Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ޑްރައިވަރު ގާސިމްގެ މަރު

ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގައި ދެން އޮތީ ވާރިސުންގެ ބަސް ނެގުން

31 މާރިޗު 2023 | ހުކުރު 13:33

ގާސިމްއަށް އެހީތެރިވާން މަސައްކަތް ކުރިނަމަ އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތްކަމަށް ބެލެވިދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މާރިޗު 2023 | ހުކުރު 13:33
ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލިކަން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތުވެފައިވާއިރު، އެ މައްސަލައިގެ ވާރިސުންނަކީ ކޮބައިކަން ސާބިތުކޮށްފިއެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:07 އެހާއިރުއެވެ.

Advertisement - newsAdvertisement

މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ތަހުގީގުގައި އަދުހަމް އެކި ފަހަރުމަތިން ގާސިމް އަށް ހަމަލާދިން ގޮތާއިމެދު އެކި ގޮތަށް ވާހަކަ ދައްކާފައިވީނަމަވެސް، ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ގާޒީ ވަނީ ކާރުން ފެނުނު ޑީއެންއޭއާއި، ހަމަލާދިން ވަޅިން ފެނުނު ޑީއެންއޭ އަދުހަމްގެ ޑީއެންއޭއާއި ދިމާވާކަމަށް ބުނެފައެވެ.

މަސްތުގެ ހާލަތުގައި ހުރެގެން ހަމަލާ ދިން ނަމަވެސް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތްކަމަށް އަދުހަމް ބުނެފައިވައިވީނަމަވެސް، މީހަކު މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި މީހުން ދިރިނޫޅޭ ހިސާބެއްގައި ދިން ހަމަލާއަކަށްވެފައި، ހަމަލާއަށްފަހު އަދުހަމް، ގާސިމްއަށް އެހީތެރިވާން މަސައްކަތް ކުރިނަމަ އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތްކަމަށް ބެލެވިދާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ފިލައިގެން ދިއުމުގެ ސަބަބުން ގާސިމް މަރާލުމުގެ ގަސްތު އަދުހަމްގެ ކިބައިގައި އޮތްކަން ސާބިތުވާކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައާ ގުޅިގެން ވާރިސުން ސާބިތުކޮށްފައެވެ. އެގޮތުން ގާސިމް މަރުވިއިރު ދުނިޔޭގައި އޭނާގެ ފަސް ދަރިން ތިބި ކަމަށާއި އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔޭގައި ނެތް ކަމަށް ހެކިން ވަނީ ބުނެފައެވެ.

ވުމާއެކު، އަދުހަމްގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. އެ އަޑުއެހުން ވަރަށް އަވަހަށް ތާވަލު ކުރައްވާނެކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް