Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަށް ބޭނުންވާ ސަރވޭ ނިންމާ ބްރިޖުގެ ފައުންޑޭޝަން އަޅަން ތައްޔާރުވެއްޖެ

28 މާރިޗު 2023 | އަންގާރަ 12:39

ށ. ކޮމަންޑުއާ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ނިމިގެންދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 މާރިޗު 2023 | އަންގާރަ 12:39
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ ތެރެއިން

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ ތެރެއިން

ށ ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ މިހާރު ނިމިފައިވާކަމަށް އެމަސައްކަތްކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.

ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ނިމިގެންދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެމަޝްރޫޢުގެ ދަށުން ކޮމަންޑޫގެ ބިން ހުއްކުމާއި، ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ އިތުރުން ކޮމަންޑޫގެ އެއްގަމުތޮށި އަދި ބަނދަރުގެ ތޮށިގަނޑު މަރާމާތުކުރުން ހިމެނެއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1520 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓްޖެހުމާއި، 353 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 200 މީޓަރުގެ ބްރިޖެއް އެޅުން ހިމެނެއެވެ. އަދި މިހާރުހުރި ރިވެޓްމެންޓްގެ 1662 މީޓަރުގެ ސަރަހައްދެއް ރެކްޓިފައިކޮށް ރީޕްރޮފައިލްކުރުމާއި، މިހާރު ހުރި ބޭރުތޮށީގެ 30 މީޓަރުގެ ސަރަޙައްދެއް ރެކްޓިފައިކޮށް ރީޕްރޮފައިލްކުރުމާއި، އެންވަޔަރަންމަންޓްރަލް އިމްޕެކްޓްއެސެސްމެންޓެއް ހެދުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

Advertisement - newsAdvertisement

މަޝްރޫޢު ފަށާފައިވީނަމަވެސް މަޝްރޫޢުގެ މަސައްކަތްތަކަށް ވަނީ ލަސްތަކެއް އައިސްފައެވެ. އެކަމާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވެފައިވަނީ ކޮމަންޑޫއާއި މަތިކޮމަންޑޫ ހިމެނޭ ސަރަޙައްދަކީ، ފުން ހިސާބަކަށްވުމާއެކު އިތުރު ސަރވޭތަކެއްގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެމްޓީސީސީގެ އިތުރުން ރާއްޖެއިން ބޭރުގެ ސަރވޭ ޓީމެއްގެ އެހީތެރިކަންވެސް މި މަސައްކަތުގައި ހޯދަމުންދާކަމަށާއި މި ޕްރޮޖެކްޓް ކުރިއަށްދަނީ ކޯޒްވޭއެއްވެސް ހިމެނޭހެންކަމުން، އެކަމަށް ބޭނުންވާ މުހިންމު ދިރާސާތަކެއް ކުރަމުންދާކަމަށެވެ. އަދި ސަރވޭ އާއެކު ޕްރޮޖެކްޓްގެ ޑިޒައިނަށްވެސް ބަދަލުތަކެއް އަންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން މަރޗް 28 ވަނަ ދުވަހު އެމްޓީސީސީން ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ މިހާރު ނިމިފައިވާކަމަށެވެ. އަދި ސަރވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް އަންނަނީ ތައްޔާރުވަމުންކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މަޝްރޫއުގެ ދަށުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކުމަަށްފަހު ދެ ކޮމަންޑޫ ގުޅާލުމަށް ހަމަޖެހިފައިވަނީ ބްރިޖަކުންނެވެ. މިއީ ދައުލަތުގެ ބަޖެޓުން 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.

ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫއާއި ކޮމަންޑޫ ގުޅުވާލުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. މީގެކުރީ ސަރުކާރުތަކުގައިވެސް ދެ ކޮމަންޑޫ ގުޅާލުމުގެ ވާހަކަތައް ވަނީ ދައްކާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
13 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ

13 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް