Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

އިންޑޮނޭޝިއާގައި ވޯލްޑް ކަޕް ނުބާއްވަން ނިންމުމުން، އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޯކޯ ވިދާޅުވީ އެކަމަކީ އިންޑޮނޭޝިއާއާއި އެ ގައުމުގެ ފުޓުބޯޅައަށް ލިބުނު އަގުހުރި ފިލާވަޅެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އެޕްރީލު 2023 | ހޮނިހިރު 04:50
އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ

އިންޑޮނޭޝިއާގައި ބާއްވަން ތައްޔާރުވަަމުން އައި, 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އެ ގައުމުގައި ނުބޭއްވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ނިންމުމާގުޅިގެން އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިންޑޮނޭޝިއާގެ ބާލީގައި އަންނަ މެއި މަހު މުބާރާތް ބޭއްވުމަށް ފީފާއިން އައީ ތައްޔާރުވަމުންނެވެ. އެ ފުރުސަތު އެ ގައުމަށް ދިނުމަށް ފީފާއިން ނިންމާފައިވަނީ 2019 ވަނަ އަހަރުއެވެ. ފީފާއިން އިންޑޮނޭޝިއާގައި މުބާރާތް ނުބޭއްވުމަށް ނިންމީ، އެ މުބާރާތުގައި އިޒްރޭލަށް ވާދަ ނުކުރެވޭނެކަމަށް އެ ގައުމުން ނިންމުމާއެކުއެވެ. ބާލީގެ ގަވަރުނަރު ވިދާޅުވީ، އެ މުބާރާތުގައި އިޒްރޭލަށް ބައިވެރިނުވެވޭނެކަމަށާއި، ސަބަބަކީ އެ ގައުމުން ފަލަސްތީނަށް ދެމުން އަންނަ އަނިޔާތަކާއި ގެއްލުންތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އެ އަމަލުތަކަކީ ވަރަށް ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. އެކަމާ ގުޅިގެން މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ފަސްކުރުމަށްފަހު ފީފާއިން ބުނީ، އިންޑޮނޭޝިއާގައި މުބާރާތް ނުބާއްވަން ނިންމާފައިވާކަމަށެވެ. ނަމަވެސް ކަނޑައެޅިފައިވާ ތާރީޚުގައި މުބާރާތް ކުރިއަށްގެންދަން މަސައްކަތްކުރާނެ ކަމަށާއި، މުބާރާތް ބާއްވާނެ ގައުމެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިދާޅުވީ، އެ ގައުމުގެ ފުޓުބޯޅަ އިދާރާ މެދުވެރިކޮށް، އިންޑޮނޭޝިއާގައި މުބާރާތް ނުބާއްވަން ފީފާއިން ނިންމި ޚަބަރު ލިބުނުކަމަށެވެ. އޭނާ ވިދާޅުވީ އެ ނިންމުމަށް އެ ގައުމުން އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި، އެ ނިންމުމުގެ ސަބަބުން ޤައުމުގެ ރައްޔިތުންނަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވާނެކަންވެސް އެނގިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އިތުރުން އޭނާވެސް ހުންނެވީ ވަރަށް ބޮޑަށް ނުތަނަވަސްވެވަޑައިގެން، ދެރަފުޅުވެފައި ކަމަށެވެ. އިތުރަށް ޖޯކޯ ވިދާޅުވީ، އެހެން މީހުން ކުށްވެރިކުރުމުގެ ހަކަތަ ދުއްވާލެއްވެން ނެތްކަމަށެވެ. އެހެންކަމުން ބޮޑު ގައުމެއްގެ ހައިސިއްޔަތުން އިންޑޮނޭޝިއާއަށް ޖެހޭނީ ފަސް ބެލުމެއްނެތި ކުރިއަށް ދާން ކަމަށްވެސް ވިދާޅުވިއެވެ. ޖޯކޯ ވިދާޅުވީ އެކަމަކީ އިންޑޮނޭޝިއާއާއި އެ ގައުމުގެ ފުޓުބޯޅައަށް ލިބުނު އަގުހުރި ފިލާވަޅެއްކަމަށެވެ.

ނިންމާލަމުން ޖޯކޯ ވިދާޅުވީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި އިންޑޮނޭޝިޔާގެ ފުޓްބޯޅައަށް ދަތިކުރުމުގެ ފިޔަވަޅު ނާޅާނެގޮތަށް މަސައްކަތްތައް ކުރިއަށްގެންދެވުމަށް، ޕީއެސްއެސްއައިގެ ވެރިޔާ އެރިކް ތޯހިރުގެ އަރިހުން އެދިވަޑައިގެންފައި ވާނެކަމަށެވެ. ޖޯކޯ މިހެން ވިދާޅުވިއިރު، ފީފާއިން ނެރުނު ބަޔާނުގައި ވަނީ؛ އެކަމާ ގުޅިގެން ޕީއެސްއެސްއައިއަށް އަޅާނެ ފިޔަވަޅެއް ފަހުގެ ތާރީޚެއްގައި ހާމަކުރާނެ ކަމަށްވެސް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު