Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރުވާ ޕްރޮގްރާމް

ފަރުވާ ޕްރޮގްރާމް ފުރިހަމަނުކުރާނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ: ސީއީއޯ އިމާދު

31 މާރިޗު 2023 | ހުކުރު 06:49

މެތަޑޯން ފަރުވާއަށް ޑިމާންޑް ބޮޑު

އަމްނާ އިމާދު
އަމްނާ އިމާދު | 31 މާރިޗު 2023 | ހުކުރު 06:49
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެންޑީއޭގެ ސީއީއޯ އިމާދު ސާލިހު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެންޑީއޭގެ ސީއީއޯ އިމާދު ސާލިހު ވާހަކަ ދައްކަވަނީ

ފަރުވާ ޕްރޮގްރާމް ފުރިހަމަނުކުރާނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުއަޅާނެ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަސްތުވާތެކެތީގެ ޝިކާރާއަކަށްވެފައިވާ މީހުންނަށް ފަރުވާދީ، މުޖުތަމައުއަށް ނެރުމަށް އެންޑީއޭއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިމާދު ވިދާޅުވީ މަސްތުން ސަލާމަތްކުރުމަށް ގިނަ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށާއި، މެތަޑޯން ފަރުވާއަށް ޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ލޯންގްޓާމް މެއިންޓަނެންސް ޕްރޮގްރާމެއްގެ ގޮތުގައި މެތަޑޯން ފަރުވާ ކުރިއަށްގެންދާއިރު، އިތުރު ސްޓޮކަށް އޯޑަރުދީފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭޕްރީލް މަހުގެ ތެރޭގައި އައު ސްޓޮކް ލިބޭނެ ކަމަށާއި، މިހާރު ވެއިޓް ލިސްޓުގައި ތިބި ޝަރުތު ހަމަވާ ހުރިހާ އެންމެނަށް ވެސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އިމާދު ވިދާޅުވީ ވަޒީފާއަށްދާ، އާއިލީ ގުޅުން ވެސް ރަނގަޅު މީހުންނަށް ކޮމިއުނިޓީ ބޭސްޑް ޕްރޮގްރާމް ކުރިއަށްގެންދާ ކަމަށާއި، ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އަދި ކޮމިއުނިޓީ ފަރުވާއަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ހުކުމް އައިސްފައިވާ ބައެއް މީހުންގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭ ކަމަށް އިމާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަރުވާ ޕްރޮގްރާމް ފުރިހަމަ ނުކުރާނަމަ އެންޑީއޭގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންޑީއޭއިން މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގައި ވެސް ގިނަ ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. މިހާރު މަސްތުގެ ހާލަތުގައި ސަލާން ޖަހަމުންދާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، 2022 ވަނަ އަހަރު ފަރުވާ ފުރިހަމަ ކުރުމަށްފަހު، 200 އަށްވުރެ ގިނަ މީހުން މުޖުތަމައަށް ނެރެފައިވާ ކަމަށް އެންޑީއޭއިން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް