Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

އިޒްރޭލާ ދެކޮޅަށް އިންޑޮނޭޝިއާ އިން ނިންމި ވަރުގަދަ ނިންމުމާމެދު ފީފާ އިން ހިތްހަމަނުޖެހި އެ ޤައުމުގައި މުބާރާތް ނުބާއްވަން ނިންމައިފި

ފީފާ އިން އިންޑޮނޭޝިއާގައި މުބާރާތް ނުބޭއްވުމަށް ނިންމީ، އެ މުބާރާތުގައި އިޒްރޭލަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޤައުމުން ނިންމުމާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މާރިޗު 2023 | ބުރާސްފަތި 06:16
މުބާރާތުގައި އިޒްރޭލް ބައިވެރިކުރުމާ ދެކޮޅަށް އިންޑޮނޭޝިއާގެ ރައްޔިތުންތަކެއް އަޑު އުފުލަނީ

މުބާރާތުގައި އިޒްރޭލް ބައިވެރިކުރުމާ ދެކޮޅަށް އިންޑޮނޭޝިއާގެ ރައްޔިތުންތަކެއް އަޑު އުފުލަނީ

އިންޑޮނޭޝިއާގައި ބާއްވަން ތައްޔާރުވަަމުން އައި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އެ ޤައުމުގައި ނުބޭއްވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފި އެވެ.

އިންޑޮނޭޝިއާގެ ބާލީގައި އަންނަ މެއި މަހު މުބާރާތް ބޭއްވުމަށް ފީފާ އިން އައީ ތައްޔާރުވަމުންނެވެ. އެ ފުރުސަތު އެ ޤައުމަށް ދިނުމަށް ފީފާ އިން ނިންމާފައި ވަނީ 2019 ވަނަ އަހަރު އެވެ. ފީފާ އިން އިންޑޮނޭޝިއާގައި މުބާރާތް ނުބޭއްވުމަށް ނިންމީ، އެ މުބާރާތުގައި އިޒްރޭލަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޤައުމުން ނިންމުމާއެކު އެވެ. ބާލީގެ ގަވަރުނަރު ވިދާޅުވީ، އެ މުބާރާތުގައި އިޒްރޭލަށް ބައިވެރިނުވެވޭ ކަމަށާއި، ސަބަބަކީ އެ ޤައުމުން ފަލަސްތީނަށް ދެމުން އަންނަ އަނިޔާތަކާއި، ގެއްލުންތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އެ އަމަލުތަކަކީ ވަރަށް ލާއިންސާނީ އަމަލުތަކެއް ކަމަށެވެ.

އެގޮތަށް ވިދާޅުވެފައި ވަނިކޮށް، ފީފާ އިން ވަނީ މުބާރާތުގެ ގުރު ނެގުން ފަސްކޮށްފަ އެވެ. އެއަށްފަހު ބުދަ ދުވަހު އެ އިދާރާ އިން އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނީ އިންޑޮނޭޝިއާގައި މުބާރާތް ނުބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ. ފީފާ އިން ބުނީ އެ ނިންމުން ނިންމަން ޖެހުނީ އިންޑޮނޭޝިއާ އިން ނިންމި ނިންމުމާއެކު، މިހާރު އޮތް ހާލަތަށް ބެލުމަށްފަހު ކަމަށެވެ. ހަމައެއާއެކު ފީފާ އިން ބުނީ ވީހާ ވެސް އަވަހަކަށް މުބާރާތް ބާއްވާނެ އެހެން ޤައުމެއް އިއުލާނު ކުރާނެ ކަމަށާއި، މުބާރާތް ބާއްވަން ހަމަޖެހިފައިވާ ތާރީޚުތަކަށް މިވަގުތު ބަދަލެއް ނާންނަ ކަމަށެވެ. މީގެ އިތުރުން އިންޑޮނޭޝިއާގެ ފުޓުބޯޅަ އިދާރާ (ޕީއެސްއެސްއައި)އާ ދެކޮޅަށް ކުރިމަތިވެދާނެ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ފަހުގެ މަރުހަލާއެއްގައި ނިންމާފާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު