Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔަމަންގެ އަސްކަރީ ދާރުލްއާޘާރު

ހަނގުރާމާގައި ސުންނާފަތިވަމުންދާ ޔަމަނުން، ހަނގުރާމައިގެ ތާރީޚު ފޮހެވިދާނެ ކަމުގެ ބިރު ބޮޑު!

30 މާރިޗު 2023 | ބުރާސްފަތި 07:47

ޔަމަނުގެ ވެރިރަށް ސަންއާގެ އަސްކަރީ ދާރުލްއާޘާރަކީ، ސަންއާގައި އާންމުންނަށް ވަދެވޭނެހެން ހުޅުވާފައި ހުރި ހަމަ އެކަނި ދާރުލްއާޘާރު، މި ދާރުލްއާޘާރުން ދައްކައިދެނީ ޔަމަނުގެ ތާރީޚު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 މާރިޗު 2023 | ބުރާސްފަތި 07:47
ޔަމަނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު، މި ދާރުލްއާޘާރަށްވެސް ދަނީ ފޯރަމުން

ޔަމަނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު، މި ދާރުލްއާޘާރަށްވެސް ދަނީ ފޯރަމުން

ޔަމަނޭ ބުނެފިނަމަ ކޮންމެ މީހެއްގެ ހަނދާނަށް ވެރިވެގެންދާނީ ބައިނަލްއަޤުވާމީ ބާރުތަކެއް ފަރުދާވެގެން ތިބެ، އެ ޤައުމުގައި ސިލްސިލާ ގޮތެއްގައި ދިގުލާ ދިޔަ ހަނގުރާމަތަކާއި ހަމަލާ ބަދަލު ކުރުންތަކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެތައް އަހަރަކަށް ދިގުލާދިޔަ ހަނގުރާމައިގެ ސަބަބުން ޔަމަނުގައި އިންސާނީ ކާރިޘާއެއް އުފެދި، މުޅި ޤައުމު ސުންނާފަތިވެ، ބިކަ ހާލުގައި ޖެހިފައި ވާ ކަން ނުދަންނަ މީހަކު މަދުވާނެއެވެ. ކުރިމަތިވާ ކޮންމެ ހާލެއްގައިވެސް އުފާ ހޯދުމަކީ ގިނަ މީހުންނަށް ލިބިފައި ނުވާ ހުނަރަކަށް ވީ ނަމަވެސް، ޔަމަނުން ސާބިތު ކޮށްދެމުންދަނީ އެއީވެސް ކުރެވިދާނެ ކަމެއް ކަމެވެ.

ޔަމަނުގެ ވެރިރަށް ސަންއާގެ އަސްކަރީ ދާރުލްއާޘާރުގައި ހުރި ކުޑަކުޑަ ކޮޓަރިގަނޑެއްގެ ތެރޭގައި، އަންހެނުންނާއި ފިރިހެނުންގެ މައްޗަށް އެކުލެވޭ ޓީމަކުން އަވަދިނެތި އުޅެމުން ދަނީ، ޤަދީމީ ޒަމާނުގެ ހަނގުރާމަތަކުގައި ބޭނުން ކުރި ހަންޖަރުތަކާއި ކަނޑިތަކެއް، ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދުމުގެ މަސައްކަތުގައެވެ. ތާރީޚީ އާޘާރުތަކާ ބެހޭ ޢިލްމީ ދިރާސާތައް ކުރާ އާކިއޮލޮޖިސްޓުންވެސް އެތަނުގައި ތިއްބެވެ. އޭގެ ތެރެއިން އެއްބަޔަކު ހަރަކާތްތެރިވަމުން ދިޔައީ އެތަނުގައި ހުރި ހަތިޔާރުތަކުން ހިރަސްފުސް ފޮޅުމުގެ މަސައްކަތުގައި ކަމަށް ވީ އިރު، އަނެއް ބަޔަކު އުޅުނީ ހަތިޔާރުތައް ތޫނުކޮށް، އޮފު ކުރުމުގެ މަސައްކަތުގައެވެ.

މި ދާރުލްއާޘާރަކީ، ސަންއާގައި އާންމުންނަށް ވަދެވޭނެހެން ހުޅުވާފައި ހުރި ހަމަ އެކަނި ދާރުލްއާޘާރެވެ. މި ދާރުލްއާޘާރުން ދައްކައިދެނީ ޔަމަނުގެ ތާރީޚެވެ. ނަމަވެސް، ފާއިތުވެދިޔަ އެތައް ސަތޭކަ އަހަރެއްގައި އެ ޤައުމު ތަޖުރިބާ ކުރި ހަނގުރާމަތަކުގެ ތާރީޚެވެ. އެ ތާރީޚު ދައްކުވާ ދިނުމަށް ބޭނުން ކޮށްފައި ވަނީ، އެ ޒަމާނެއްގައި ބޭނުން ކުރި ހަތިޔާރުތަކެވެ.

ޔަމަނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު، މި ދާރުލްއާޘާރަށްވެސް ދަނީ ފޯރަމުންނެވެ. ދާރުލްއާޘާރުގައި މަސައްކަތްކުރާ މުވައްޒަފުން ބުނި ގޮތުގައި، ބައެއް ކަހަލަ އާޘާރުތައް ރައްކާތެރިކަމާއެކު އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށްޓަކާ، ކޮންމެހެން ބޭނުންވާ ކެމިކަލްތަކާއި އެނޫންވެސް އެފަދަ ބައެއް ސަމާނުތައް ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެކަން އެގޮތަށް ދިމާވަނީ، ހޫތީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ސަރަޙައްދުގައި، ސަޢުދީ އަރަބިއްޔާ އިސްކޮށް އޮވެ، އެކުލަވާލާފައިވާ ކޯލިޝަނުން ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް މުވައްޒަފުން ވަނީ ފާހަގަ ކޮށްފައެވެ.

ޔަމަނުގެ މި ހާއްސަ ދާރުލްއާޘާރަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނަން ހުރި ބައެއް ހަތިޔާރުތަކުގެ ތެރޭގައި އީސާގެފާނު އުފަންވެވަޑައިގަތުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން ބޭނުން ކުރި، ގަލުން ހަދާފައިވާ ތީރު ނުވަތަ ދުނިދަނޑިތައް ހިމެނެއެވެ. އަދި 1960ގެ އަހަރުތަކުގައި، ސައުދީގެ އެއްބާރުލުމާއެކު ހަނގުރާމަ ކުރަމުންދިޔަ ހަނގުރާމަވެރިންނާ ދެކޮޅަށް ބޭނުން ކުރި މިގް-17 އަސްކަރީ މަތިންދާބޯޓެއްވެސް، ދާރުލްއާޘާރުގައި އެބައޮތެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2022

ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!

23 އޮކްޓޯބަރު 2022
ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!
17 އޯގަސްޓު 2022

ހަނގުރާމައިގެ ތެރޭގައިވެސް އަރީނާ އިނީ ސްކޫލަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި

17 އޯގަސްޓު 2022
ހަނގުރާމައިގެ ތެރޭގައިވެސް އަރީނާ އިނީ ސްކޫލަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި
06 ޖޫން 2022

ހަނގުރާމައިގެ ތެރޭގައިވެސް، ސަގާފަތް ދިރުވުމުގައި ޔަމަނުގެ ރައްޔިތުން ނަމޫނާ ދައްކައިފި

06 ޖޫން 2022
ހަނގުރާމައިގެ ތެރޭގައިވެސް، ސަގާފަތް ދިރުވުމުގައި ޔަމަނުގެ ރައްޔިތުން ނަމޫނާ ދައްކައިފި
17 މެއި 2022

ސީރިއާ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ އުމްރާނީ ގެއްލުންތައް ކުރެހުންތަކުން

17 މެއި 2022
ސީރިއާ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ އުމްރާނީ ގެއްލުންތައް ކުރެހުންތަކުން
03 އެޕްރީލު 2022

ހަނގުރާމައިގެ ސަބަބުން ފަޅުވެފައިވާ ޚާރްކީވް އަށް ދިރުން ގެނެސްދިނުމަށް މިޔުޒިޝަނެއް

03 އެޕްރީލު 2022
ހަނގުރާމައިގެ ސަބަބުން ފަޅުވެފައިވާ ޚާރްކީވް އަށް ދިރުން ގެނެސްދިނުމަށް މިޔުޒިޝަނެއް
14 މާރިޗު 2022

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ތުރާ ދެ ސިންގާއަކަށް

14 މާރިޗު 2022
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ތުރާ ދެ ސިންގާއަކަށް
12 ސެޕްޓެމްބަރު 2020

ޓައިގަރ 3 އަކީ ބޮލީވުޑް ތާރީޚުގައި ހަދާ އެންމެ އަގު ބޮޑު ފިލްމް: ޔާޝް ރާޖް ފިލްމްސް

12 ސެޕްޓެމްބަރު 2020
ޓައިގަރ 3 އަކީ ބޮލީވުޑް ތާރީޚުގައި ހަދާ އެންމެ އަގު ބޮޑު ފިލްމް: ޔާޝް ރާޖް ފިލްމްސް
07 ޖުލައި 2020

ސުޝާންތުގެ "ދިލް ބޭޗާރާ" ޓްރެއިލަރއަށް 24 ގަޑިއިރުތެރޭ 4.3 މިލިއަން ލައިކްސް ލިބި ތާރީޚުގެ ތެރެއަށް

07 ޖުލައި 2020
ސުޝާންތުގެ "ދިލް ބޭޗާރާ" ޓްރެއިލަރއަށް 24 ގަޑިއިރުތެރޭ 4.3 މިލިއަން ލައިކްސް ލިބި ތާރީޚުގެ ތެރެއަށް
18 ނޮވެމްބަރު 2019

ފިލްމް "ޖޯކަރ": ބޮކްސް އޮފީހުގައި ބިލިއަނެއް ހޯދާ ތާރީޚުގެތެރެއަށް!

18 ނޮވެމްބަރު 2019
ފިލްމް "ޖޯކަރ": ބޮކްސް އޮފީހުގައި ބިލިއަނެއް ހޯދާ ތާރީޚުގެތެރެއަށް!
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް