފަރާތްތަކާއި، އެކަމުގައި އޭނާއަށް އިތުބާރުކުރި އެންމެހައި ފަރާތްތަކަށް ޚާއްޞަ ޝުކުރެއްވެސް އަދާކޮށްފައެވެ. އޭނާ ބުނީ މިހާރު ފޯކަސްކުރަންވީ މިއަހަރު އޮންނަ ފީފާ އަންހެން ވޯލްޑް ކަޕަށް ކަމަށެވެ. އެ މުބާރާތަށް ވަގުތު ކުޑަތަންވަމުން އަންނަކަން ފާހަގަކުރަމުން ރެނާޑް ބުނީ، ޓީމާމެދު އޭނާގެ އުންމީދު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިހާރު ފޯކަސް ކުރަން ޖެހޭނީ ކުރިއަށް އޮތް ތަނަށް ކަމަށެވެ. މާޒީގައި ހިނގި ކަންކަމަކީ އޭނާއާ ބެހޭ ކަމެއް ނޫންކަން ފާހަގަކޮށް ރެނާޑް ވަނީ، ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި ކޮރިން ޑައިކްރޭއަށް ޝުކުރު އަދާކޮށްފައެވެ. ރެނާޑް ބުނީ ޑައިކްރޭގެ އިރުޝާދުގެ ދަށުންވެސް ފްރާންސުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައި ކަމަށެވެ. އޭނާ ބުނީ މިހާރު މިއީ އެ ސަފްހާ އެއްލުމަށްފަހު މުޅިން އައު ސަފްހާއެއް ލިޔަންވީ ވަގުތު ކަމަށާއި، ބޭނުންވަނީ ރަނގަޅަށް ކަންކަން ކުރިއަށްދިޔުމަށް ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމަކީ ރޭނާޑް އިރުޝާދު ދޭނެ 14 ވަނަ ޓީމެވެ. 1999 ވަނަ އަހަރު ކޯޗިންގ ކެރިއަރު ފެށި ރެނާޑް ވަނީ އެކި ކުލަބުތަކާއި، ގައުމުތަކަށް އިރުޝާދު ދީފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު