Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެތެރެކުރުން މަނާ ބާވަތުގެ ޕްލާސްޓިކް ކޮތަޅު

އެތެރެކުރުން މަނާ ބާވަތުގެ ފަސްލައްކައަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ނައްތާލައިފި

މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށި ކަސްޓަމަސް އިން ފަސް މިލިއަން އަށާރަހާސް ފައްސަތޭކަ ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 މާރިޗު 2023 | ބުރާސްފަތި 02:13
ކަސްޓަމްސް

ކަސްޓަމްސް

ހދ. ކުޅުދުއްފުށީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ފަސް ލައްކަ ތިރީސް ފަސް ހާސް ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު ނައްތާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ކަސްޓަމަސް އިން ބުނީ މިތަކެއްޗަކީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން، ރާއްޖެއަށް އިމްޕޯޓްކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ގަރާރުގެ ދަށުން ކުޅުދުއްފުށި ކަސްޓަމްސް އިން ހިފަހައްޓާފައިވާ ތަކެތިކަމަށެވެ.

Advertisement - newsAdvertisement

މިތަކެތި ނައްތާލާފައިވަނީ މަރޗް 16 ވަނަ ދުވަހު ކުޅުދުއްފުށި ކުނި ނައްތާލާ ސަރަހައްދުގައެވެ. މިގޮތުން ހަތަރު ސައިޒެއްގެ ޕްލާސްޓިކް ކޮތަޅު ވަނީ ނައްތާލާފައެވެ.

މީގެއިތުރުން ކަސްޓަމްސް އިން ބުނީ މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށި ކަސްޓަމަސް އިން ފަސް މިލިއަން އަށާރަހާސް ފައްސަތޭކަ ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާކަމަށެވެ. އެއީ 9 ސައިޒެއްގެ ޕްލާސްޓިކް ކޮތަޅެވެ.

ކަސްޓަމްސް އިން ބުނީ މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތިކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު