Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރާހުލް ގާންދީ

ރާހުލް ގާންދީ އަނެއްކާ ހޫނުފެނަށް؟

ރާހުލް ގާންދީގެ މައްޗަށް މިހާރުވެސް ވަނީ އަބުރުގެ ދައުވާ ސާބިތުވެ، 2 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 31 މާރިޗު 2023 | ހުކުރު 16:22
އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ

އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ

އިންޑިޔާގެ އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ރާހުލް ގާންދީއާ ދެކޮޅަށް ކޯޓަށް ދާން ގަސްތުކުރާކަމަށް އިންޑިއަން ޕްރެމިއަރ ލީގްގެ ކުރީގެ ޗެއާމަން ލަލީތު މޯދީ ބުނެފިއެވެ. ލިބެމުންދާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި, ލަލީތު މޯދީ އަބުރުގެ ދައުވާ ވައްދަން ބޭނުންވަނީ ވެސް އިނގިރޭސިވިލާތުގެ ކޯޓަކަށެވެ. އެއީ "މޯދީ" މިނަން ކިޔާ މީހުންނަކީ ވަގުން ކަމަށް ދޭހަވާ އިބާރާތަކުން ރާހުލް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ހަމަ މި މައްސަލާގައި މޯދީ ކިޔާ އެހެން މީހަކު ކުރި އަބުރުގެ ދައުވާއަކާ ގުޅިގެން ރާހުލް ގާންދީގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ހަފުތާގައި ވަނީ 2 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު ރާހުލް ގާންދީ މަޖިލީހުގައި ފުރުއްވަމުން ގެންދެވި ގޮނޑިވެސް ވަނީ ގެއްލިފައެވެ. މި މައްސަލަ އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން އަދި މި ހުކުމް ތަންފީޒެއް ނުކުރެއެވެ.

2019 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި، އިންޑިޔާގެ އާންމު އިންތިޚާބާ ދިމާކޮށް ކަރްނާޓަކާ ސްޓޭޓްގައި ރާހުލް ގާންދީ ދެއްކެވި ވާހަކަފުޅެއްގައި އޭނާ ވަނީ؛ ނީރަވް މޯދީ، ލަލީތު މޯދީ، ނުވަތަ ނަރެންދުރަ މޯދީ ކަމުގައި ވީނަމަވެސް ހުރިހާ ވަގުންގެ ނަމުގެ ފަހަތަށް "މޯދީ" މިނަން އަންނަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ނީރަވް މޯދީއަކީ ފިލައިގެން އުޅޭ ޑައިމަންޑް ވިޔަފާރިވެރިއެކެވެ. ލަލީތު މޯދީއަކީ މިހާރު އަބުރުގެ ދައުވާ ކުރާނެ ކަމަށް ބުނެފައިވާ، އިންޑިއަން ޕްރެމިއަރ ލީގްގެ ކުރީގެ ޗެއާމަންއެވެ.

ރާހުލް ގާންދީއާ ދެކޮޅަށް ފުރަތަމަ އަބުރުގެ ދައުވާ ކުރައްވާފައިވަނީ ބީޖޭޕީގެ އިސް މެމްބަރު، ޕޫރްނޭޝް މޯދީއެވެ.

އަނެއްކޮޅުން ޚަބަރު ލިބޭގޮތުގައި، އަބުރުގެ ދައުވާއާގުޅޭ މައްސަލާގައި ބުރާސްފަތި ދުވަހު ވަނީ، ރާހުލް ގާންދީގެ އިތުރުން ދައުވާކުރި ބައެއް ފަރާތްތަކުގެ ބަޔާން ނެގުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. 

އިތުރަށް ކިޔާލަން

29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު