Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިންގ

133 ވަނާގައި އޮތް ލެޓްވިއާ ބަލިކުރުމަށްފަހު ވޭލްސް ކޯޗަށް ފެނުނީ އުއްމީދު

ވޭލްސްއާއި ކްރޮއޭޝިޔާވެސް ހަތަރު ޕޮއިންޓްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 މާރިޗު 2023 | ބުދަ 04:13
ވޭލްސްގެ ކޯޗު ރޮބާރޓް ޕޭޖް މެޗަށްފަހު އުފާފާޅުކުރަނީ

ވޭލްސްގެ ކޯޗު ރޮބާރޓް ޕޭޖް މެޗަށްފަހު އުފާފާޅުކުރަނީ

ދުނިޔޭގެ ރޭންކިންގެ 133 ވަނާގައި އޮތް ލެޓްވިއާ އަތުން ހަނި މޮޅެއް ހޯދިނަމަވެސް, ވޭލްސް ކޯޗު ރޮބާރޓް ޕޭޖްއަށް އުއްމީދީ ކުރިމަގެއް ފެނިއްޖެއެވެ.

ޔޫރޯ ކޮލިފައިންގައި 1-0 ން ލެޓްވިއާ ބަލިކުރުމަށްފަހު ވޭލްސް ކޯޗު ޕޭޖް ބުނީ އޭނާގެ ޓީމްގެ ކުރިމަގު އުޖާލާކަމަށެވެ. އަނިޔާއާއި, ބޭލް ފަދަ ކުޅުންތެރިން ކުޅުން ހުއްޓާލުމާވެސް ގުޅުވާ ޕޭޖް ފާހަގަކުރީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައި އޮތް އޮތުމެވެ. އެއީ ކްރޮއޭޝިޔާ އަތުން ހޯދި ޕޮއިންޓާއި, ލެޓްވިއާ އަތުން ހޯދި ތިން ޕޮއިންޓާއެކުއެވެ. އޭނާ ބުނީ ދެ މެޗުން އުއްމީދުކުރީވެސް މަދުވެގެން ހަތަރު ޕޮއިންޓަށް ކަމަށެވެ. ލެޓްވިއާ އަތުން 1-0 ން މޮޅުވިޔަސް, ފަސޭހައިން ހަމަޖެހިގެން މޮޅުވެވޭވަރަށް ފުރުޞަތު ތަނަވަސްކުރިކަން އޭނާ ފާހަގަކުރިއެވެ. އެކަމަކު ކޮޅަށް ލަނޑެއް ނުވަދެ މިނަތީޖާއަކީ ރަނގަޅު ނަތީޖާއެއްކަމަށް ކޯޗު ބުންޏެވެ.

ލެޓްވިއާ ކޮޅަށް ވޭލްސްގެ ހަމައެކަނި ލަނޑު ޖެހީ މޫރޭއެވެ. ވޭލްސް މެޗުތައް ކުޅެމުންދާއިރު ކުރީގެ ކެޕްޓަން އަދި ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ބޭލް ޓީމާއެކު ކޭމްޕްގައި އުޅެއެވެ. އެކަން ކޯޗު ޔަޤީންކޮށްދިނެވެ. ބޭލް ކުޅުން ހުއްޓާލީ ޤަތަރު ވަރލްޑްކަޕަށް ފަހުއެވެ. ގްރޫޕް ޑީގައި ވޭލްސްގެ އިތުރުން ކްރޮއޭޝިޔާވެސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
15 އެޕްރީލު 2017

ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި

15 އެޕްރީލު 2017
ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު