Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ދައުލަތުން ސެކިއުރިޓީ ދޭ މީހުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނުން ގޮންޖެހުމަކަށްވޭ: ރޮޒެއިނާ

29 މާރިޗު 2023 | ބުދަ 11:53

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދޭ ބޭސް، ހާއްސަ އުސޫލުތަކެއްގެ ދަށުން ލިބޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށް ގަރާރުގައި ވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 މާރިޗު 2023 | ބުދަ 11:53
މަޖިލިސް

މަޖިލިސް

ދައުލަތުން ސެކިއުރިޓީ ދޭ ބޭފުޅުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރަން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އެފަދައިން ވިދާޅުވީ, މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހޯދުން ފަސޭހަކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ. މަސްތުވާތަކެތީގެ ވަބާއަކީ މި ފަސް އަހަރު އެކަނި ރާއްޖެއަށް ދިމާވެފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ، އެ ވަބާއަކީ މި ގައުމުގައި އެތައް ދުވަހެއް ވަންދެން އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ގައުމުގެ މުއައްސަސާތަކާއި އިސް ބައެއް ފަރާތްތަކުގެ ބައިވެރިވުން އޮތްކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރަން ހަދާފައިވާ ގާނޫނުތައް ތަންފީޒުކުރަން އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގައި ސަރުކާރުގެ ތެރޭގައި ޕޮލިސީތަކާ ހިލާފު މީހުން ތިބުމަކީ ބޮޑު ގޮންޖެހުމެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރޮޒެއިނާ ވަނީ ފަހަކަށް އައިސް މަޖިލީހުގެ ތެރޭގައި އެފަދަ ކަންކަން ބެލެނީ ކިހާވަރަކަށްތޯ ސުވާލު އުފައްދަވާފައެވެ. އަދި މަޖިލީހަށް ވައްދަނީ ކޯޗެއްތޯ ނުބެލޭކަމަށް ދޭހަވާ މޭރުމަކުން އޭނާ ވަނީ ވާހަކަދައްކަވާފައެވެ. ރޮޒެއިނާ ވަނީ މަސްތުވާތަކެތީގެ ވާހަކަ ދައްކާއިރު، ހަމައެކަނި ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުށްވެރިވާގޮތަށް ވާހަކަދައްކާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހަސަން ލަތީފުގެ އެ ގަރާރުގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން މިހާރު ސަރުކާރުން އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން ފަރުވާ ނުލިބޭ އެތައް ބަޔަކު ތިބިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ފަރާތްތަކަށް ފަރުވާ ނުލިބި މުޖުތަމައުން ބާކީވެ، އެ މީހުންގެ އާއިލާތައް ނިކަމެތިވެގެންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަން ހުއްޓުވައި، އެ މައްސަލައަށް ހައްލު ލިބޭގޮތަށް ނިޒާމެއް ތަންފީޒުކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް