Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި ހިޔާނާތުގެ މައްސަލަ

ޔާމީނުގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭ ވަރުގެ ނުކުތާތަކެއް ނޫން: ޕީޖީ އޮފީސް

އިތުރު ކަމެއް ސާފު ކުރައްވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 މާރިޗު 2023 | ބުރާސްފަތި 07:20
ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުން

ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުން

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހުށައެޅުއްވި ހުށައެޅުންތައް ބަލައިނުގަތުމަށް ގާޒީ ނިންމެވި ނިންމެވުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޔާމީނުގެ ފަރާތުން ވަނީ 3 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ދައުލަތުން ވަނީ އެ ނުކުތާތަކަށް ޖަވާބު ދީފައެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތުން ހުށައެޅި އެއް ނުކުތާއަކީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ.

އޭގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭ ވަރުގެ ނުކުތާއެއް ނޫން ކަމަށެވެ. އެކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކާއި ޙަވާލާ ދީފައެވެ. އެގޮތުން ދަށު ކޯޓުން ފަނޑިޔާރުން ހެކި ބަލައިގަތުމާއި ގުޅޭ އިހްތިޔާރުގެ ތެރެއަށް މަތީ މަރުޙަލާގެ ކޯޓަކުން ވަންނަނީ 4 ޙާލަތެއްގައި ކަމަށާއި، އެފަދަ ސަބަބެއް ޔާމީނުގެ ފަރާތުން ހުށައަޅާފައިނުވާކަމަށް މަތީ މަރުޙަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ޙަވާލާދީ ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ހެކި ބަލައިނުގަތުމަށް އެކަށީގެންވާ ސަބަބެއްވެސް ޔާމީނުގެ ފަރާތުން ދެއްކިފައިނުވާކަން ފާހަގަކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ، ޔާމީނުގެ ފަރާތުން ހުށައަޅާފައިވަނީ ހަމަނުޖެހޭ ނުކުތާތަކެއް ކަމަށެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އިސްތިއުނާފު ކުރެވޭނެ ބާވަތުގެ ނިންމުންތަކާއި ގުޅޭގޮތުން ހުރި މާއްދާތަކާއި ޚިލާފު ނުކުތާއެއް ކަމަށެވެ.

މިއީ އިސްތިއުނާފު ކުރުމުގެ އަސާސެއް ނެތް، ނުކުތާއެއްކަމަށް ދައުލަތުން ދެކެއެވެ.

ތިންވަނަ ނުކުތާއަކީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މައްސަލައިގެ ތަހުގީގެއްގެ ތެރެއިން ހޯދާފައިވާ ހެކިތައް ދޫކުރުމަކީ އާންމު އުސޫލުން ދައުލަތުން އަމަލުކުރާ ގޮތް ކަމަށެވެ. މި މައްސަލައިގައިވެސް ދައުލަތުގެ ފަރާތުން ލިއުންތައް ހުށައަޅާފައިވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރާ ލިއުމެއްނަމަ އެ ލިއުމެއް ކޯޓަށް ހުށައަޅާފައި ނޯވެދާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ތަހުގީގީ އިދާރާއިން ތަހުގީގު ކުރާއިރު އެކުލަވާލާ ހުރިހާ ލިއެކިއުމަކީ ޕީޖީ އޮފީހަށް ލިބޭ ލިއެކިއުންތަކެއް ނޫންކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

އެއަށްފަހު ޔާމީނުގެ ފަރާތުން ވަނީ ދައުލަތުން ދިން ޖަވާބަށް ރައްދު ދީފައެވެ.

އަދި ޝަރީއަތުން ވަނީ ބައެއް ކަންކަން ސާފު ކުރައްވާފައެވެ. އެއަށްފަހު ދެ ފަރާތަށްވެސް ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ދެއްވިއެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ މަރުޙަލާފައި އިތުރު ކަމެއް ސާފު ކުރައްވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން: ފުލުހުން

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން: ފުލުހުން

23 އެޕްރީލު 2017
ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

22 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

16 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު