Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭޕީގެ ބައެއް މެންބަރުން ޕާޓީން ވަކިވުން

ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން ޕާޓީ ދޫކުރައްވާ، ރައީސް ޞާލިހަށް ތާއީދުކުރައްވައިފި

31 މާރިޗު 2023 | ހުކުރު 02:33

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ވަލީދާ ވަލީދު ވަނީ ޕާޓީން ވެކިވެވަޑައިގެންފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މާރިޗު 2023 | ހުކުރު 02:33
ޖޭޕީގެ ސްލޮޓެއްގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ވަލީދާ ވަލީދު

ޖޭޕީގެ ސްލޮޓެއްގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ވަލީދާ ވަލީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި ވަނިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާއެކު ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެޕާޓީ ދޫކުރައްވާ ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން ޖޭޕީގެ ސްލޮޓެއްގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ވަލީދާ ވަލީދު އެ ޕާޓީން ވެކިވެވަޑައިގެން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އެކަން ހާމަކުރައްވާ ވަލީދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޖޭޕީ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި އާމިނަތު މުހައްމަދު ސަލީމް (ސޯނީ)ވެސް ވަނީ ޖޭޕީ ދޫކުރައްވާ ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ ޖޭޕީން އިސްތިއުފާދެއްވާ ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވާ ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގަންނަވާފައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ވާދަކުރުމަށް އެޕާޓީގެ ކައުންސިލުން ނިންމާފައިވާއިރު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ފިކުރެއްގެ ދިރުމުން އަންނަނީ ޖޭޕީއާއެކު އިންތިޚާބުގެ މަޝްވަރާތައްކުރަމުންނެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް