Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސުއި ދާގާ - މޭޑް އިން އިންޑިއާ

"ސުއި ދާގާ - މޭޑް އިން އިންޑިއާ" ކިޔާ ފިލްމެއް ޔަޝް ރާޖްސް އިން ހަދަނީ

"ސުއި ދާގާ" އަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ޖުލައި 2017 | ބުދަ 07:26
"ސުއި ދާގާ - މޭޑް އިން އިންޑިއާ"

"ސުއި ދާގާ - މޭޑް އިން އިންޑިއާ"

"ސުއި ދާގާ - މޭޑް އިން އިންޑިއާ" ކިޔާ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް ޔަޝްރާޖް ފިލްމްސް އިން ބުނެފިއެވެ.

ޔަޝް ރާޖް ފިލްމްސްއިން އަންގާރަދުވަހު ކޮށްފައިވާ ޓްވީޓެއްގައިވަނީ "ސުއި ދާގާ - މޭޑް އިން އިންޑިއާ" ގައި އެކްޓު ކުރާނެ ތަރިންވެސް އިއުލާންކޮށްފައެވެ. އެގޮތުން "ސުއި ދާގާ - މޭޑް އިން އިންޑިއާ" ގައި ފެނިގެންދާނީ ވަރުން ދަވަން އާއި އަނުޝްކާ ޝާރުމާކަމަށް ބުނެފައިވެއެވެ. މިއީ ޔާޝްރާޖް އިން އުފައްދާ ފިލްމެއްގައި ވަރުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މިއީ މިއަހަރު ތެރޭ ޔަޝް ރާޖް ފިލްމްސް އިން އިއުލާން ކުރި ހަތަރު ވަނަ ފިލްމެވެ.

މިއަހަރުގެ ތެރޭގައި ވަނީ އަމީތާބު ބައްޗަން އާއި އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން" އާއި ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އާއި "އިޝަގްޒާދޭ"ގެ ޖޯޑު ޕަރިނީތީ ޗޯޕްރާ އާއި އަރްޖުން ކަޕޫރު ލީޑް ރޯލަށް ލައިގެން "ސަންދީޕް އައުރު ޕިންކީ ފަރާރް" ފިލްމު ހަދާކަން އިއުލާންކޮށްފައެވެ.

އަދި މީގެ ދެ ދުވަހެއް ކުރިން ވަނީ ިޔާ ފިލްމެއް އިއުލާން ކޮށްފަ އެވެ. އަމީތާބު ބައްޗަން އާއި އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން" އާއި ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ"ގެ ޝޫޓިން ކުރިއަށް ދާއިރު "އިޝަގްޒާދޭ"ގެ ޖޯޑު ޕަރިނީތީ ޗޯޕްރާ އާއި އަރްޖުން ކަޕޫރު ލީޑް ރޯލަށް ލައިގެން "ސަންދީޕް އައުރު ޕިންކީ ފަރާރް" ގެ ޝޫޓިން މިހާރު ވަނީ ފެށުމުގެ މަގުމަތީގައެވެ.

"ސުއި ދާގާ - މޭޑް އިން އިންޑިއާ" ގެ ވާހަކަ ލިޔެފައި ވަނީ ވާހަކަ ލިޔުންތެރިޔާ ޝަރަތު ކަޓާރިޔާ އެވެ. ފިލްމު ޑައިރެކްޓްކުރަނީ ވެސް އޭނާ އެވެ. ޕްރޮޑިއުސަރަކީ މަނީޝް ޝަރުމާ އެވެ.

"ސުއި ދާގާ" އަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
18 އެޕްރީލު 2017

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

18 އެޕްރީލު 2017
ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
17 އެޕްރީލު 2017

ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި

17 އެޕްރީލު 2017
ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު