Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ ފަރުވާ

މަގުމަތީގައި ސަލާންޖަހަން އުޅޭ އިތުރު 47 މީހަކަށް ފަރުވާ ދެނީ

މިހާތަނަށް 10 މީހަކު ފަރުވާއަށް ވަނީ ނަގާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މާރިޗު 2023 | އަންގާރަ 17:21
އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު

މަގުމަތީގައި މަސްތުގެ ހާލަތުގައި ސަލާންޖަހަން އުޅޭ އިތުރު 47 މީހުންނަށް ވަރަށް އަވަހަށް ފަރުވާ ދެވޭނެ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

އެންޑީއޭއިން ވަނީ އެކި މުއައްސަސާތަކުގެ އެހީތެރިކަމާއެކު، މަސްތުގެ ހާލަތުގައި ސަލާންޖަހާ ބައެއް އަންހެނުންނާއި ފިރިހެނުން ހޯދައި، އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު ވިދާޅުވީ މިހާތަނަށް މި ޕްރޮގްރާމުގެ ތެރެއިން 10 ފަރާތެއް ފަރުވާއަށް ގެންގޮސްފައިވާކަމަށެވެ. އެއީ 3 އަންހެނުންނާއި 7 ފިރިހެނުން ކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ މިގޮތަށް މާލޭގެ މަގުމަތީގައި ސަލާންޖަހަން އުޅޭ އިތުރު 47 މީހަކު ފާހަގަކުރެވިފައިވާކަމަށެވެ. އެމީހުންގެ ވަނަވަރު ހިމެނޭ ލިސްޓެއް އެކުލަވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އިމާދު ވިދާޅުވީ އަންނަ ހަފްތާގެ މެދާ ހަމައަށް ދާއިރު މި ލިސްޓުވެސް ކްލިއަރ ކުރެވި އެމީހުން ފަރުވާގެ ތެރެއަށް ގެނެވޭނެ ކަމަށެވެ.

އިމާދު ވިދާޅުވީ މިއީ ވަކި އަދަދެއްގެ މީހުންނަށް ކަނޑައަޅައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫން ކަމަށެވެ. ކުރިއަށްއޮތްތަނުގައި އަތޮޅުތެރޭގައިވެސް އެންޑީއޭގެ ސެންޓަރުތައް ހުރި ތަންތަނުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަކީ އަމާޒެއް ކަމަށް އިމާދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު